ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)PSM-HR/PSM/2024/453
ޕަބްލިޝްކުރި ތާރީޚް: 23 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 11:55
ސުންގަޑި: 31 ޑިސެންބަރު 2024 12:00
ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
އެސިސްޓެންޓް ޕްރެޒެންޓަރ ޕްރޮޑިއުސަރ

މަޤާމް :އެސިސްޓެންޓް ޕްރެޒެންޓަރ ޕްރޮޑިއުސަރ
ބޭނުންވާ އަދަދު :1

މަޤާމް

އެސިސްޓެންޓް ޕްރެޒެންޓަރ ޕްރޮޑިއުސަރ

މަޤާމުގެ ރޭންކް

L9–F1 (P)

ބޭނުންވާ ޢަދަދު:

01

ވަޒީފާ އަދާ ކުރަންޖެހޭ ތަން

ޕަބްލިކް ސަރވިސް މީޑިއާ، މާލެ

ޑިޕާޓްމަންޓް

ރޭޑިއޯ ޕްރޮޑަކްޝަން

ވަޒީފާގެ ބާވަތް

01 އަހަރު ދުވަހުގެ ކޮންޓްރެކްޓް (މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު އެއްބަސްވުން އާ ކުރެވޭނެއެވެ. 2 އަހަރު ދުވަހުގެ ކޮންޓްރެކްޓް ފުރިހަމަކުރުމުން ދާއިމީ ކުރެވޭނެއެވެ.)

ރަސްމީ މަސައްކަތު ގަޑި

ޝިފްޓް ޑިއުޓީ

އަސާސީ މުސާރަ

-/7,000 ރުފިޔާ

ސަރވިސް އެލަވަންސް

-/3,500 ރުފިޔާ

އެހެނިހެން އެލަވަންސްތައް:

  • އެޓެންޑެންސް އެކްސެލެންސް އެލަވަންސް: ވަޒީފާއަށް ނިކުންނަ ދުވަހަކަށް 35 ރުފިޔާގެ ރޭޓުން ފައިސާ ދެވޭނެއެވެ.
  • ޓެކްނިކަލްކޯ އެލަވަންސް: ވަޒީފާ އަދާކުރަންޖެހޭ ދާއިރާއާގުޅޭ ރޮނގުން ދިވެހިރާއްޖޭގެ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށް ހުށަހަޅާ ފަރާތްތަކަށް، އަސާސީ މުސާރައިގެ %20 އެލަވަންސް ހަމަޖެހޭނެއެވެ.

(ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭނަމަ، ކަނޑައެޅިފައިވާ އުސޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައިކުންފުނީގެ ސިޔާސަތުތަކާއި، ޤާނޫނާއި ގަވާއިދުގެ މަތިން ފައިސާ ލިބޭނެއެވެ).

  • ޝިފްޓް އެލަވަންސް.: ޝިފްޓް އުސޫލުން މަސައްކަތްކުރަންޖެހޭނަމަ، އެޝިފްޓަކަށް ފައިސާ ދެވޭނެއެވެ.
  • އެކްސްޓްރާ ޑޭ އެލަވަންސް: ޤާނޫނުގެ ބަޔާންކޮށްފައިވާ ބަންދު ދުވަސްތަކުގައި، ވަޒީފާއަށް ނިކުންނަންޖެހޭ ނަމަ ކަނޑައެޅިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.
  • ޓްރާންސްޕޯޓް އެލަވަންސް: ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލުން އެލަވަންސް ހަމަޖެހޭނެއެވެ.
  • ޕެންޝަން ސްކީމް: ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  • މީގެ އިތުރުންވެސް އިތުރުގަޑީގެ އެލަވަންސާއި ކޮމިއުނިކޭޝަން އެލަވަންސް، ކަނޑައެޅިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.

މަޤާމުގެ ޝަރުތު:

  • ސާނަވީ އިމްތިޙާނުން ދަށްވެގެން 2 މާއްދާއިން "ޑީ" ގްރޭޑް ލިބިފައިވުން، ނުވަތަ
  • މަސައްކަތާ ގުޅޭ ދާއިރާއަކުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން،

