ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)253/253/2024/96
ޕަބްލިޝްކުރި ތާރީޚް: 23 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 09:46
ސުންގަޑި: 31 ޑިސެންބަރު 2024 00:00
ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނަގުދު ފައިސާ ބަލައިގަތުން ހުއްޓާލުމާއި ބެހޭ

         މިކައުންސިލާއި ސަރުކާރުގެ އެކިއެކި ވުޒާރާތަކާއި އިދާރާތަކުން ދޭ ޚިދުމަތްތަކާއި ގުޅިގެން، ކައުންސިލަށް ދައްކަންޖެހޭ ފައިސާއާއި އެހެނިހެން ތަންތަނަށް ފޮނުވުމަށް ކައުންސިލުން ބަލައިގަންނަ ފައިސާ 31 ޑިސެންބަރ 2024 އިން ފެށިގެން ނަގުދު ފައިސާ އިން ބަލައިގަތުން ހުއްޓާލެވޭނެއެވެ. ދެންނެވިފައިވާ ތާރީހުގެ ފަހުން ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ބޭންކް ޓްރާންސްފަރ މެދުވެރިކޮށެވެ.

         ވީމާ 01 ޖަނަވަރީ 2025 ވަނަ ދުވަހުން ފެށިގެން އިދާރާއަށް ދައްކަންޖެހޭ ފައިސާ ދައްކަވަމުން ގެންދަވާނީ ކަމާ ގުޅުންހުރި އެކައުންޓްތަކަށް ޓްރާންސްފަރ ކޮށްގެން ކަމުގައި ދަންނަވަމެވެ. ފައިސާ ޓްރާންސްފަރ ކުރާއިރު ސްލިޕްކޮޅުގައި ކޮންފަރާތަކުން ދެއްކި ފައިސާއެއްކަމާއި ކޮންބޭނުމަކު ދެއްކި ފައިސާއެއްކަން އެނގޭގޮތަށް މިސާލަކަށް (Ahmed Mohamed, Happy Villa, HA.Maarandhoo, (ID:A000009) Id card idhaaree fee)  މިގޮތަށް ލިޔުއްވުން އެދެމެވެ. ފައިސާ ޖަމާކުރުމަށްފަހު މިއިދާރާގެ ފޯން ނަންބަރަށް 7750029 އަށް ސްލިޕް ވައިބަރ ކޮށްދެއްވުން އެދެމެވެ.

         މިހެންވެ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

23 ޑިސެންބަރު 2024