ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)412/412/2024/82
ޕަބްލިޝްކުރި ތާރީޚް: 30 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 10:34
ސުންގަޑި: 09 ޖަނަވަރީ 2025 14:00
ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެގްރޯ ފްރެސްޓްރީ ދަނޑުގައި މަސައްކަތް ކުރާނެ ދަނޑުވެރިން ހޯދުން

އެގްރޯ ފްރެސްޓްރީ ދަނޑުގައި މަސައްކަތް ކުރާނެ ދަނޑުވެރިން ހޯދުމަށް:

މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއާރ އާއި މި ކައުންސިލާއި ގުޅިގެން ކުރިއަށް ގެންދާ އެގްރޯ ފްރެސްޓްރީ ފައިލެޓް ޕްރޮޖެކްޓްގެ ދަށުން ހައްދަމުންދާ ދަނޑުގައި މަސައްކަތް ކުރުމަށް ޝަޢުޤުވެރި ވެލައްވާ ފަރާތްތައް ހޯދަން ބޭނުންވެއެވެ.

ދަނޑުގައި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް ޢުޖޫރަ ދިނުމަށް ހަމަޖެހިފައިވަނީ ދަނޑުގައި ހައްދާ ބާވަތްތަކުން ވިއްކައިގެން ލިބޭ ނަފާއިން ޚަރަދަށް ކެނޑުމަށްފަހު، ލިބޭ ސާފު ފައިދާގެ ދެބައިކުޅަ އެއްބައި ދަނޑުގައި މަސައްކަތް ކުރާ ދަނޑުވެރިންނަށް ބަހައިގެންނެވެ. އަދި މީގެ އިތުރުން ދަނޑުގައި މަސައްކަތް ކުރާ ފަރާތްތަކަށް ތަމްރީނު ލިބުމުގެ އިތުރުން ޢަމަލީ ތަޖުރިބާ ލިބުމުގެ ފުރުޞަތު  މި ޕޮރޮގްރާމްގެ ތެރެއިން ފަހި ވެގެން ދާނެއެވެ.

ވީމާ، އެގްރޯ ފްރެސްޓްރީ ދަނޑުގައި މަސައްކަތް ކުރުމަށް ޝަޢުޤުވެރި ވެލައްވާ ފަރާތްތަކުން 09 ޖެނުއަރީ 2025 ވަނަ ދުވަހުގެ 14:00 ގެ ކުރިން ޝަޢުޤުވެރިކަން ފާޅުކޮށް ސިޓީ ހުށަހެޅުއްވުން އެދެމެވެ.

30 ޑިސެންބަރު 2024