މަސައްކަތް
ނަންބަރު: (IUL)23-AP/1/2015/161
ޕަބްލިޝްކުރި ތާރީޚް: 14 ޖުލައި 2015
ޕަބްލިޝްކުރި ގަޑި: 15:39
ސުންގަޑި: 30 ޖުލައި 2015 10:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ވެބްސައިޓެއް ހެދުމަށް

އިޢުލާން

މިނިސްޓްރީ އޮފް ހެލްތަށް ވެބްސައިޓެއް ހެދުމަށް މިނިސްޓްރީ ނަންބަރު (IUL)23-AP/1/2015/138 (25 ޖޫން 2015) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅުއްވަން އެއްވެސް ފަރާތަކުން ވަޑައިގެންފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް މިނިސްޓްރީ އޮފް ހެލްތަށް ވެބްސައިޓެއް ހެދުމަށް އަލުން އިޢުލާންކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2015 ޖުލައި 30 ވާ ބުރާސްފަތި ދުވަހުގެ 10:00އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 އޮގަސްޓު 10 ވާ ހޯމަ ދުވަހުގެ 10:00 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

27 ރަމަޟާން  1436       

14 ޖުލައި 2015