މަސައްކަތް
ނަންބަރު: (IUL)438-PRCU/1/2015/85
ޕަބްލިޝްކުރި ތާރީޚް: 16 ޖުލައި 2015
ޕަބްލިޝްކުރި ގަޑި: 17:26
ސުންގަޑި: 29 ޖުލައި 2015 11:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
3އާރް ފޯރަމްގައި ބައިވެރިވާ ފަރާތްތަކަށް ކޭޓަރިންގ، ޑިނަރ އަދި ބައްދަލުވުން ހިނގަމުންދާއިރު ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށް ކޮފީއާއި ބޯފެނުގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

"3އާރް" ފޯރަމުގައި  ބައިވެރިވާ ފަރާތްތަކަށް ކޭޓަރިންގ، ޑިނަރ އަދި ބައްދަލުވުން ހިނގަމުންދާއިރު ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށް ކޮފީ އާއި ބޯފެނުގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން 16 އޮގަސްޓު 2015 އިން 19 އޮގަސްޓު 2015 އަށް މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ "3 އާރް" ފޯރަމުގައި ބައިވެރިވާ ފަރާތްތަކަށް ކޭޓަރިންގ، ޑިނަރ އަދި ބައްދަލުވުން ހިނގަމުންދާއިރު ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށް ކޮފީ އާއި ބޯފެނުގެ ޚިދުމަތް މި އިއުލާނުގައިވާ މަޢުލޫމާތާއި އެއްގޮތަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މި އިޢުލާނުގައިވާ މަޢުލޫމާތާއި އެއްގޮތަށް މި ޚިދުމަތް ފޯރުކޮށް ދިނުމަށް ބޭނުންފުޅުވާ ފަރާތްތަކުން 29 ޖުލައި 2015 ވާ  ބުދަ ދުވަހުގެ 11.00 އަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުންވުން އެދެމެވެ. މިގޮތުން ހުށަހަޅާ ބިޑުތައް ހުޅުވާނީ ބިޑު ހުށައެޅުއްވި ފަރާތްތަކުގެ ހާޒިރުގައެވެ.

މި ބައްދަލުވުމަށް ބޭނުންވާ ކޭޓަރިންގގެ ޚިދުމަތް ފޯރުކޮށް ދެއްވަންޖެހޭ ގޮތްތަކާއި ވަގުތު އަދި ޚިދުމަތުގެ ކޮލެޓީއާއި އެހެނިހެން ކަންކަން ހަމަޖެހިފައި ހުންނަން ޖެހޭގޮތް ތިރީގައި ދެންނެވިފައި މިވަނީއެވެ.

16 އޮގަސްޓު 2015

ގަޑި

މީހުންގެ އަދަދު

ތަފުސީލު

12:00

400

400 މީހުންގެ މެންދުރު ކެއުން. (މިކެއުމުގައި ބީފް، ޗިކަން، ޓޫނާ އަދި ވެޖިޓޭރިއަން ފަރިއްކުޅުއްވާ ފަރާތްތަކަށް ކެވޭނެ ގޮތަށް ހުންނަން ވާނެއެވެ. އަދި މީގެ އިތުރުން ރައިސް، ނޫޑްލްސް ނުވަތަ ޕާސްތާ، ސެލަޑް، ޑެޒަރޓް، ފްރުޓްސް، ސައި/ކޮފީ އަދި ސޮފްޓް ޑްރިންކްސް ހުންނަންވާނެއެވެ. )

16:00

100

100 މީހުންގެ ހަވީރު ސައި/ކޮފީ (މި ސައިގައި ތިން ވައްތަރުގެ ސޭންޑްވިޗް، ކުކީސް އަދި ކޭކެއް ހިމަނަންވާނެއެވެ.)

17 އޮގަސްޓު 2015

ގަޑި

މީހުންގެ އަދަދު

ތަފުސީލު

10:00

450

450 މީހުންގެ ކޮފީ ބްރޭކް  (މިބްރޭކްގައި ތިން ވައްތަރުގެ ސޭންޑްވިޗް، ކުކީސް އަދި ކޭކެއް ހިމަނަންވާނެއެވެ.)