ވަޒީފާ އަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

މިމަގާމަށް ކުރިމަތިލާ ފަރާތެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކޮލިފިކޭޝަނާއި ހުނަރުގެ އިތުރުން، ކުރިން މިފަދަ މަސައްކަތެއްގައި އުޅެ ތަޖްރިބާ ލިބިލައްވާފައިވާ ފަރާތެއްނަމަ، އެފަރާތަކަށް އިސްކަންދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • އުފައްދަންޖެހޭ ޕްރޮގްރާމްތަކުގެ ޕްރޮޕޯސަލް ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ހުށަހަޅާ ފާސްކޮށް، ޕްރޮގްރާމް އުފެއްދުން.
  • ޕްރޮގްރާމް ޕްރެޒެންޓް ކުރުން އަދި ޕްރޮގްރްމްތަކާއި ސްޕޮޓް، އިޝްތިހާރު، ރިޕޯރޓް، ޑްރާމާފަދަ ކޮންޓެންޓްތަކަށް އަޑުއަޅައިދިނުން.
  • އުފައްދާ ޕްރޮގްރާމްތަކުގެ ކޮންޓެންޓް ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ތައްޔާރުކުރުން އަދި ޕްރޮގްރާމް އުފެއްދުމުގެ ކުރިން ކޮންޓެންޓް ސްޕަވައިޒަރަށް ދައްކާ ޕްރޮގްރާމް އުފެއްދުމުގެ އެޕްރޫވަލް ހޯދުން. އަދި ކޮންޓެންޓަށް ބަދަލެއް ގެންނަން ޖެހިއްޖެ ހާލަތެއްގައި ސްޕަވައިޒަރުގެ މަޝްވަރާ ހޯދުމަށްފަހު، އެޕްރޫވަލްއާއެކު ބަދަލު ގެނައުން.
  • ޚަބަރު ކިޔުމާއި ކޮންޓިނިއުޓީ ގަޑިފުރުން.
  • ކޮންޓިނިއުޓީ ގަޑި ފުރަން ހަވާލުކުރެވޭ ހާލަތްތަކުގައި ކޮންޓިނިއުޓީ އެނައުންސަރަކު އަދާކުރަންޖެހޭ ހުރިހާ މަސްއޫލިއްޔަތެއް އަދާކުރުން.
  • ޕީއެސްއެމްގެ ރޭޑިއޯ ޗެނަލްތަކުން ވަގުތުން ދުރަށް ފޮނުވާ ރަސްމިއްޔާތުތަކާއި ޙަފްލާތަކުގެ ރަނިންގ ކޮމެންޓްރީ ދިނުން.
  • ޕީއެސްއޭ، އިޝްތިހާރު އުފެއްދުން.
  • ކަނޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތަށް އުފައްދާ ޕްރޮގްރާމްތަކުގައި ނިއު މީޑިއާ ބޭނުންކުރުމާއި، ޕްރޮގްރާމްތައް އިޝްތިހާރު ކުރުމަށް ނިއު މީޑިއާގެ ޕްލެޓްފޯމްތައް ބޭނުންކުރުން. އަދި އުފައްދާ ޕްރޮގްރާމްތައް ކަނޑައެޅިފައިވާ އުސޫލުތަކާއެއްގޮތަށް ނިއު މީޑިއާ ޕްލެޓްފޯމުތަކުގައި ބޭނުން ކުރުން.
  • އުފައްދާ ޕްރޮގްރާމްތަކުގެ ޕްރޮމޯ (ޓްރޭލާ) ތައްޔާރުކޮށް ޕްރޮމޯ އޮންއެއަރ ކުރުން.
  • އުފައްދާ ޕްރޮގްރާމްތަކުގެ ރެކޯޑް ބެލެހެއްޓުން.
  • އޮންއެއަރ ޝެޑިއުލް ހެދުމަށް ބޭނުންވާ މަޢުލޫމާތު އޮންއެއަރ ޝެޑިއުލްއަށް ދިނުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  • އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛
  • އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ
  • ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ އެޓެސްޓް ކުރެވިފައިވާ ލިޔުމުގެ ކޮޕީ
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ޕޮލިސް ރިޕޯޓް (4 މަސް ނުވާ)

ޝޯޓްލިސްޓް ކުރުމާއި އިންޓަވިއު ކުރުން:

  • މަޤާމުގެ ޝަރުތުތަކާ އެއްގޮތަށް، ތަޢުލީމާއި ތަޖުރިބާއަށް (ހުށަހަޅާފައިވާ ލިޔެކިއުންތައް) ބަލާ ޝަރުތު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓްކޮށް، އެފަރާތްތަކަށް އިންޓަވިއުއަށް ދަޢުވަތު ދެވޭނެއެވެ.
  • މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލާ (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައިވެސް ހިމެނިގެން)، އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.

(އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެކަން އިންޓަރވިޔުއަށް ދައުވަތުދޭއިރު އެންގޭނެއެވެ.)

ސުންގަޑި

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 31 ޑިސެންބަރ 2024 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/careersއަށް ލިޔުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ. ނުވަތަ [email protected] އަށް ލިޔުންތައް މެއިލް ކުރެއްވުން އެދެމެވެ.

އިތުރު މަޢްލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000368، 3000207, 3000364 އާއި ގުޅުއްވުން އެދެމެވެ.

23 ޑިސެންބަރު 2024