މުބާރާތް
ނަންބަރު: (IUL)280/INDIV/2024/49
ޕަބްލިޝްކުރި ތާރީޚް: 26 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 14:27
ސުންގަޑި: 05 ޖަނަވަރީ 2025 13:30
މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ. ޅައިމަގު ހޭޅިފަށުގައި ހިތްފަސޭހަ މައިޒާންތަކެއް ތަރައްޤީކުރުން

ރަށުގެ ގޮނޑުދޮށާއި، ހޭޅި ސާފުތާހިރުކޮށް ބޭއްވުމާއި، ރަށުގެ އެކި ސަރަޙައްދު ތަކުގައި މީހުން ހިތްފަސޭހަކޮށްލައި، ޕިކްނިކް ދިޔުންފަދަ ކަންކަމުގައި ބޭނުންކުރެވޭނެ މައިޒާންތަކެއް ހުރުމާއި އަދި މަދިރި ނައްތާލުމުގެ މަޤުޞަދުގައި ''ހޭޅި ޕްރޮގްރާމް'' ނަމުގައި ޕްރޮގްރާމެއް ހިންގުމަށް މިކައުންސިލުންވަނީ ނިންމާފައެވެ.

 

    ''ހޭޅި ޕްރޮގްރާމް''ގައި ރަށުގެ ހޭޅިފަށުން 10 (ދިހަ) ސަރަޙައްދެއްގައި މައިޒާންތަކެއް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. މިޕްރޮގްރާމު ހިންގުމަށް ހަމަޖެހިފައިވަނީ، މައިޒާން ތަރައްޤީ ކުރުމުގެ މުބާރާތެއްގެ ގޮތުގައެވެ. މި މުބާރާތް ބޭއްވޭނީ މަދުވެގެން 5 (ފަސް) ޓީމު ބައިވެރިވާނަމައެވެ.

    މި މުބާރާތުގެ 1 ވަނަ ޓީމަށް -/5،000ރ (ފަސްހާސް ރުފިޔާ)

             2 ވަނަ ޓީމަށް -/3،000ރ (ތިންހާސް ރުފިޔާ)

             3 ވަނަ ޓިމަށް -/2،000ރ (ދެހާސް ރުފިޔާ) ހުށަހެޅިފައިވެއެވެ.

            ވަނަ ހޮވުމުގައި މައިޒާނުގެ ބޮޑުކުޑަމިނާއި، ބެހެއްޓިފައިވާ ތަކެތީގެ ޢަދަދާއި އަދި ތަނުގެ ސާފުތާހިރުކަމަށް އިސްކަންދެވޭނެއެވެ.

 

            ވީމާ، މިމުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ''ހޭޅި ޕްރޮގްރާމް'' ގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު  05 ޖަނަވަރީ 2025 ގެ 13:30 ގެ ކުރިން މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ.

     މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ޅައިމަގު ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ.

 

     މިހެންވެމިކަން ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.

26 ޑިސެންބަރު 2024