12:00

400

400 މީހުންގެ މެންދުރު ކެއުން (މިކެއުމުގައި ބީފް، ޗިކަން، ޓޫނާ އަދި ވެޖިޓޭރިއަން ފަރިއްކުޅުއްވާ ފަރާތްތަކަށް ކެވޭނެ ގޮތަށް ހުންނަން ވާނެއެވެ. އަދި މީގެ އިތުރުން ރައިސް، ނޫޑްލްސް ނުވަތަ ޕާސްތާ، ސެލަޑް، ޑެޒަރޓް، ފްރުޓްސް، ސައި/ކޮފީ އަދި ސޮފްޓް ޑްރިންކްސް ހުންނަންވާނެއެވެ. )

16:00

400

400 މީހުންގެ ހަވީރު ސައި/ކޮފީ ( 6 ވައްތަރެއްގެ ދިވެހި ކުޅި ހެދިކާއާއި 3 ވައްތަރުގެ ފޮނި ހެދިކާ ހުންނަންވާނެއެވެ. މީގެ އިތުރުން ވެޖިޓޭރިއަން ގެ ވައްތަރެއްވެސް  ހުންނަންވާނެއެވެ.

18 އޮގަސްޓު 2015

ގަޑި

މީހުންގެ އަދަދު

ތަފުސީލު

10:00

450

450 މީހުންގެ ކޮފީ ބްރޭކް  ( މިބްރޭކްގައި ތިން ވައްތަރުގެ ސޭންޑްވިޗް، ކުކީސް އަދި ކޭކެއް ހިމަނަންވާނެއެވެ.)

12:00

400

400 މީހުންގެ މެންދުރު ކެއުން (މިކެއުމުގައި ބީފް، ޗިކަން، ޓޫނާ އަދި ވެޖިޓޭރިއަން ފަރިއްކުޅުއްވާ ފަރާތްތަކަށް ކެވޭނެ ގޮތަށް ހުންނަން ވާނެއެވެ. އަދި މީގެ އިތުރުން ރައިސް، ނޫޑްލްސް ނުވަތަ ޕާސްތާ، ސެލަޑް، ޑެޒަރޓް، ފްރުޓްސް، ސައި/ކޮފީ އަދި ސޮފްޓް ޑްރިންކްސް ހުންނަންވާނެއެވެ. )

16:00

400

400 މީހުންގެ ހަވީރު ސައި ( 6 ވައްތަރެއްގެ ދިވެހި ކުޅި ހެދިކާއާއި 3 ވައްތަރުގެ ފޮނި ހެދިކާ ހުންނަންވާނެއެވެ. މީގެ އިތުރުން ވެޖިޓޭރިއަން ގެ ވައްތަރެއްވެސް ހުންނަންވާނެއެވެ.

19 އޮގަސްޓު 2015

ގަޑި

މީހުންގެ އަދަދު

ތަފުސީލު

10:00

450

450 މީހުންގެ ކޮފީ ބްރޭކް  (މި ބްރޭކްގައި ތިން ވައްތަރުގެ ސޭންޑްވިޗް، ކުކީސް އަދި ކޭކެއް ހިމަނަންވާނެއެވެ.)

12:00

400

400 މީހުންގެ މެންދުރު ކެއުން (މިކެއުމުގައި ބީފް، ޗިކަން، ޓޫނާ އަދި ވެޖިޓޭރިއަން ފަރިއްކުޅުއްވާ ފަރާތްތަކަށް ކެވޭނެ ގޮތަށް ހުންނަން ވާނެއެވެ. އަދި މީގެ އިތުރުން ރައިސް، ނޫޑްލްސް ނުވަތަ ޕާސްތާ، ސެލަޑް، ޑެޒަރޓް، ފްރުޓްސް، ސައި/ކޮފީ އަދި ސޮފްޓް ޑްރިންކްސް ހުންނަންވާނެއެވެ.)

16:00

400

400 މީހުންގެ ހަވީރު ސައި (6 ވައްތަރެއްގެ ދިވެހި ކުޅި ހެދިކާއާއި 3 ވައްތަރުގެ ފޮނި ހެދިކާ ހުންނަންވާނެއެވެ. މީގެ އިތުރުން ވެޖިޓޭރިއަން ގެ ވައްތަރެއްވެސް ހުންނަންވާނެއެވެ.

