ދިވެހިރާއްޖެ
1446 ވަނަ އަހަރުގެ ރަމަޟާންމަހު ކޮނޑޭ މަސްޖިދުއް ނަޖާޙްގައި ޙިފްޡުކޮށް ތަރާވީޙް ނަމާދު ކުރުމަށް ރާއްޖެއިން ބޭރުން ޤުރުއާން ހިތުދަސް ޙާފިޡަކު ގެނައުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މި ޚިދުމަތް ފޯރުކޮށް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 31 ޑިސެމްބަރ 2024 ވަނަ ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް އިމެއިލް ކުރައްވައި ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
- މަސައްކަތުގެ ތަފްޞީލާއި، އަގު ބަޔާން ކޮށްފައިވާ ކޯޓޭޝަން.
- ވިޔަފާރީގެ ޕްރޮފައިލް ޝީޓް (މިނިސްޓްރީ އޮފް އެކޮނޮމިކުން ދޫކޮށްފައިވާ).
- ވެރިފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ / ކުންފުންޏެއް ނަމަ ރަޖިސްޓްރީ ކޮޕީ.
- ތަޖުރިބާ ލިޔުންތައް.
ކޯޓޭޝަން އެވެލިއުޓް ކުރުމުގެ މިންގަނޑު:
އަގަށް |
90 އިންސައްތަ |
ތަޖުރިބާއަށް |
10 އިންސައްތަ (ލިޔުން ހުށަހަޅާފައިވާ ނަމަ ކޮންމެ ލިޔުމަކަށް 2 މާކްސްގެ މަގުން ގިނަވެގެން 5 ލިޔުމަށް) |
ކުރަންޖެހޭ މަސައްކަތްތައް:
- ހާފިޘް ގެނައުމަށް ބޭނުންވާ އެންމެހައި ހުއްދަ ހޯދުން.
- ހާފިޘް ރާއްޖެ ގެނައުމަށް ބޭނުންވާ ވިސާ ހަމަޖެއްސުން.
- ޙާފިޘު ރާއްޖެއަށް ގެނައުމާއި، އަނބުރާ ފޮނުވާލުމުގެ ދަތުރު ފަތުރު ހަމަޖެއްސުން.
- ހާފިޘް މާލޭގައި މަޑު ކުރަން ޖެހިއްޖެނަމަ އެ ދުވަސްތަކަށް ހުރުމާއި ކެއުން ހަމަޖެއްސުން.
- ހާފިޘަށް ދޭންޖެހޭ އެލަވަންސް އެފަރާތަށް ދިނުން.
- ހާފިޘް މާލެއިން ކޮނޑޭއަށް އަދި ކޮނޑޭއިން މާލެއަށް ގެންދިއުމުގެ ދަތުރު ފަތުރު ހަމަޖެއްސުން.
- ހާފިޘް އިންޝުއަރެންސް ކުރަންޖެހޭނަމަ އިންޝުއަރކުރުން.
- ރާއްޖޭގައި ހޭދަ ކުރާ ދުވަސްތަކުގައި ހާފިޘްގެ ބޭސް ފަރުވާގެ ކަންކަން ހަމަޖެއްސުން.
- ހާފިޘަށް މޯބައިލް ސިމް ކާޑެއް ދިނުމާއި، ފޯނާއި، އިންޓަނެޓްގެ އިންތިޒާމް ހަމަޖެއްސުން.
މިއިންތިޒާމްތައް ހަމަޖެއްސުމުގައި، ޢަމަލުކުރަން ވާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ޢާއްމުކުރައްވާފައިވާ ނަންބަރު: (IUL)142-B1/142/2024/200 (11 ޑިސެންބަރު 2024) އިޢުލާނާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ.
މަސައްކަތް ޙަވާލު ކުރުމުގައި އިސްކަން ދެވޭނެ ދާއިރާތަކާއި އިންސައްތަ:
އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރި |
15% |
ރަށަށް ނިސްބަތްވާ ފަރާތްތައް |
10% |
އަތޮޅަށް ނިސްބަތްވާ ފަރާތްތައް |
5% |
މިކަމާއިގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ މިއިދާރާގެ ނަންބަރު: 6820019 އަށް ނުވަތަ 9662499 އަށް ގުޅުއްވުން އެދެމެވެ.