ބީލަން
                	
                ނަންބަރު: (IUL)388-PLN/388/2024/152
                    ޕަބްލިޝްކުރި ތާރީޚް: 26 ޑިސެންބަރު 2024
                    ޕަބްލިޝްކުރި ގަޑި:  11:33
                                            ސުންގަޑި: 
                            30 ޑިސެންބަރު 2024 10:30
                        
                    
                ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
2025 ވަނަ އަހަރު ވަންދޫގެ ޢިޖުތިމާއީ ސަރަޙައްދުތައް ސާފުކޮށް ބެލެހެއްޓުމާއިގުޅޭ
                                2025 ވަނަ އަހަރު ވަންދޫގެ އިޖުތިމާއީ ސަރަހައްދުތައް ކޮންޓްރެކްޓް އުސޫލުން ސާފުކޮށްބަލަހައްޓައިދޭނޭ ފަރާތެއް ހޯދަންބޭނުންވެއެވެ. ވީމާ، ޗާރޓްގައި ފާހަގަކޮށްފައިވާ ސަރަޙައްދުތައް ކޮންޓްރެކްޓް އުސޫލުން ސާފުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަން ބިޑްހުށަހެޅުމަށް ޢާންމުކޮށް ފުރުޞަތު ހުޅުވާލަމެވެ.  
           މިމަސައްކަތުގެ މައުލޫމާތު ހިމެނޭ ބިޑްފޮތާއި ބިޑްރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް އަދި ބިޑް ހުށަހަޅާ ފޯމް މިއިދާރާއިންނާއި ގެޒެޓުން ލިބެންހުންނާނެއެވެ. ބީލަން ހުޅުވާލެވިފައިވަނީ،ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން )މުއްދަތު ހަމަނުވާ( ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި (ޤާނޫނު ނަމްބަރު 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން 29 ޑިސެންބަރު 2024 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން މިކައުންސިލަށް ދުރުވެ ނުވަތަ [email protected] މެއިލްއަށް ބިޑްރަޖިސްޓްރީ ކުރުމަށް އެދޭ ފޯމު ފުރިހަމަކޮށް ހުށަހަޅައިގެން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ވުމަށް އެދޭ ފޯމް މިއިދާރާއިންނާއި ގެޒެޓުން ލިބެން ހުންނާނެއެވެ. މިމަސައްކަތަށް ބީލަށް ހުށަހެޅުމުގެ ފުރުސަތު ލިބޭނީ ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ. މިއިޢުލާނާއި ގުޅިގެން ހުށަހަޅާ ބިޑުތަކުގެ ތެރެއިން ގަޑިއަށް ހުށަހަޅާފައިނުވާ ބިޑްތަކާއި މައުލޫމާތު ފުރިހަމަ ނުވާ ބިޑްތައް ބާޠިލް ކުރެވޭނެއެވެ. މި ބީލަމާއި ގުޅިގެން ބާއްވާ މައުލޫމާތު ބައްދަލްވުމާއި، ބިޑް ހުށަހެޅުމަށް ހަމަޖެހިފައިވާގޮތް ތިރީގައިވާ ތާވަލްގައި ބަޔާންކުރެވިފައިވާނެއެވެ.
| ތަން | ތާރީޙް | ދުވަސް | ގަޑި | |
| މައުލޫމާތު ބައްދަލްވުން | ތ.ވަންދޫ ކައުންސިލް އިދާރާ | 30 ޑިސެންބަރު 2024 | ހޯމަ | 10:30 | 
| ބިޑް ހުށަހެޅުން | ތ.ވަންދޫ ކައުންސިލް އިދާރާ | 05 ޖެނުއަރީ 2025 | އާދިއްތަ | 10:30 | 
          މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ވަންދޫ ކައުންސިލް އިދާރާގެ ނަމްބަރު 6780041 ނުވަތަ 6780762 ފޯނާގުޅުއްވުންއެދެމެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
                26 ޑިސެންބަރު 2024