މިފޯރަމް ހިނގަމުންދާ ހުރިހާ ވަގުތެއްގައިވެސް ފޯރަމްގެ ތެރޭގައި 400 މީހުންނަން ކޭޓަރ ކުރެވޭ ފެންވަރުގެ  ކޮފީ/ ސައި ސްޓޭންޑަކާއި، ފެނާއި، ދުފާ އެއްޗެހީގެ އިތުރުން މައުތު ފްރެޝްނަރ ލިބެން ހުންނަންވާނެއެވެ.

* މިފޯރަމްގައި ފެންފުޅި ބޭނުމެއް ނުކުރެވޭނެއެވެ. އެހެންކަމުން ފޯރަމް ހިނގަމުންދާއިރު ހުރިހާ މޭޒެއްގައިވެސް ޖަގަށް ފެން އަޅާފައި ބިއްލޫރިތަށްޓާއެކު ހުންނަންވާނެއެވެ.  މިގޮތުން ކޮންމެ 2 މީހަކަށް ބިއްލޫރި ޖަގަކާއި ކޮންމެ މީހަކަށް ބިއްލޫރިތަށްޓެއް ހުންނަންވާނެއެވެ.

* ކޭޓަރ ކޮށްދޭ ފަރާތުން ކޭޓަރިންގއާ ގުޅުންހުރި އެންމެހައި މަސައްކަތް ކޮށްދެއްވަނަ ވާނެއެވެ.

* ރަސްމިއްޔާތު ހިނގަމުންދާ ވަގުތުތަކުގައި ކޭޓަރ ކޮށްދޭ ފަރާތުގެ 4 މުވައްޒަފަކު ( ވޭޓަރުން) އަބަދުވެސް ޑިއުޓީ އުސޫލުން ރަސްމިއްޔާތު ހިނގަމުންދާ ތަނުގައި ތިބެންވާނެއެވެ.

* ވޭޓަރުންގޮތުގައި ތިބޭ މީހުންނަކީ ކޭޓަރ ކޮށްދޭ ފަރާތުގެ ބައެއްކަން ދޭހަކޮށްދޭ ޔުނީފޯރމުގައި ތިބޭ ބައެއް ކަމުގައި ވާންވާނެއެވެ.

* އާންމު ކޭޓަރިންގއާއި ޑިނާރގެ ޑެކެރޭޝަން ތަފާތު ވާންވާނެއެވެ.

އަގު ހުށަހަޅުއްވާއިރު ފުރިހަމަ ކުރަން ޖެހޭ ކަންތައްތައް

  • އަގު (އަންދާސީހިސާބު) / އަގު ހުށަހަޅުއްވަން ވާނީ މަސައްކަތުގެ އަގާއި ޖީ.އެސް.ޓީގެ އަގު ވަކިން އެނގޭ ގޮތަށް.
  • އަގު ހުށަހަޅުއްވާއިރު އަގު ހުށަހަޅުއްވާނީ ތިރީގައި އެވާގޮތުގެ މަތިން 3 މަސައްކަތުގެ އަގު ވަކިން އެނގޭގޮތަށެވެ.

(1) 16،17،18،19 މިދުވަސްތަކުގެ ފަރިއްކޮޅާއި ސައި ވަކިން

(2) ޑިނަރ ވަކިން

(3) ރަސްމިއްޔާތު ހިނގަމުންދާއިރު ފެން، ކޮފީ، މައުތު ފްރެޝްނަރ، ޓިސޫ، ދުފުން، ވަކިން

