ދިވެހިރާއްޖެ
މި އިޢުލާންވަނީ 25 ޑިސެންބަރު 2024 15:35 ގައި ބާތިލް ކުރެވިފައެވެ.
އިޢުލާނު
މި އޮފީހުގެ 2 ކާރު ސިޓީލާ ނީލަމުގައި ވިއްކާލުމަށް 6 ނޮވެންބަރު 2024 ގައި ކުރި ނަންބަރު (IUL)1-CSO(FM)/1/2024/85 އިޢުލާނާ ގުޅިގެން ބޭއްވި ނީލަމުގައި 2 ކާރު ވިކިފައި ނުވާތީ، އެ 2 ކާރު ސިޓީލާ ނީލަމުގައި ވިއްކާލުމަށް އަލުން އިޢުލާނު ކުރަމެވެ. ނީލަމުގައި ބައިވެރިވާ ފަރާތްތަކުން ކޮންމެ ދުވަހެއްގެ މެންދުރުފަހު 13:00 ގެ ކުރިން ކާރު ގަތުމަށް ބޭނުންވާ އަގު ހުށަހެޅުއްވުން އެދެމެވެ. ނީލަމަށް އަގުހުށަހަޅާނީ ނީލަމަށް އަގު ހުށަހަޅާފޯމު (NL04 ފޯމު) ފުރިހަމަކޮށް ވަކި ސިޓީއުރައެއްގައި ބަންދުކޮށް، ނީލަމަށް ކަނޑައަޅައިފައިވާ ފޮއްޓަށް ލައިގެންނެވެ. ސިޓީއުރައިގެ ބޭރުގައި ނީލަން ނަންބަރާއި، "ކާރު ނީލަމުގައި ބައިވެރިވުމަށް" މިހެން ލިޔަންވާނެއެވެ. އަގު ހުށަހަޅަންވާނީ ކޮންމެ ކާރެއް ވަކިންނެވެ.
ނީލަމަށް ސިޓީން އަގު ހުށަހަޅާ ފޯމު، މި އިޢުލާނުގައި އެއްކަރުދާސް ކޮށްފައި އެވަނީއެވެ. އަދި، މީގެ އިތުރުން، ނީލަމަށް ސިޓީން އަގު ހުށަހަޅާ ފޯމު މި އޮފީހުގެ ރިސެޕްޝަނުންވެސް ލިބެން ހުންނާނެއެވެ.
ކޮންމެ ދުވަހަކު މެންދުރުފަހު 13:00 އާ ހަމައަށް ހުށަހަޅާފައިވާ އެންމެ މަތީ އަގު އެދުވަހެއްގެ މެންދުރުފަހު 14:00 ގައި މި އޮފީހުގެ ރިހިޖެހިކޮށީގައި ހުންނަ ނޯޓިސްބޯޑްގައި ޢާންމު ކުރެވޭނެއެވެ. ނީލަމަށް ހުށަހަޅާފައިވާ އެންމެ މަތީ އަގު ޖެހިޖެހިގެން ރަސްމީ 2 (ދޭއް) ދުވަހު އެއް އަގެއް އޮވެއްޖެނަމަ އެ އަގަކަށް ނީލަން ނިންމާލެވޭނެއެވެ.
ނީލަން ކާމިޔާބު ކުރާފަރާތަށް ނީލަން ކާމިޔާބުކުރިކަން އަންގާ ލިޔުން ލިބުމަށްފަހު، ރަސްމީ 5 (ފަހެއް) ދުވަހުގެ ތެރޭގައި، މިނިސްޓްރީ އޮފް ފިނޭންސް ގެ ބަނޑޭރި ޕޯޓަލް https:/bandeyripay.finance.gov.mv މެދުވެރިކޮށް ފައިސާ ދެއްކުމަށްފަހު، ކާރު ގެންދަން ވާނެއެވެ. މި މުއްދަތުގެ ތެރޭގައި ފައިސާދައްކާފައި ނުވާނަމަ، އެފަރާތަކަށް ދޫކުރާ ނީލަން ކާމިޔާބުކުރި ކަމުގެ ލިޔުން ބާޠިލުކޮށް ދެވަނައަށް އެންމެ މަތީއަގު ހުށަހެޅި ފަރާތަށް ނީލަން ކާމިޔާބުވެފައިވާކަން އަންގާ ލިޔުން ދޫކުރެވޭނެއެވެ. އަދި، ނީލަން ކާމިޔާބުކޮށް، ފައިސާ ނުދެއްކުމުގެ ސަބަބުން ނީލަން ބާޠިލުކުރަން ޖެހިއްޖެނަމަ، އެ ފަރާތަކަށް މި އޮފީހުން ކިޔާ ނީލަންތަކުގައި 6 (ހައެއް) މަސްދުވަހުގެ މުއްދަތަށް ބައިވެރި ނުވެވޭނެއެވެ.
