ދިވެހިރާއްޖެ
GS84/IUL/2024/016
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއްހޯދުމަށް
1 ޖަނަވަރީ 2025 ން 31 ޑިސެމްބަރ 2025 އަށް މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއްހޯދުމަށް ބޭނުންވެއްޖެއެވެ.
މިމަސައްކަތައް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، ޤާނޫނު ނަންބަރ 18/2014 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަންބަރު19/2014 (އަމިއްލަ ފަރުންދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
ބީލަމުގައި ބައިވެރިވާންއެދޭ ފަރާތްތަކުން، 22 ޑިސެމްބަރ 2024 އިން 30 ޑިސެމްބަރ 2024 ވާ ހޯމަ ދުވަހުގެ 14:00 އާއި ހަމައަށް ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 14:00 އަށް މިސްކޫލަށް ވަޑައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 05 ޖެނުއަރީ 2025 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން މިސުކޫލުގެ ނަންބަރ (6500561) އަށް ގުޅައި ސާފުކުރަންވާނެއެވެ. ބިޑް ހުޅުވުން އޮންނާނީ 05 ޖެނުއަރީ 2025 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 13:05 ގައި މޮޅަދޫ ސުކޫލުގައެވެ.
މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
އިތުރު މަޢުލޫމާތު ހޯދުމަށް މިސްކޫލްގެ ނަންބަރ 6500561 އާ ގުޅުންވުން އެދެމެވެ. އީމެއިލް އެޑްރެސް އަކީ [email protected] އެވެ.