ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)372-A1/372/2024/58
ޕަބްލިޝްކުރި ތާރީޚް: 29 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 09:27
ސުންގަޑި: 14 ޖަނަވަރީ 2025 14:00
ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އިދާރާއަށް ދާއިމީ މަސައްކަތު މީހުން ހޯދުން

އިޢުލާން

 

 ކައުންސިލް އެސިސްޓެންޓް (ކުޑަކުދިންގެ ޕާރކް ، ޕްރީސްކޫލް)

މަޤާމް:

01 (އެކެއް)

ބޭނުންވާ އަދަދު:

ދާއިމީ

މަޤާމުގެ ގިންތި:

J-400920

މަޤާމުގެ ނަންބަރު:

އެސް. އެސް. 1

މަޤާމުގެ ރޭންކް:

ސަޕޯޓް ސްޓާފް ގްރޭޑް 1

މަޤާމުގެ ކްލެސިފިކޭޝަން:

ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫ ކައުންސިލްގެ އިދާރާ  

ވަޒީފާ އަދާކުރަން ޖެހޭ ތަން:

3100.00 ރުފިޔާ

މުވައްޒަފަށް ލިބޭ މުސާރަ:

1000.00 ރުފިޔާ

ސަރވިސް އެލަވަންސް:

1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި ލިބިލައްވާ 1,200.00 ރުފިޔާ ( މަހަކު)

2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

3. ސްޕެޝަލް ޑިއުޓީ އެލްވަންސްގެ ގޮތުގައި މުސާރައިގެ %35 (-/1085 ރުފިޔާ)

4. ރަމަޟާން މަހުގެ އިނާޔަތް -/3000 ރުފިޔާ (ރަމަޟާންމަހު)

5- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

6. މިނިމަމް ވޭޖް އެލަވަންސްގެ ގޮތުގައި -/832 ރުފިޔާ

އެހެނިހެން އެލަވެންސް : 

ކުޑަކުދިންގެ ޕާކް ބެލެހެއްޓުމާއި ޕްރީސްކޫލް ފޮޅައި ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް

ހ. ކައުންސިލް އިދާރާގެ މަސައްކަތްތަކާ ކައުންސިލްގެ ނިންމުންތައް ތަންފީޒްކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.

ށ. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.

ނ- ކައުންސިލުން އަންގާ ތާވަލާ އެއްގޮތައް ކުޑަކުދިންގެ ޕާކް ހުޅުވައި ލެއްޕުން.

ރ- ކައުންސިލުން ކަނޑައަޅާ އުސޫލާ އެއްގޮތައް ޕާކްގައި ގަސްއިންދައި ބެލެހެއްޓުން.

ބ- ޕާކް ހުޅުވިފައި ހުންނަ ގަޑިތަކުގައި ޕާކަށް ޒިޔާރަތްކުރާ ކުދިންގެ ހަރަކާތްތައް ބަލައި މޮނިޓަރކޮށް އެކުދިންނަށް ދޭންޖެހޭ އިރުސާދުތައް ވަގުތުން ދިނުމާއެކު އެކަން އެކުދިންގެ ބެލެނިވެރިންނަށް ހިއްސާކުރުން.

ޅ- ޕްރީސްކޫލް ކޮންމެ ދުވަހެއްގެ ކުލާސްތައް ނިމުމުން ކުލާސްތައް ކުނިކަހައި މޮޕްލުން އަދި ކުލާސް ފެށުމުގެ ކުރިން ކުނިކަހައި މޮޕްލާންޖެހިއްޖެނަމަ އެކަންކުރުން.

ކ- ޕްރީސްކޫލް ކުލާސް ހިގަމުންދާ ގަޑިތަކުގައި ކުލާސް ރޫމް ހަޑިވާކަހަލަ ހާލަތެއް މެދުވެރިވެއްޖެނަމަ ވަގުތުން އެތަނެއް ފޮޅައި ސާފުކުރުން.

އ- ޕްރީސްކޫލް އިމާރާތުގެ ދޮރުތަކާއި، ފަންކާ މަދުވެގެން ހަފުތާއަކު އެއްފަހަރު ސާފުކޮށް ބެލެހެއްޓުން.

ވ- ޕްރީސްކޫލްގެ ފާޚާނާ މަދުވެގެން ދުވާލަކު އެއްފަހަރު ސާފުކޮށް ބެލެހެއްޓުން.

މ- ޕްރީސްކޫލް ގޯތިތެރޭގައި ހުންނަ ކުޅޭ ތަކެތި ސާފުކޮށް ބެލެހެއްޓުމާއި އަދި ގޯތިތެރޭގައި ގަސް އިންދައި ބެލެހެއްޓުން.

