ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)426-1A/426/2024/507
ޕަބްލިޝްކުރި ތާރީޚް: 25 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 14:22
ސުންގަޑި: 11 ޖަނަވަރީ 2025 23:59
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - އައްޑޫ ސިޓީ މީދޫގެ މިސްކިތްތަކުގެ މަރާމާތު މަސައްކަތްތައް ދަރުމައަށް ކޮށްދެއްވުމަށް ޝައުޤުވެރިވާ ދަރުމަވެރިންނަށް ފުރުޞަތު ހުޅުވުން

އިޢުލާން

އައްޑޫ ސިޓީ މީދޫގެ މިސްކިތްތަކުގެ މަރާމާތު މަސައްކަތްތައް ދަރުމައަށް ކޮށްދެއްވުމަށް ޝައުޤުވެރިވާ ދަރުމަވެރިންނަށް ފުރުޞަތު ހުޅުވުން

          މީދޫގެ މިސްކިތްތަކުގައި ކުރަންހުރި މަރާމާތު މަސައްކަތްތަކާއި، މިސްކިތްތައް އާބާތުރަ ފިލުވައި ޒީނަތްތެރިކުރުމުގެ މަސައްކަތްތައް ދަރުމައަށް ކޮށްދެއްވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.

          ވީމާ، މިސްކިތްތައް މަރާމާތުކުރުމާއި، އާބާތުރަ ފިލުވައި ޒީނަތްތެރިކުރުމުގެ މަސައްކަތް، ދަރުމައަށް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2025 ޖަނަވަރީ 12 ވާ އާދީއްތަ ދުވަހުގެ ކުރިން މީދޫ އަވަށު އޮފީހަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

 

24 ޖުމާދަލްއާޚިރާ 1446

25 ޑިސެމްބަރ 2024

25 ޑިސެންބަރު 2024