ކުއްޔަށް ދިނުން
ނަންބަރު: (IUL)367-PRS/367/2015/38
ޕަބްލިޝްކުރި ތާރީޚް: 12 ޖުލައި 2015
ޕަބްލިޝްކުރި ގަޑި: 18:03
ސުންގަޑި: 02 އޮގަސްޓް 2015 11:00
މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްދޯންޏެއް ކުއްޔަށް ދިނުމަށް

ފައިބަރ ގުލާސް މަސްދޯނި "ދުރުރާސްތާ 8" ކުއްޔަށް ދިނުމާ ބެހޭ

މ.ކޮޅުފުށީ ކައުންސިލްގެ 85 ފޫޓް މަސްދޯނި "ދުރުރާސްތާ8" އެންމެ ބޮޑުއަގެއް ހުށަހެޅި ފަރާތަކަށް ކުއްޔަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ދޯނި ކުއްޔަށް ދިނުމަށް ހުށަހަޅަންޖެހޭ ބިޑު 16 ޖުލައި 2015 އިން 23 ޖުލައި 2015 ވަނަ ދުވަހުގެ 14:00އަށް މިއިދާރާއިން ގަންނަން ލިބިވަޑައި ގަންނަވާނެއެވެ.

ވީމާ، މިދޯނި ކުއްޔަށް ހިފުމަށް ބޭނުންފުޅުވާ ފަރާތްތަކުން ބިޑު ބައްލަވައި ގަތުމަށްފަހު ބިޑުސެކިއުރިޓީ އެއްގެ ގޮތުގައި ދައްކަންޖެހޭ -/20،000 (ވިހިހާސް ރުފިޔާ) މިކައުންސިލަށް ދައްކަވާ، 02 އޮގަސްޓް 2015 ދުވަހުގެ 11:00 އަށް ބިޑު ހުށަހެޅުއްވުމަށް މިއިދާރާއަށް ވަޑައިގެން ދެއްވުން އެދެމެވެ.

ދޯންޏާ ބެހޭ މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމިގަޑީގައި މިއިދާރާގެ ނަންބަރު 6720606 އާ ގުޅުއްވުމަށް ދަންނަވަމެވެ.

24 ރަމަޟާން 1436

12 ޖުލައި 2015