ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)95-A/1/2015/14
ޕަބްލިޝްކުރި ތާރީޚް: 08 ޖުލައި 2015
ޕަބްލިޝްކުރި ގަޑި: 13:56
ސުންގަޑި: 21 ޖުލައި 2015 14:00
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ތިރީގައިމިވާ މަޤާމަށް މީހުން ބޭނުންވެއްޖެ:

މަޤާމް:       

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ސެކްޝަން

ޕްރޮކިއުމެންޓް އެންޑް މެއިންޓެނަންސް

ބޭނުންވާ އަދަދު:

1 (އެކެއް)

ރޭންކް:                

MS 1

މަޤާމުގެ  ޝަރުޠު:

  1. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ޑިޕްލޮމާ ހާސިލުކޮށްފައިވުން. ނުވަތަ؛
  2. މަސައްކަތުގެ  ފެންވަރު  ބެލުމުގެ  ނިޒާމުން  ވަޒީފާގެ  ކުރިއެރުން  ޙައްޤުވާ  މާކުހެއް ލިބެމުންދިޔުމާއެކު، GS 4 ގެ ރޭންކުގައި މަދުވެގެން 3 އަހަރު ދުވަހަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު        

މަސްއޫލިއްޔަތު:

1- މެއިންޓެނެންސް މަސައްކަތް ސުޕަވައިޒްކޮށް ބެލެހެއްޓުން: 

ޢިމާރާތާއި، ވެހިކަލްތަކާއި، ފަރުނީޗަރާއި، މެޝިންތަކުގެ މަރާމާތެއް ހުރިތޯ ދުވަހުން ދުވަހަށް ބަލައި، ކުރަންހުރި މަރާމާތުގެ ލިސްޓް ތައްޔާރުކޮށް، ވެރިއަކު ލައްވާ ސޮއިކުރުވައި، ވެރިއަކު އަންގަވާގޮތެއްގެ މަތިން މިކަން ފުރިހަމަކުރުން.

2- ފަރުނީޗަރާއި ހިފައިގެންގުޅޭ ތަކެތި ފޮޅައި ސާފުކުރުމުގެ މަސައްކަތް ބެލެހެއްޓުން:

ފަރުނީޗަރާއި އިމާރާތާއި، ވެހިކަލްތައް ސާފުކުރާނެ އުސޫލެއް ހަމަޖައްސައި، ސާފުކުރުމުގެ މަސައްކަތް ކުރުވުން.

3- މާލިއްޔަތު ގަވާއިދުގައިވާގޮތަށް އިންވެންޓްރީގެ މަޢުލޫމާތު ފުރިހަމަކުރުން:

ކޮންމެ ތިންމަސްދުވަހެއް ނިމުމުގެ ކުރިން އިންވެންޓްރީ އަޕްޑޭޓްކޮށް އުނިވި ތަކެއްޗާއި އިތުރުވި ތަކެތީގެ ލިސްޓެއް ނަގައި، ވެރިއަކު ލައްވައި ސޮއިކުރުވައި އެކަން ބެލެހެއްޓުން.

4- ނީލަމަށް ތަކެތި ފޮނުވުމާއި، އިންވެންޓްރީން އެތަކެތީގެ ރެކޯޑް ބެލެހެއްޓުން:

ނީލަމަށް ފޮނުވަނެޖެހޭ އެއްޗެއް ހުރިތޯ މަހަކު އެއްފަހަރު ބަލައި، ނީލަމަށް ފޮނުވާ ތަކެތީގެ ލިސްޓް ތައްޔާރުކޮށް، ވެރިއަކު ލައްވައި ސޮއިކުރުވައި، ތަކެތި ނީލަމަށް ފޮނުވައި، އެ ތަކެތީގެ ރިޕޯޓް ބެލެހެއްޓުމާއި، ނީލަމަށް ފޮނުވާ ތަކެތި ވީނުވީގޮތެއް ބަލައި ރިކޯޑް ބެލެހެއްޓުން.

5- ޕެޓީކޭޝް ފައިސާއިން ގަންނަންޖެހޭ ތަކެތީގެ ޑޮކިއުމެންޓްތައް ހަމަކޮށް، ޤަވާއިދުން އެތަކެތި ސެކްޝަނަށް ހޯދުން: މިގޮތުން ހޯދާ ތަކެތީގެ ބިލްތަކާއި، އެންމެހައި ލިޔުންތައް 1 ދުވަހުގެ ތެރޭ ބަޖެޓް ސެކްޝަނާ ހަވާލުކޮށް، ރެކޯޑް ބެލެހެއްޓުން.

6- މެއިންޓަނަންސްގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ލިޔެ ބެލެހެއްޓުން.

7- އޮފީހުގެ ފަރާތުން ބާއްވާ ބައްދަލުވުންތަކާއި ޖަލްސާތައް އިންތިޒާމްކުރުމާއި، އެކަމާ ގުޅިގެން ކުރަންޖެހޭ އިންތިޒާމްތައް ރާވައި ބެލެހެއްޓުން.