ފ- ކައުންސިލްގެ އިމާރާތްތައް ކުނިކަހާ ސާފުކޮށް ބެލެހެއްޓުން

ދ- ކައުންސިލުން އަންގާ ގޮތެއްގެ މަތިން ކޮޓަރިތަށް އަންނަ މެހުމާނުންނަށް ތައްޔާރުކުރުމާއި އަދި މެހުމާނުން ފުރުމުން ކޮޓަރިތައް ސާފުކޮށް ދޮންނަން ޖެހޭ ބެޑުސީޓް ބާލިސް އުރަފަދަ ތަކެތި ދޮވެ ހެދުން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

ކައުންސިލް އެސިސްޓެންޓް (ބަނދަރު އަދި ސަހަރާ )

މަޤާމް:

01 (އެކެއް)

ބޭނުންވާ އަދަދު:

ދާއިމީ

މަޤާމުގެ ގިންތި:

J-400921

މަޤާމުގެ ނަންބަރު:

އެސް. އެސް. 1

މަޤާމުގެ ރޭންކް:

ސަޕޯޓް ސްޓާފް ގްރޭޑް 1

މަޤާމުގެ ކްލެސިފިކޭޝަން:

ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫ ކައުންސިލްގެ އިދާރާ  

ވަޒީފާ އަދާކުރަން ޖެހޭ ތަން:

3100.00 ރުފިޔާ

މުވައްޒަފަށް ލިބޭ މުސާރަ:

1000.00 ރުފިޔާ

ސަރވިސް އެލަވަންސް:

1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި ލިބިލައްވާ 1,200.00 ރުފިޔާ ( މަހަކު)

2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

3. ސްޕެޝަލް ޑިއުޓީ އެލްވަންސްގެ ގޮތުގައި މުސާރައިގެ %35 (-/1085 ރުފިޔާ)

4. ރަމަޟާން މަހުގެ އިނާޔަތް -/3000 ރުފިޔާ (ރަމަޟާންމަހު)

5- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

6.  މިނިމަމް ވޭޖް އެލަވަންސްގެ ގޮތުގައި -/832 ރުފިޔާ

އެހެނިހެން އެލަވެންސް : 

ފ. މަގޫދޫ ބަނދަރު އަދި ސަހަރާ ބެލެހެއްޓުމުގެ މަސައްކަތް

ހ. ކައުންސިލް އިދާރާގެ މަސައްކަތްތަކާ ކައުންސިލްގެ ނިންމުންތައް ތަންފީޒްކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.

ށ. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.

ނ. ސަހަރާގެ ވިނަތަކާއި ގަސްތައް ސުޕަވައިޒަރު އަންގާ ގޮތެއްގެ މަތިން ނޮޅައި ބެލެހެއްޓުން

ރ. ސަހަރާގައި ހުރި ރުއްތައް ސުޕަވައިޒަރު އަންގާ ގޮތެއްގެ މަތިން ދިލައި ސާފުކޮށް ބެލެހެއްޓުން

ބ. މައްޔިތާ ވަޅުލުމުގެ ކަންކަމުގައި ސުޕައިޒަރު އަންގާ ގޮތެއްގެ މަތިން ހަރަކާތްތެރިވުން

ޅ- ބަދަރުގައި އަޅާފައިވާ އުޅަދުތައް ހުންނަނީ ބަދަރު ބޭނުންކުރުމުގެ ޤަވާއިދާ އެއްގޮތައްތޯ ބަލައި، ޤަވާއިދާ ހިލާފަށް އަޅާފައިހުންނަ އުޅަދުފަހަރު ޤަވައިދާ އެއްގޮތައް ބެހެއްޓުމަށް ނަސޭޙަތްތެރިވުމާއި އަދި ތަކުރާރުކޮށް ޤަވާއިދާ ހިލާފުވާ ފަރާތްތަކުގެ މަޢުލޫމާތު ސްޕަވައިޒަރަށް ހިއްސާކުރުން.

ކ- ބަދަރާއި، ބަދަރުހިމެނޭ ސަރަހައްދަށް މީހުންއަޅާ ކުނި ނެގުމަށް ނަސޭހައްތެރިވުމާއި އަދި ކުނިއަޅާ އަދި ސާފުނުކުރާ ފަރާތްތަކުގެ މަޢުލޫމާތު ސްޕަވައިޒަރާ ހިއްސާކުރުން

އ- ބަދަރާއި، ބަދަރުހިމެނޭ ސަރަހައްދުގައި ހުންނަކުނި މަދުވެގެން ހަފުތާއަކު އެއްފަހަރު ކުނިގޮޑަށް އުކާލުން.

