ދިވެހިރާއްޖެ
މިސްކޫލްގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ތައްޔާރުކޮށްދިނުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
ވީމާ، މި ބީލަމުގައި ބައިވެރިވާން ޝަވްޤުވެރިވާ ފަރާތްތަކުން 24 ޑިސެމްބަރ 2024 އިން ފެށިގެން 29 ޑިސެމްބަރ 2024 އަށް ރަސްމީ ބަންދު ނޫން ކޮންމެ ވަގުތެއްގައި ބީލަމުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލަމެވެ.
- ރަޖިސްޓްރީ ކުރެއްވުމަށް: ކުންފުނި/ ފަރާތުގެ ނަން، ވިޔަފާރި ރަޖިސްޓްރޭޝަން ނަންބަރ، ގުޅޭނެ ފަރާތުގެ ނަމާއި ކޮންޓެކްޓް ނަންބަރު ހިމަނުއްވައި [email protected] އެޑްރެހަށް މެއިލް ކުރެއްވުމުން ނުވަތަ 7983084 އަށް ގުޅުއްވައިގެން ނުވަތަ ސްކޫލަށް ވަޑައިގެންވެސް ރަޖިސްޓަރީ ކުރެވޭނެއެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް އެކަންޏެވެ.
މި ބީލަމާއި ގުޅިގެން އެއްވެސް ސުވާލެއްވާނަމަ 30 ޑިސެމްބަރ 2024 ވަނަ ދުވަހުގެ ކުރިން މިސްކޫލަށް މެއިލްކުރެއްވުން އެދެމެވެ.
| # | ތަފްސީލް | ތާރީޚް | ގަޑި | 
| 1 | ބީލަމުގައި ރަޖިސްޓްރީވުން | 24 ޑިސެމްބަރ 2024 އިން ފެށިގެން 29 ޑިސެމްބަރ 2024 | ހެނދުނު 8:00 އިން 14:00 އަށް | 
| 2 | ބީލަން ހުށަހެޅުން | 31 ޑިސެމްބަރ 2024 (އަންގާރަ) | ހެނދުނު 10:30 | 
24 ޑިސެމްބަރ 2024