މަސައްކަތް
ނަންބަރު: (IUL)373/PRIV/2015/1008
ޕަބްލިޝްކުރި ތާރީޚް: 07 ޖުލައި 2015
ޕަބްލިޝްކުރި ގަޑި: 17:26
ސުންގަޑި: 13 ޖުލައި 2015 13:00
ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނިކަހައި ސާފު ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

މިރަށު އިޖުތިމާޢީ ސަރަހައްދުތަކާއި، އަވަށް ބޭރު މަގުތައް ކުނިކަހައި ސާފު ކޮށްދޭނެ ފަރާތެއް ހޯދުން

ތިރީގައި ބަޔާން ކުރެވިފައިވާ މިރަށު އިޖުތިމާޢީ ސަރަހައްދުތަކާއި، އަވަށް ބޭރު މަގުތައް، 2015 ވަނަ އަހަރުގެ ނިޔަލަށް ކުނިކަހައި ސާފުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ސަރަހައްދު 1: (މޫނުމަތީ ސަރަހައްދުތައް)

ސަރަހައްދު 2: (އަވަށް ބޭރުގައިވާ މަގުތައް، އޮޅުކޮޅުމަގު، ވަށައިމަގު އަދި ކުނިކޮށީގެ އުތުރުމަގު، ދިރާގުބިމުގެ ދެކުނުމަގު)

ސަރަހައްދު 3: (ތުޑީކޮޅުގެ ދެމަގު، ފުޓްބޯޅަ ދަނޑުގެ ވަށައިމަގުތަކާއި ގޮއިމަގު، އަދި ދޮންވެލިލާމަގު)

ވީމާ، މި މަސައްކަތް ކޮށްދެވިދާނެ ފަރާތްތަކުން އަންދާސީހިސާބު ހުށަހަޅާ ފޯމު ފުރިހަމަ ކުރައްވައި 2015 އޮގަސްޓު 03 ވާ ހޯމަ ދުވަހުގެ 13:00 އަށް އަންދާސީހިސާބު ހިއްޕަވައިގެން މި އިދާރާއަށް ދުރުވެދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކޮށްދިނުން އޮންނާނީ 2015 ޖުލައި 21 ވާ އަންގާރަ ދުވަހުގެ 13:00 ގައި މި އިދާރާގައެވެ. އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާ އުމުރުން 18 އަހަރު ފުރިހަމަވެފައިވާ ބޭފުޅުންނަށެވެ. ކޮމްޕެނީ، ކުލަބު ޖަމުއިއްޔާ، ކޮމެޓީތަކުގެ ނަމުގައި އަންދާސީހިސާބު ހުށަހަޅާނަމަ، މަޢުލޫމާތު ސާފުކުރަން ވަޑައިގަންވާއިރު، އެފަރާތުގެ ރަސްމީ ސިޓީއެއް ގެންނަން ޖެހޭނެއެވެ. މަސައްކަތުގެ ތަޖުރިބާއަށް ޕޮއިންޓް ލިބޭނީ ވޭތުވެދިޔަ 05 އަހަރު ދުވަހު ކޮށްފައިވާ މަސައްކަތުގެ ތަޖުރިބާއަށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީހިސާބުތަކާއި، ފޯމުގައިވާ މަޢުލޫމާތު ފުރިހަމަނުވާ ފޯމުތައް ބަލައިގަނެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ މި އިދާރާއިން ދޫކުރާ އަންދާސީހިސާބު ހުށަހަޅާ ފޯމުގައެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

20 ރަމަޟާން 1436

07 ޖުލައި 2015