ދިވެހިރާއްޖެ
`
އިއުލާން ނަންބަރ: GS160/IUL/014/2024
2025ވަނަ އަހަރު އައުޓްސޯސްކޮށް ސެކިއުރިޓީ ބަލަހައްޓަދޭނެ ފަރާތެއް ހޯދުމާއި ގުޅޭ
ވަނަ އަހަރުގެ 31 ޑިސެންބަރ 2025 ގެ ނިޔަލަށް މި ސުކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް 01 ޑިސެންބަރު 2024 ގައި ކޮށްފައިވާ (GS160/IUL/013/2024) އިއުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެ އިއުލާން ބާތިލްކޮށް، 2025 ވަނަ އަހަރުގެ 31 ޑިސެންބަރ 2025 ގެ ނިޔަލަށް މި ސުކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް އަލުން އިއުލާން ކުރަމެވެ. ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައިވާ މިދަންނަވާ ތާރީޙުގެ ކުރިން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކޮށް ކަނޑައެޅިފައިވާ ގަޑިއަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ސުކޫލު އޮފީހަށް ދުރުވުން އެދެމެވެ. މިކަމަށް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި "2025 ވަނަ އަހަރު ސްކޫލް ސެކިޔުރިޓީބެލެހެއްޓުން" މިހެން ލިޔެފައި އޮންނަންވާނެއެވެ.
- މިކަމަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި ބީލަމުގައި ބައިވެރިވާންއެދޭ ފަރާތްތަކުން 29 ޑިސެމްބަރ 2024 އިން 05 ޖަނަވަރީ 2025 ގެ ނިޔަލަށް ތިރީގައިވާ ގޫގްލް ފޯމްގެ ލިންކް މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކުރެއްވުމަށް ދަންނަވަމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. ލިންކް: https://forms.gle/WjFnbKBmaP1tJrgW9
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 31 ޑިސެމްބަރ 2024 ވަނަ ދުވަހުގެ 02:00 ގެ ކުރިންކުރިން 7992226އަށް ގުޅުއްވައި ނުވަތަ [email protected] އަށް އީމެއިލް ކުރައްވައި މައުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 9 ޖަނަވަރީ 2024 ވަނަ ދުވަހުގެ 13:30 ގައިއދ. ދިގުރަށު ސްކޫލްގެ އޭވީ ރޫމްގައެވެ.
- މި މަސައްކަތުގެ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
- މި މަސައްކަތާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- ހުށަހަޅަން ހަމަޖެހިފައިވާ ގަޑިއަށްވުރެ ފަހުން ހުށަހަޅާ އަންދާސީހިސާބުތަކާއި ފުރިހަމަ ނުވާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ މި ފުރުސަތުގައި ދަންނަވަމެވެ.
ޝުކުރިއްޔާ
29 ޑިސެމްބަރ 2024
ދިގުރަށު ސްކޫލް
އދ. ދިގުރަށް