8- ސެކްޝަނުގެ މުވައްޒަފަކު ސަލާމްބުނެ ޗުއްޓީ ނަންއިފިނަމަ، އެ މުވައްޒަފެއްގެ މަސައްކަތްތައް ކުރުމުގައި ސެކްޝަނުގެ ވެރިޔާ އަންގަވާގޮތެއްގެމަތިން އެހީތެރިވެދިނުން.

9. މީގެ އިތުރުން ވެސް، ރަސްމީ ގަޑީގައްޔާއި ނުރަސްމީ ގަޑީގައި ދިމާވާ ޚާއްޞަ ކަންކަމާ ގުޅިގެން އޮފީހުގެ މަސައްކަތެއް ހަވާލުކޮށްފިނަމަ،  ވެރިއަކު އަންގަވާގޮތެއްގެމަތިން އެކަމެއް ކުރުން.

މުސާރަ:

-/5610 ރުފިޔާ (ފަސްހާސް ހަސަތޭކަ ދިހަ ރުފިޔާ)

އެލަވަންސްތަކާއި ޢިނާޔަތްތައް: 

- ސަރވިސް އެލަވަންސްގެ ގޮތުގައި މަހަކު -/2000 ރުފިޔާ (ދެހާސް ރުފިޔާ) 

- ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު -/2850 ރުފިޔާ (ދެހާސް އަށްސަތޭކަ ފަންސާސް ރުފިޔާ)

- ހަމަޖެހިފައިވާ އުޞޫލުން ޖުޑިޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %45 

- އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި:

  1. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  2. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓް ކުރެވިފައިވާ ފޮޓޯކޮޕީ (އެޓެސްޓްކޮށް، ތައްގަނޑު ޖަހާފައިވާ އަސްލު)
  3. ސްކޫލް ލީވިންގ ސެޓްފިކެޓުގެ ފޮޓޯކޮޕީ (ސްކޫލް ނިންމުމަށްފަހު ވަޒީފާއާ ގުޅޭނަމަ)
  4. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
  5. ވަޒީފާ އަދާކުރާނަމަ ވަޒީފާގައި އުޅޭކަމުގެ ލިއުން (ވަޒީފާގެ ކްލެސިފިކޭޝަނާއި މުސާރަ އެނގޭގޮތަށް)
  6. ކުރިން އަދާކޮށްފައިވާ ވަޒީފާތައް، އަދާކުރިގޮތުގެ ލިޔުން.
  7. ޝަރުޢީ ދާއިރާގެ މުވައްޒަފެއްނަމަ، ފާއިތުވި އަހަރުގެ މަސައްކަތުގެ ފެންވަރު ފެންވަރުބެލި ފޯމާއި، ހާޒިރީ ރިޕޯޓް.

ޕޮއިންޓް ދެވޭގޮތް:

- ލިބިފައިވާ ތަޢުލީމާއި ތަމްރީން %40

- ލިބިފައިވާ ތަޖުރިބާ % 8

- ލިބިފައިވާ ހުނަރާއި ފެންވަރާއި ސިފަތައް ބެލުމަށް ކުރެވޭ އިންޓަވިއު (ޓެސްޓާއެކު) %40

- މަސައްކަތުގެ ފެންވަރުބެލުން % 7 (މި ބަޔަށް ޕޮއިންޓްދެވޭނީ، ޝަރުޢީ ދާއިރާގައި ވަޒީފާ އަދާކުރާ ފަރާތްތަކަށެވެ.)

- މުވައްޒަފުގެ ހާޒިރީ % 2.5 (މި ބަޔަށް ޕޮއިންޓްދެވޭނީ، ޝަރުޢީ ދާއިރާގައި ވަޒީފާ އަދާކުރާ ފަރާތްތަކަށެވެ.)

- މުވައްޒަފުގެ މަސައްކަތުގެ އުޅުމާއި އަޚްލާޤު % 2.5 (މި ބަޔަށް ޕޮއިންޓްދެވޭނީ، ޝަރުޢީ ދާއިރާގައި ވަޒީފާ އަދާކުރާ ފަރާތްތަކަށެވެ.)

ސުންގަޑި:

21 ޖުލައި 2015 ގެ 14.00

އިންޓަވިއު:

މަތީގައިވާ މަޤާމަށް އިންޓަރވިއު އާއި ޓެސްޓަށް ދަޢުވަތުދެވޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

އިތުރު މަޢުލޫމާތު:

- ވަޒީފާއަށް އެދި ފުރިހަމަކުރަންޖެހޭ ފޯމް، ހައިކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ހައިކޯޓުގެ ވެބްސައިޓުން (www. highcourt.gov.mv ން) މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.

- އިތުރު މަޢުލޫމާތު ހޯދުމަށް 3325029 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

21 ރަމަޟާން 1436

08 ޖުލައި 2015