ކުއްޔަށް ހިފުން
ނަންބަރު: (IUL)409/409/2024/94
ޕަބްލިޝްކުރި ތާރީޚް: 24 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 09:57
ސުންގަޑި: 31 ޑިސެންބަރު 2024 10:00
ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގެއެއް ކުއްޔަށް ހިފުމާ ގުޅޭ

            މި އިދާރާގެ ބިދޭސީ މުވައްޒަފުން ތިބުމަށްޓަކައި 3 ކޮޓަރި އަދި ބަދިގެ ހިމެނޭގޮތަށް މީހުން ދިރިނޫޅޭ ހުސްކޮށް ހުރި ގެއެއް 3 އަހަރު ދުވަހަށް ކުއްޔަށް ހިފަން ބޭނުންވެއްޖެއެވެ.

          ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން  31ޑިސެމްބަރ 2024 ވާ އަންގާރަ ދުވަހުގެ 10:00 އަށް ކައުންސިލް އިދާރާއަށް ވަޑައިގެން، އަންދާސީ ހިސާބު ހުށަހަޅާ ފޯމް ހުށަހެޅުމަށް ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅާ ފޯމް އިއުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި އިދާރާގެ ކައުންޓަރުންވެސް ލިބިވަޑައިގަންނަވާނެއެވެ. އަދި މި ކަމާ ގުޅިގެން އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، ރަސްމީ ގަޑީގައި، 4000012 ނަންބަރަށް ގުޅުއްވައިގެން މައުލޫމާތު ސާފުކުރެއްވުން އެދެމެވެ. މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ހުށަހަޅާ ފޯމް ، އަދި ހުށަހެޅުއްވުމަށް ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކުގެ ފޯރމް ބަލައިނުގަނެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

          މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

                 22  ޖުމާދަލްޢާޚިރު   1446

24 ޑިސެންބަރު 2024