  • ޖީއެސްޓީއަށް ރަޖިސްޓަރީ ކުރެވިފައިވާ ކަމުގެ ލިޔުން ނުވަތަ ސެޓްފިކެޓްގެ ކޮޕީ.
  • އަމިއްލަ ފަރާތެއްނަމަ އައިޑީ ކާޑުގެ ކޮޕީ / ކުންފުންނެއްނަމަ ރަޖިސްޓަރީގެ ކޮޕީ.
  • ކުންފުންޏެއްނަމަ ކުންފުނީގެ ޕްރޮފައިލް / އަމިއްލަ ފަރާތެއްނަމަ އެފަރާތެއްގެ ތަޖުރިބާ.
  • މި މަސައްކަތުގައި ލިބިފައިވާ ތަޖުރިބާ (މަސައްކަތުގެ ތަޖުރިބާގެ ގޮތުގައި ބެލެވޭނީ 2011 ގެ ޖަނަވަރީން 2015 ގެ މި ދުވަހާއި ހަމައަށް ކުރައްވާފައިވާ މި ބާވަތުގެ މަސައްކަތްތަކާ ގުޅޭ ގޮތުން މަސައްކަތް ހަވާލު ކުރި ފަރާތުން ދީފައިވާ މަސައްކަތް ނިންމި ކަމުގެ ލިއުމަށެވެ.
  • އަގު ހުށަހަޅުއްވާއިރު މަތީގައި ދެންނެވިފައިވާ އެއްވެސް ލިއުމެއް މަދުނަމަ އެޕްރޮޕޯސަލެއް ބާޠިލު ކުރެވޭނެއެވެ.

މި ޕްރޮޖެކްޓަށް ހުށަހެޅޭ، ޓެކްނިކަލް ގޮތުން ގަބޫލުކުރެވޭ ޕްރޮޕޯސަލްތައް އިވެލުއޭޓު ކުރެވޭ ގޮތުގެ ތަފުސީލު

  •  އަގަށް:  60 ޕޮއިންޓު   

ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު 

  •  އެންމެރަނގަޅު ހުށަހެޅުމަކަށް : 30 ޕޮއިންޓު
  • ތަޖުރިބާ: 20 ޕޮއިންޓް

ދާއިރާއާ ގުޅޭ ގޮތުން ފާއިތުވެފައިވާ 3 އަހަރުގެ ތެރޭގައި މިބާވަތުގެ މަސައްކަތްތަކާއި ގުޅޭގޮތުން ކުރެއްވި މަސައްކަތްތަކާ ގުޅިގެން ހުށަހަޅާފައިވާ ލިޔުންތަކަށް ބަލާފައި       

  • މަސައްކަތް ޙަވާލު ކުރުމުގައި ޓެކްނިކަލްއިން ފާސްވުމަށްފަހު ފައިނޭންޝިއަލް އިވެލުއޭޝަނަށް ބަލައި އެންމެ މަތީ މާރކްސް ލިބޭ ފަރާތަކަށް ބިޑް އެވޯޑް ކުރެވޭނެއެވެ.
  • ބިޑް ހުޅުވުމަށް ހަމަޖެހިފައިވަނީ 29 ޖުލައި 2015 ދުވަހު ހެނދުނު 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ 1 ވަނަ ފަންގިފިލާ މީޓިންގ ރޫމުގައެވެ. މި ދުވަސް ބަންދު ދުވަހަކަށް ވެއްޖެނަމަ ދެން ބިޑު ހުޅެވުން އޮންނާނީ 2 އޮގަސްޓު 2015 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ 1 ވަނަ ފަންގިފިލާ މީޓިންގ ރޫމުގައެވެ.
  • މިވަގުތުގެ ފަހުން ހުށަހެޅޭ ބީލަންތައް ބަލައިނުގަނެވޭނެއެވެ. ބީލަން ހުޅުވާނީ މަތީގައި ދެންނެވުނު ގަޑީގައި ތިރީގައިވާ އެޑްރެހަށް ވަޑައިގަންނަވާ ބީލަން ހުށަހަޅުއްވާ ފަރާތްތަކުގެ މަންދޫބުންގެ ހާޒިރުގައެވެ.
  • ބީލަން ކާމިޔާބުކުރާ ފަރާތެއް ހޮވުމުގައި ބަލާނީ، އިޢުލާނުގައި ދެވިފައިވާ  މަޢުލޫމާތުގެ މިންގަނޑުތަކަށެވެ.
  • އިތުރު މަޢުލޫމާތު ހޯއްދެވުމަށް 9916869/7787783 އަށް ގުޅުއްވުން އެދެމެވެ.

ޕްރޮކިއުމަންޓް ޔުނިޓް
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން، މާލެ، 20392، ދިވެހިރާއްޖެ

ފޯނު: 3018300 960+ ، ފެކްސް: 3018301 960+

އީމެއިލް: [email protected]

ވެބްސައިޓް: www.environment.gov.mv

16 ޖުލައި 2015

16 ޖުލައި 2015