ދިވެހިރާއްޖެ
އާމިނާދިޔޯ ސިއްހީމަރުކަޒު (ހއ އިހަވަންދޫ ސިއްހީމަރުކަޒު)ގެ ބަލިމީހުން އަދި އާންމުން ބޭނުންކުރާ ފާހާނާތައް އަމިއްލަ ތަކެތީގައި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގަޑިއަށް ބީލަމުގައި ރަޖިސްޓްރީ ކުރެއްވުމަށްފަހު، 31 ޑިސެމްބަރ 2024 ވާ އަންގާރަ ދުވަހުގެ 11:00 އަށް އާމިނާދިޔޯ ސިއްހީމަރުކަޒުގެ އޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ
ރަޖިސްޓްރީވުން: 29 ޑިސެމްބަރ 2024 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން އިއުލާންގައިވާ ގޫގަލް ފޯމް މެދުވެރިކޮށް ރަޖިސްޓްރީވުމަށް.
ބިޑް ހުޅުވުން: 31 ޑިސެމްބަރ 2024 ވާ އަންގާރަ ދުވަހުގެ 11:00 ގައި
އަދި ދަންނަވަމެވެ. ގޫގަލް ފޯމް މެދުވެރިކޮށް ބީލަން ރަޖިސްޓްރީ ނުވާ ފަރާތްތަކުން ހުށައަޅާ އަންދާސީ ހިސާބާއި، ގަޑިޖެހިގެން ހުށައަޅާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އަދި މި އިޢުލާނާއެކު ގޫގަލް ފޯމް ލިންކު އަދި މަޢުލޫމާތު ޝީޓް އެޓޭޗް ކުރެވިފައިވާނެއެވެ.
ގޫގުލް ފޯމް: