ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)P2C/2015/27
ޕަބްލިޝްކުރި ތާރީޚް: 16 ޖުލައި 2015
ޕަބްލިޝްކުރި ގަޑި: 10:30
ސުންގަޑި: 30 ޖުލައި 2015 15:00
ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
އެސިސްޓެންޓް ލީގަލް އޮފިސަރ

އިޢުލާން


ވަޒީފާގެ ފުރުޞަތު:

މި ކޯޓަށް އެސިސްޓެންޓް ލީގަލް އޮފިސަރަކު ހޮވުމަށް ކުރެވުނު މި ކޯޓުގެ ނަންބަރު 04/2015/IUL)P2C) އިޢުލާން ބާޠިލްކުރެވިފައިވާ ވާހަކަ ދަންނަވަމަވެ.

މަޤާމް:  އެސިސްޓެންޓް ލީގަލް އޮފިސަރ

ބޭނުންވާ އަދަދު: 1 (އެކެއް)

ރޭންކް: އެލް. އެސް. 2

ކްލެސިފިކޭޝަން: އެސިސްޓެންޓް ލީގަލް އޮފިސަރ

ވަޒީފާ އަދާކުރަންޖެހޭ ތަން: ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓް

މަޤާމުގެ ޝަރުޠު:

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ޝަރީޢަތާއި ޤާނޫނު ނުވަތަ ޝަރީޢާ ނުވަތަ ޤާނޫނުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

  • މަޤާމުގެ އަސާސީ މުސާރަ:  -/9412 (ނުވަހާސް ހަތަރުސަތޭކަ ބާރަ ރުފިޔާ)
  • ސަރވިސް އެލަވަންސް:  -/3000 (ތިންހާސް ރުފިޔާ)
  • ޖުޑީޝަލް އެލަވަންސް:  އަސާސީ މުސާރައިގެ %50
  • މީގެއިތުރުން، އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

މަޤާމުގެ މައިގަނޑު މަސައްކަތް:

- ކޯޓަށް ހުށަހެޅޭ މައްސަލަތައް ބަލައިގަތުމުގެ ކުރިން މަޢުލޫމާތު ފުރިހަމަވެފައިވޭތޯ ޗެކުކުރުން.

- ކޯޓަށް ހުށަހެޅޭ ވަރި ކައިވެންޏާބެހޭ ފޯމްތަކާއި، އެގްރީމެންޓް ރަޖިސްޓްރީކުރުމަށް ހުށަހެޅޭ ފޯމްތައް ބަލައިގަތުމުގެ ކުރިން މަޢުލޫމާތު ފުރިހަމަވެފައިވޭތޯ ޗެކުކުރުން.

- ކޯޓަށް ހުށަހެޅޭ މައްސަލަތައް، އިސްމެޖިސްޓްރޭޓް ނުވަތަ ކޯޓު ހިންގުމާ ހަވާލުވެހުންނެވި މެޖިސްޓްރޭޓް އަންގަވާގޮތެއްގެމަތިން، ޤަޟިއްޔާ ހުށަހަޅާ ސެކްޝަންތަކާ މައްސަލަ ހަވާލުކުރުން.

- ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ފިޔަވަޅުތައް އެޅުމުގައި މެޖިސްޓްރޭޓުންނަށް އެހީތެރިވެދިނުން.

- އެކިއެކި ކޯޓުތަކުން ބަޔާން ނެގުމަށާއި، މީހުން ހާޒިރުކޮށްދެއްވުމަށް އަންނަ މެސެޖުތަކަށް އަޅަންޖެހޭ ފިޔަވަޅުތައްއެޅުމާއި، މެޖިސްޓްރޭޓް އަންގަވާގޮތެއްގެމަތިން ބަޔާންތައް ނެގުން.

- ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް ޑްރާފްޓްކޮށް ތައްޔާރުކުރުން.

- އެގްރީމެންޓް ރަޖިސްޓްރީކުރުމާބެހޭ އިދާރީ މަސައްކަތް ކުރުން.

- ނިމޭ މައްސަލަތަކުގެ ފައިލްތަކުގައި މައްސަލައާ ގުޅިގެން ހުންނަންޖެހޭ ހުރިހާ ލިޔުންތަކެއް ހަމައަށް ހުރިތޯ ބެލުމާއި، ރިޕޯޓް ތައްޔާރުކޮށް ފައިލަށް ލެވިފައިވޭތޯ ބެލުން.

- ޤާނޫނުތަކަށް އަންނަ ބަދަލުތައް ދިރާސާކޮށް، ޝަރީޢަތްކުރުމާ ބެހޭގޮތުން ހެދިފައިވާ ޤަވާޢިދުތަކަށް ގެންނަން ފެންނަ ބަދަލުތައް ދިރާސާކޮށް، ކަމާބެހޭ ފަރާތްތަކަށް ބޭނުންވާ ރިޕޯޓް ތައްޔާރުކުރުމާއި، ޤާނޫނުތަކާއި ޤަވާޢިދުތަކަށް

ގެނެވޭ އިޞްލާޙުތައް ފަނޑިޔާރުންނަށް ފޯރުކޮށްދިނުމާބެހޭ މަސައްކަތް، ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި މެޖިސްޓްރޭޓުގެ މަޝްވަރާގެމަތިން ކުރުން.

- ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް ފޮނުވަންޖެހޭ ފަރާތްތަކަށް، ކަނޑައެޅިފައިވާ މުއްދަތުގައި ފޮނުވުމާއި، ރިޕޯޓް ހޯދުމަށް އެދޭ ފަރާތްތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ މުއްދަތުގައި ޤަވާޢިދުން ދޫކުރުން.

- ޝަރުޢީ މަސައްކަތްކުރާ ދެސެކްޝަނަށް ބޭނުންވާ ލަފައާއި އިރުޝާދު ދިނުން.

- ޤާނޫނުތަކާއި ގަވާޢިދުތައް އެއްކޮށް ހޯދައި ފަސޭހައިން ފެންނާނޭހެން  ބެހެއްޓުން.

- މިނޫނަސް، ޝަރީޢަތާބެހޭ ސެކްޝަންތަކުގެ މަސައްކަތްތައް މެޖިސްޓްރޭޓް އަންގަވާގޮތެއްގެމަތިން ކުރުން.

ހުށަހަޅަންޖެހޭ ތަކެތި:

  1. ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމް (މި މަޤާމަށް އެދޭ ފަރާތްތަކުން ފުރަންޖެހޭ ވަޒީފާއަށް އެދޭ ފޯމް، މި ކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި www.judiciary.gov.mv ން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)
  2. ކުރިމަތިލާ ފަރާތުގެ ވަނަވަރު
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)
  5. ސެޓްފިކެޓް ލެވެލްގެ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިނުވާ ފަރާތެއްނަމަ، ކޯސް ފުރިހަމަކުރިކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ކޯހުގެ ލެވެލް ބަޔާންކުރައްވައި ދޫކުރައްވާފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)
  6. އަދާކޮށްފައިވާ ވަޒީފާތަކާއި، އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކާއި، މަޤާމުގައިވީ މުއްދަތާއި، އަދާކުރި މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

ކުރިމަތިލުމުގެ މުއްދަތާއި، ކުރިމަތިލާނެ ގޮތް:

މި މަޤާމަށް ކުރިމަތިލެއްވުމަށް އެދިވަޑައިގަންނަވާ ބޭފުޅުން، މަތީގައިވާ ލިޔުންތައް، 2015 ޖުލައި 30 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން މި ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.

29 ރަމަޟާން 1436

16 ޖުލައި 2015