ވ- ބަނދަރުގައި ހަދާފައިވާ ފާލަން، ބަނދަރު ހިޔާ އަދި ޓުރެކް ފޮޅާ ސާފުކޮށް ބެލެހެއްޓުން

މ- ކައުންސިލުން އަންގާ ހިސާބަކަށް ބަނދަރު ފާލަން ހިމެނޭ މަގު ކުނިކަހާ ބެލެހެއްޓުން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

ކައުންސިލް އެސިސްޓެންޓް (ކުޅިވަރު މައިޒާން އަދި ބޯޅަދަނޑު )

މަޤާމް:

01 (އެކެއް)

ބޭނުންވާ އަދަދު:

ދާއިމީ

މަޤާމުގެ ގިންތި:

J-400922

މަޤާމުގެ ނަންބަރު:

އެސް. އެސް. 1

މަޤާމުގެ ރޭންކް:

ސަޕޯޓް ސްޓާފް ގްރޭޑް 1

މަޤާމުގެ ކްލެސިފިކޭޝަން:

ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫ ކައުންސިލްގެ އިދާރާ  

ވަޒީފާ އަދާކުރަން ޖެހޭ ތަން:

3100.00 ރުފިޔާ

މުވައްޒަފަށް ލިބޭ މުސާރަ:

1000.00 ރުފިޔާ

ސަރވިސް އެލަވަންސް:

1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި ލިބިލައްވާ 1,200.00 ރުފިޔާ ( މަހަކު)

2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

3. ސްޕެޝަލް ޑިއުޓީ އެލްވަންސްގެ ގޮތުގައި މުސާރައިގެ %35 (-/1085 ރުފިޔާ)

4. ރަމަޟާން މަހުގެ އިނާޔަތް -/3000 ރުފިޔާ (ރަމަޟާންމަހު)

5- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

6.  މިނިމަމް ވޭޖް އެލަވަންސްގެ ގޮތުގައި -/832 ރުފިޔާ

އެހެނިހެން އެލަވެންސް : 

ފ. މަގޫދޫ ކުޅިވަރު މައިޒާން ބޯޅަދަނޑު ބެލެހެއްޓުން

ހ. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާ ކައުންސިލްގެ ނިންމުންތައް ތަންފީޒްކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.

ށ. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.

ނ- ބޯޅަދަނޑުގެ ވިނަގަނޑު ކޮށައިސާފުކުރުމާ، ވިނައުފުރަން ޖެހޭ ތަންތަނުގައި ވިނައުފުރުން.

ރ- ބޯޅަދަނޑުގައި ހުންނަ ޑަސްޕިންތަކާއި ކުނިތައް ސާފުކުރުން.

ބ- ބޯޅަދަނޑުގައި ހުރި ރުއްގަސް ދިލައި ސާފުކޮށްބެލެހެއްޓުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

ކައުންސިލް އެސިސްޓެންޓް (ކައުންސިލް އެކަމިޑޭސަން )

މަޤާމް:

02 (ދޭއް)

ބޭނުންވާ އަދަދު:

ދާއިމީ

މަޤާމުގެ ގިންތި:

J-400923 / J-400924

މަޤާމުގެ ނަންބަރު:

އެސް. އެސް. 1

މަޤާމުގެ ރޭންކް:

ސަޕޯޓް ސްޓާފް ގްރޭޑް 1

މަޤާމުގެ ކްލެސިފިކޭޝަން:

ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫ ކައުންސިލްގެ އިދާރާ  

ވަޒީފާ އަދާކުރަން ޖެހޭ ތަން:

3100.00 ރުފިޔާ

މުވައްޒަފަށް ލިބޭ މުސާރަ:

1000.00 ރުފިޔާ

ސަރވިސް އެލަވަންސް:

1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި ލިބިލައްވާ 1,200.00 ރުފިޔާ ( މަހަކު)

2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

3. ސްޕެޝަލް ޑިއުޓީ އެލްވަންސްގެ ގޮތުގައި މުސާރައިގެ %35 (-/1085 ރުފިޔާ)

4. ރަމަޟާން މަހުގެ އިނާޔަތް -/3000 ރުފިޔާ (ރަމަޟާންމަހު)

5- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

6.  މިނިމަމް ވޭޖް އެލަވަންސްގެ ގޮތުގައި -/832 ރުފިޔާ

އެހެނިހެން އެލަވެންސް : 

ކައުންސިލްގެ އެކަމަޑޭސަން ބެލެހެއްޓުމުގެ މަސައްކަތް

ހ. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާ ކައުންސިލްގެ ނިންމުންތައް ތަންފީޒްކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.

