ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)399-MS/399/2024/149
ޕަބްލިޝްކުރި ތާރީޚް: 25 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 15:10
ސުންގަޑި: 25 ޖަނަވަރީ 2025 14:00
ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަލަށް ގޯތިދޫކުރެވިފައިވާ ސަރަހައްދުތަކުގެ މަގުތައް ހެދުމާއި ގުޅޭ

މި ރަށުން އަލަށް ގޯތިދޫކުރެވިފައިވާ ސަރަހައްދުތަކުގެ މަގުތައް ހެދުމާއި، ގޯތީގެ އިން ވަކިކުރުމުގެ މަސައްކަތް މި ކައުންސިލުން މިހާރު ވަނީ ފަށާފައެވެ. އަލަށް ގޯތިދޫކުރި ސަރަޙައްދުތަކުގައި ގިނަ ފަރާތްތަކަކުން ދަނޑު ހައްދާފައިވާކަން ކައުންސިލަށް ވަނީ ފާހަގަ ކުރެވިފައެވެ.

ވީމާ، 25 ޖެނުއަރީ 2025 ގެ ކުރިން އެ ސަރަހައްދުތަކުގައި ދަނޑު ހައްދާފައިވާ ފަރާތްތަކުން ހައްދާފައިވާ ތަކެތި ނެންގެވުން އެދެމެވެ. އަދި ދެންނެވުނު މުއްދަތުގެ ފަހުން އެ ސަރަހައްދުތަކުގައި ހައްދާފައިވާ ތަކެތި ނުނަގައިފިނަމަ، އިތުރު އެންގުމަކާއިނުލައި މަގުހެދުމާއި، އިންވަކިކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާނެ ވާހަކަ ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

                      

           24 ޖުމާދަލްއާޚިރް 1446ހ

           25 ޑިސެންބަރު 2024މ 

25 ޑިސެންބަރު 2024