ސިޓީލާ ނީލަން ނަންބަރ 01/2024 (ރަޖިސްޓްރީ ބާޠިލުކޮށްފައި) |
|
B1A1507 ކާރު (މަޑު އަޅިކުލަ) |
ކުރީގެ ރަޖިސްޓްރީ ނަންބަރު: |
14/10/2024 |
ރަޖިސްޓްރީ ބާޠިލުކުރި ތާރީޚު: |
FB15-128097 |
ޗެސިސް ނަންބަރު: |
NISSAN – GF-FB15 |
މޮޑެލް ނަންބަރު: |
QG-15458434 |
އިންޖީނު ނަންބަރު: |
2001 |
އެތެރެކުރި އަހަރު: |
ޕެޓްރޯލް |
ހަކަތައިގެ ބާވަތް: |
4 |
އުފުލޭ މީހުންގެ އަދަދު: |
20,000.00 ރުފިޔާ (ވިހި ހާސް) |
ނީލަން ފެށޭއަގު: |
1,000.00 ރުފިޔާ (އެއް ހާސް) |
ފަހަރަކު އިތުރު ކުރެވޭނެ އެންމެ ކުޑަ އަގު: |
|
|
ސިޓީލާ ނީލަން ނަންބަރ 02/2024 (ރަޖިސްޓްރީ ބާޠިލުކޮށްފައި) |
|
B1A1656 ކާރު (ގަދަ އަޅިކުލަ) |
ކުރީގެ ރަޖިސްޓްރީ ނަންބަރު: |
14//10/2024 |
ރަޖިސްޓްރީ ބާޠިލުކުރި ތާރީޚު: |
FB15-128062 |
ޗެސިސް ނަންބަރު: |
NISSAN – GF-FB15 |
މޮޑެލް ނަންބަރު: |
QG15-457984 |
އިންޖީނު ނަންބަރު: |
2001 |
އެތެރެކުރި އަހަރު: |
ޕެޓްރޯލް |
ހަކަތައިގެ ބާވަތް: |
4 |
އުފުލޭ މީހުންގެ އަދަދު: |
20,000.00 ރުފިޔާ (ވިހި ހާސް) |
ނީލަން ފެށޭއަގު: |
1,000.00 ރުފިޔާ (އެއް ހާސް) |
ފަހަރަކު އިތުރު ކުރެވޭނެ އެންމެ ކުޑަ އަގު: |
ނީލަމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކާރު ބަލާލުމުގެ އިންތިޒާމް 2024 ޑިސެންބަރު 30 ވާ ހޯމަ ދުވަހުން ފެށިގެން، ނީލަން ނިމެންދެން، ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 10:00 ން މެންދުރު 12:00 އަށް އަމީނީމަގުގައި ހުންނަ މި އޮފީހުގެ ރިހިޖެހި ކޮށީގައި ހަމަޖެހިފައިވާނެއެވެ. ނީލަމަށް އަގުހުށަހަޅާ ފޯމު ލާފޮށި 2025 ޖަނަވަރީ 5 ވާ އާދީއްތަ ދުވަހުން ފެށިގެން ނީލަން ނިމެންދެން މި އޮފީހުގެ ރިސެޕްޝަންގައި ބަހައްޓާފައި ހުންނާނެއެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
24 ޖުމާދަލްއާޚިރާ 1446