މަސައްކަތް
ނަންބަރު: (IUL)438-WMPC/438/2024/557
ޕަބްލިޝްކުރި ތާރީޚް: 26 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 10:33
ސުންގަޑި: 12 ޖަނަވަރީ 2025 13:00
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމުގެ ދައުވަތު - ސިންގަލް ޔޫސް ޕްލާސްޓިކް ފޭސް-އައުޓު ޕްލޭން އިމްޕްލިމެންޓްކުރުމަށް ބޭނުންވާ ސޯޝިއޯ-އިކޮނޮމިކް އިމްޕެކްޓްސް އެސެސްމެންޓް (އެސް.އީ.އައި.އޭ) ޑިވެލޮޕްކުރުމުގެ ކޮންސަލްޓެންސީ ޙިދުމަތް ފޯރުކޮށްދޭނެ ކޮންސަލްޓެންސީފާރމްއެއް ހޯދުމަށް - 2 ވަނަ އިއުލާން

މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ 

މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓްގެ ދަށުން ސިންގަލް ޔޫސް ޕްލާސްޓިކް ފޭސް-އައުޓު ޕްލޭން އިމްޕްލިމެންޓްކުރުމަށް ބޭނުންވާ ސޯޝިއޯ-އިކޮނޮމިކް އިމްޕެކްޓްސް އެސެސްމެންޓް (އެސް.އީ.އައި.އޭ) ޑިވެލޮޕްކުރުމުގެ ކޮންސަލްޓެންސީ ޙިދުމަތް ފޯރުކޮށްދޭނެ ކޮންސަލްޓެންސީފާރމްއެއް ހޯދުމަށް!- 2 ވަނަ އިއުލާން 

 (IUL)438-WMPC/438/2024/557 :ރިފަރެންސް ނަމްބަރ

ތާރީޚް: 26  ޑިސެމްބަރ 2024

ދިވެހި ސަރުކާރަށް ވަރލްޑް ބޭންކުގެ ހިލޭ އެހީގެ ދަށުން މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓްގެ (އެމް.ސީ.އީ.ޕީ) ދަށުން، ސިންގަލް ޔޫސް ޕްލާސްޓިކް ފޭސް-އައުޓު ޕްލޭން އިމްޕްލިމެންޓްކުރުމަށް ބޭނުންވާ ސޯޝިއޯ-އިކޮނޮމިކް އިމްޕެކްޓް އެސެސްމެންޓް (ސީ.އީ.އައި.އޭ) ޑިވެލޮޕްކުރުމުގެ ކޮންސަލްޓެންސީ ޙިދުމަތް ފޯރުކޮށްދޭނެ ކޮންސްލަޓެންސީ ފާރމްއެއް ހޯދުމަށް ބޭނުންވެއެވެ. މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް "އެކްސްޕްރެޝަން އޮފް އިންޓަރަސްޓް" ހުށަހެޅުމުގެ ދަޢުވަތު އަލުން ހުޅުވާލަމެވެ.

މި މަސައްކަތުގެ މައިގަނޑު މަޤްސަދަކީ މި މިނިސްޓްރީގެ ވޭސްޓް މެނޭޖްމެންޓް އެންޑް ޕޮލިޔުޝަން ކޮންޓްރޯލް ޑިޕާޓްމެންޓާއި މި ދާއިރާއާއި ގުޅުންހުރި ފަރާތްތަކާއި ގުޅިގެން، ސިންގަލް ޔޫސް ޕްލާސްޓިކް ފޭސް-އައުޓު ޕްލޭން އިމްޕްލިމެންޓްކުރުމަށް ބޭނުންވާ ސޯޝިއޯ-އިކޮނޮމިކް އިމްޕެކްޓް އެސެސްމެންޓް (ސީ.އީ.އައި.އޭ) ޑިވެލޮޕްކުރުމެވެ.  

މި މަސައްކަތައް ޝަޢުޤުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ތަޖުރިބާ އާއި ޤާބިލްކަން ސާބިތުކޮށްދޭ ލިޔެކިޔުންތައް (ކޮމްޕެނީ ޕްރޮފައިލް، ކުންފުނީގެ އޮނިގަނޑު، ބްރޯޝަރ، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާގެ އިތުރުން މަސައްކަތް ކުރާ ކީ އެކްސްޕަރޓުންގެ ޓީމްގެ މަޢުލޫމާތު) ޓީ.އޯ.އާރް ގެ 9ވަނަ ނަންބަރުގައިވާ (އިވެލުއޭޝަން ކްރައިޓީރިއާ) ގައިވާ ގޮތައް ހުށަހަޅަން ވާނެއެވެ. މި މަސައްކަތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު ދެވޭނެވާހަކަ ދަންނަވަމެވެ.

މި މަސައްކަތުގެ ޓަރމްސް އޮފް ރެފަރެންސް ( ޓީ. އޯ . އާރް) ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރެވިފައިވާނެއެވެ.

މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ކޮންސަލްޓެންޓްސް ކޮލިފިކޭޝަން ބޭސްޑް ސިލެކްޝަން އުސޫލުން، ވާރލްޑް ބޭންކްގެ "ޕްރޮކިޔުމަންޓް ރެގިޔުލޭޝަންސް ފޮރ އައި.ޕީ.އެފް ބޮރޯވަރސް "(ޖުލައި (2016) ޕްރޮކިޔުމަންޓް ރެގިޔުލޭޝަންސް)ގެ އުޞޫލުންނެވެ. ވީމާ މި މަސައްކަތައް ބީލަން ހުށަހެޅުމުގެ ދަޢުވަތު ޕްރޮކިޔުމަންޓް ރެގިޔުލޭޝަންސްގައިވާ ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

މި މަސައްކަތްއް ޖޮއިންޓް ވެންޗަރ ނުވަތަ ސަބް-ކޮންސަލްޓެންސީ އުސޫލުން ޕްރޮޕޯޒަލް ހުށަހެޅިދާނެއެވެ. އަދި މި އުސޫލުގެ ދަށުން ބީލަން ހުށަހަޅާނަމަ، އެކަން އަނގައިދޭ ލިޔުމެއް ހުށަހަޅަންވާނެއެވެ.

އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހަޅާނީ ވީމާ މިކަމަށް ޝަޢުޤުވެރިވާ، ޝަރުޠުހަމަވާ ފަރާތްތަކުން 12 ޖަނަވަރީ 2025 ވާއާދީއްތަ ދުވަހުގެ 13:00 ކުރިން ތިރީގައިވާ އެޑްރެހަށް "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހެޅުއްވުންއެދެމެވެ. އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހަޅަންވާނީ އީމެއިލް މެދުވެރިކޮށެވެ.

އީމެއިލް ގެ ސަބްޖެކްޓްގެ ގޮތުގައި ތިރީގައިމިވާ އިބާރާތް ލިޔެވިފައި އޮންނަންވާނެއެވެ.

“Expression of Interest- Consultancy services for developing a socio-economic impact assessment (SEIA) for the Implementation of Single use plastic Phase-out Plan in the Maldives”

އީމެއިލް އެޑްރެސް: [email protected]

މި މަސައްކަތާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 12ޖަނަވަރީ 2025 އާދީއްތަ ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް އީ-މެއިލް ކުރަންވާނެއެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ

އީމެއިލް އެޑްރެސް: [email protected]

ނަންބަރު:   +960 3018451

26 ޑިސެންބަރު 2024