ށ. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.

ނ. ކައުންސިލް އެކަމަޑޭސަނަށް މެހުމާނުން އަދި ކުއްޔަށްހިފާ ފަރާތްތަކުން އައުމުގެ ކުރިން ސުޕަވައިޒަރ އަންގާ ގޮތެއްގެ މަތިން ކޮޓަރިތައް ތައްޔާރުކުރުން

ރ. ކައުންސިލް އެކަމަޑޭސަނަށް މެހުމާނުން އަދި ކުއްޔަށްހިފާ ފަރާތްތައް ތިބޭއިރު އެކަމަޑޭސަން ގައި ދިމާވާ މަސައްކަތާ ގުޅޭ ކަންކަމުގައި ސުޕަވައިޒަރު އަންގާ ގޮތެއްގެ މަތިން މަސައްކަތްތައް ކުރުން

ބ. އެކޮމިޑޭސަންގައި ހުންނަ މަރާމާތުގެ މަސައްކަތްތައް ސުޕަވައިޒަރަށް ރިޕޯޓްކުރުން

ޅ. އެކަމަޑޭސަން ސާފުކޮށް ބެލެހެއްޓުމަށް ބޭނުންވާ އެންމެހައި ސާމާނާއި އާލަތްތައް ސުޕަވައިޒަރުގެ ލަފާގެ މަތިން ހޯދުން

ކ. ކައުންސިލްގެ އިމާރާތްތައް ކުނިކަހާ ސާފުކޮށް ބެލެހެއްޓުން

އ- ކައުންސިލުން އަންގާ ގޮތެއްގެ މަތިން ކޮޓަރިތައް ތައްޔާރުކުރުމާއި އަދި އެތަންތަން ބޭނުންކުރާ ފަރާތްތައް ފުރުމުން ކޮޓަރިތައް ސާފުކޮށް ދޮންނަން ޖެހޭ ބެޑުސީޓް ބާލިސް އުރަފަދަ ތަކެތި ދޮވެ އިސްތިރިކުރުން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • ލިޔަންކިޔަން އެނގުން

ނޯޓް:

ލިޔަން ކިޔަން އެނގޭކަން ދެނެގަންނާނީ:

ހ- ސްކްރީނިންގ މަރުހަލާގައި ލިޔަންކިޔަން އެނގޭކަން ކަށަވަރުކޮށް ވަޒީފާއޮތް އިދާރާއިން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

ނުވަތަ،

ށ- ލިޔަންކިޔަން އެނގޭކަން ބަޔާންކޮށް ދައުލަތުގެ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެނެވެ.

ނުވަތަ،

ނ- ގްރޭޑް 5 ނުވަތަ އެއަށްވުރެ މަތީ ގްރޭޑެއް ނިންމިކަން އަންގައިދިނުމުގެ ގޮތުން ސްކޫލަކުން ދޯކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

މަޤާމުގެ ޝަރުޠުތައް:

ގުޅޭ ވަޒީފާގެ ދާއިރާތައް

  • ނެތް

 ތައުލީމީ ރޮނގުތައް

  • ނެތް

 ޕްރިފަރޑް ޑިސިޕްލިން

  • ނެތް

 ކޯ ޑިސިޕްލިން

  • ނެތް

މަޤާމުގެ މަސައްކަތު ދާއިރާތައް:

  • ފޮޅާސާފުކުރުން/ގަސްއިންދައި ބެލެހެއްޓުން/ދޮވެ އިސްތިރިކުރުން

ގުޅޭ ވަޒީފާގެ ދާއިރާތައް:

1.  ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx

2.  ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).

3.  ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.

4.  ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5.  ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6.  މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ހުށަހަޅަންޖެހޭ ލިޔުންތައް:

 

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތަށް

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 14 ޖަނަވަރީ 2025 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، ފ.މަގޫދޫ ކައުންސިލް އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތަށް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

ޝޯޓް ލިސްޓްކުރުން:

 

މި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ 17 ޖަނަވަރީ 2025 ން 18 ޖަނަވަރީ 2025 ހާއިދެމެދު ފ.މަގޫދޫ ކައުންސިލްގެ އިދާރާގައެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)"އާންމު ކުރުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ  6740014އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން

‏29‏ ޑިސެމްބަރ‏ 2024

‏28‏ ޖުމާދަލްއާޚިރާ‏ 1446

29 ޑިސެންބަރު 2024