ނީލަން
ނަންބަރު: GS-65-B/IUL/2024/022
ޕަބްލިޝްކުރި ތާރީޚް: 25 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 17:17
ސުންގަޑި: 01 ޖަނަވަރީ 2025 10:00
ވިލުފުށީ ސްކޫލް
ދިވެހިރާއްޖެ
މި ސްކޫލްގައި ހުރި ބައެއް ތަކެތި ނީލަންކިޔުމާއި ގުޅޭ

ނީލަންކިޔުމާއި ގުޅޭ

 

މި ސްކޫލްގެ ބެލުމުގެދަށުގައި ހުރި ތިރީގައި މިދަންނަވާ ތަކެތި ނީލަންކިޔަން ބޭނުންވެއެވެ. ނީލަންކިޔުން އޮންނާނީ 01 ޖަނަވަރީ 2025ވާ ބުދަ ދުވަހު ހެނދުނު 10:00 ގައި ވިލުފުށީ ސްކޫލްގެ މަލްޓިޕާރޕަސް ހޯލްގައެވެ. ނީލަންކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ ތަފްސީލް ތިރީގައި އެވަނީއެވެ.

އަދަދު

ތަކެތީގެ ބާވަތް

މުދަލުގެ އަގު

ނީލަންކިޔަން ފެށޭނެ އަގު

ނީލަމުގެ އަގަށް އިތުރުކުރެވޭނެ އެންމެ ކުޑަ އަގު

07

ޕްރިންޓަރ ބްރަދަރ

5620.00

562.00

01.00

01

ފެކްސް މެޝިންގ ބްރަދަރ

5300.00

530.00

01.00

139

ޕްލާސްޓިކް ގޮނޑި

139.00

6.95

0.25

01

ލެމިނޭޓް މެޝިންގ

2305.00

230.50

01.00

01

ކަލަރ ޕްރިންޓް

9010.00

901.00

01.00

01

މެގަފޯން

850.00

42.50

01.00

01

ކަޓިންގ މެޝިންގ

1550.00

77.50

01.00

01

ރައުޓަރ ޑީ ލިންކް

826.00

41.30

01.00

01

އެމްޕްލިފަޔަ ސެމްސަންގ

9850.00

985.00

01.00

39

ޔޫ.ޕީ.އެސް

4530.00

453.00

01.00

16

ސީޕީޔޫ ލެނޯވޯ

6837.00

683.77

01.00

 

ނީލަންކިޔުމުގެ އުސޫލު

1-    ނީލަން ކިޔާ ތަކެތި ބައިބަޔަށް (ލޮޓު) ބެހުމަށްފަހު، ކޮންމެ ލޮޓަކަށް ނީލަން ނަންބަރެއް ދެވިފައި ހުންނާނެއެވެ. އަދި ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް، ނީލަން ނަންބަރު ފެންނާނެހެން، ކޮންމެ ލޮޓެއްގައި ހުންނާނެއެވެ.

2-    ނީލަމެއް ކުރިއަށް ގެންދާނީ މަދުވެގެން 3 ބައިވެރިންގެ ހާޒިރުގައެވެ. ނަމަވެސް ތިން ބައިވެރިން ހަމަ ނުވާނަމަ، ދެވަނަ ފަހަރަށް އިޢުލާނުކޮށް، 2 ނުވަތަ 1 ބައިވެރިންގެ ހާޒިރުގައި، ކަނޑައަޅާފައިވާ ގަޑީގައި ނީލަން ކުރިއަށް ގެންދެވޭނެއެވެ.

3-    ނީލަމުގައި ހުށަހަޅާ އަގުތައް، ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް ހިނދުން ހިނދަށް އެންގޭނެއެވެ. ނީލަމުގެ ބައިވެރިޔަކު އަގެއް ހުށަހަޅައި، އެއަގަށްވުރެ މަތީއަގެއް ހުށަހެޅުމުގެ ފުރުސަތު 3 ފަހަރު ދިނުމުންވެސް، އިތުރު އަގެއް ނީލަމުގައި ބައިވެރިވެފައިވާ އެހެން ފަރާތަކުން ހުށަނާޅައިފިނަމަ، އެ އަގު ހުށަހެޅި ފަރާތުން އެ ނީލަން ކާމިޔާބު ކުރީކަމުގައި ނިންމޭނެއެވެ.

4-    ނީލަން ނިމުނުގޮތް، ނީލަމުގައި ބައިވެރިވި ފަރާތްތަކުގެ ހާޒިރުގައި އިޢުލާނުކޮށް، ނީލަން ކާމިޔާބުކުރި ފަރާތަށް، "ނީލަން ކާމިޔާބުކުރިކަން އަންގާ ލިޔުން" ހަވާލުކުރެވޭނެއެވެ.

5-    ނީލަން ކާމިޔާބުކުރި ފަރާތުން، ނީލަން ކާމިޔާބުކުރި އަގު، ނީލަން ނިމޭ ދުވަހުން ފެށިގެން، ސަރުކާރު ބަންދުނޫން 3 ދުވަހުގެ ތެރޭގައި މިނިސްޓްރީ އޮފް ފައިނޭންސް ގެ ބަޑޭރި ޕޯރޓަލް https://bp.finance.gov.mv/ މެދުވެރިކޮށް މިސްކޫލަށް ދެއްކެވުމަށްފަހު ތަކެތި ގެންދަވަން ވާނެއެވެ. އަދި ނީލަން ކާމިޔާބުކުރި ފަރާތަށް މުދާ ހަވާލުކުރެވޭނީ ނީލަމުގެ އަގު ދެއްކުމަށްފަހުގައެވެ. ނީލަން ކާމިޔާބުކުރި ފަރާތަށް އެ މުދަލުގެ މިލްކުވެރިކަން ބަދަލުވާނީ ނީލަމުގެ އަގު ދައްކައި ޚަލާޞްކުރުމުންނެވެ. ނީލަން ކާމިޔާބުކުރި ފަރާތުން އެ މުއްދަތުގެ ތެރޭގައި ފައިސާ ދައްކައި ޚަލާސްނުކޮށްފިނަމަ، އެ މުދަލެއް އަލުން ނީލަންކިޔުމަށް އިއުލާނުކުރެވޭނެއެވެ.

25 ޑިސެންބަރު 2024