ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)266-HR/266/2024/266
ޕަބްލިޝްކުރި ތާރީޚް: 22 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 10:24
ސުންގަޑި: 29 ޑިސެންބަރު 2024 14:00
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސަރވެޔަރ

އިޢުލާނު

 

މަޤާމު:

ސަރވެޔަރ

މަޤާމުގެ ނަންބަރު:

J-368868

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް. އެސް. 2

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާ  (ލޭންޑް އެންޑް އިންފްރާސްޓްރަކްޗަރ ޔުނިޓް)

މުސާރަ:

6295 ރުފިޔާ

ސަރވިސް އެލަވަންސް:

2,000 ރުފިޔާ

އެހެނިހެން އެލަވަންސް:

-   ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި މަހަކު 900 ރުފިޔާ ނުވަތަ ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި މުސާރައިގެ 28%

-   ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 (ތިރީސްފަސް އިންސައްތަ)

-   ސިވިލް ސާރވިސް މުއައްޒަފުނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

-   ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

-   ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސްޕައިވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިންކުރުން 

-   ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްޓްރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން 

-   މުނިސިޕަލް ސާރވިސް ސެކްޝަންގެ އެންމެހާ މަސައްކަތްތައް ސުޕަވައިޒަރުގެ ލަފާގެ މަތިން ކުރުން

-   ގޮވެތި ގެދޮރު ބެހުމަށާއި ރަޖިސްޓަރީ ހެދުމަށް ކުރަންޖެހޭ ސާރވޭކުރުމާއި، ސާރވޭ ރިޕޯޓު ތައްޔާރުކުރުން އަދި ސޮފްޓްވެއަރ ބޭނުންކޮށްގެން ބިމާއި ގޮވެތި ގެދޮރުގެ ޗާޓު ކުރެހުން. އަދި ޝަރުޢީ ކޯޓުތަކުގެ އެންގުންތަކާއި އެއްގޮތަށް ގޯތި ގެދޮރުގެ ޗާޓުތަށް ކުރަހާ ފޮނުވުން.

-   އަމިއްލަ އަދި ބަންޑާރަ ބިންބިމުގެ ރަޖިސްޓަރީ ހެދުމާއި، ބަންޑާރަ ގޯތި އަމިއްލަކުރުމާއި، ބިންވިއްކުމާއި، ރަހުނު ކުރުން ފަދަ ކަންކަމާގުޅޭ ގޮތުން ސަރުކާރުގެ އިދާރާތަކަށް ފޮނުވަންޖެހޭ ލިޔެކިޔުން ތައްޔާރުކޮށް ފޮނުވުން.

-   އެއްމެދު ޢިމާރާތުގެ ރަޖިސްޓަރީ ހެދުމާއި ފްލެޓްގެ ރަޖިސްޓަރީ ޗާޓުތައް ކުރެހުމާއި ޗެކްކުރުން

-   ސަރުކާރު އަދި އަމިއްލަ ބޭނުމަށް ދޫކުރެވޭ ކުދި އަދި ބޮޑެތި ބިންތައް ޓޯޓަލް ސްޓޭޝަން، ޖީ.އެން.އެސް.އެސް ބޭނުންކޮށްގެން ސާރވޭކޮށް ޗާޓްކުރެހުން

-   ތަރައްޤީގެ ޕްލޭން އާއި ލޭންޑް ޔޫސް ޕްލޭނަށް ބޭނުންވާ ބިމުގެ ސާރވޭތައްކޮށް ޓެކްނިކަލް ރިޕޯޓް ތައްޔާރުކުރުން

-   އެކިއެކި ފަރާތްތަކަށް ދޫކުރެވޭ ބިންތަކުގެ ޑިވަލޮޕްމަންޓް ކޮންޓްރޯލްސް ތައްޔާރުކުރުން

-   ޢިމާރާތްކުރުމަށާއި އިންފާރާއިގުޅޭ މަސައްކަތްތަކަށް ހުށަހެޅޭ ތަންތަނަށް ގޮސް ފައުންޑޭޝަނާއި ގޯތީގެ އިން އޮލަނބުކޮށް ޗެކްކުރުން އަދި އިމާރާތް ކުރުން ކުރިއަށް ދަނީ އިންޖިނިއަރިންގ އަދި އާރކިޓެކްޗަރަލް ކުރެހުންތަކާ އެއްގޮތަށްކަން ޔަގީން ކުރުން

-   ޢިމާރާތް ކުރުމަށް ހުށަހެޅޭ ކުރެހުންތަށް ޕްލޭނިންގ ޤަވާއިދުތަކާއި އެއްގޮތަށް ޗެކްކޮށް އިންޖިނިއަރިންގ އަދި އާރކިޓެކްޗަރަލް މައްސަލަތަށް ހުރިތޯބެލުން. އަދި ރަށުގައި ކުރެވޭ ޢިމާރާތްކުރުމާ ގުޅޭ މަސައްކަތްތަށް ކުރިއަށްދަނީ ޕްލޭނިންގ ޤަވާއިދުތަކާއި ކައުންސިލުން އެކުލަވާލާފައިވާ އުސޫލްތަކާ އެއްގޮތަށްތޯ ބަލާ މޮނިޓަރކުރުން.

-   ޢިމާރާތް ކުރަމުންދާ ނުވަތަ ޢިމާރާތްކޮށްފައިވާ ތަނަކަށް ގެއްލުމެއްވެއްޖެނަމަ އެ ތަނެއްގެ ސްޓްރަކްޗަރަލް އިންސްޕެކްޝަން ހެދުމަށްފަހު އިންޕެކްޝަން ރިޕޯޓްތައްޔާރު ކުރުން

-   ޢިމާރާތް ކުރުމާއިގުޅޭ އެކިއެކި ހުއްދަތައް ހެދުމާއި، ކުރެހުން ފާސްކުރުން

-   ސުޕަވައިޒަރުގެ ލަފާގެމަތިން، ރަށުގައި ހިންގާ ޕީ.އެސް.އައި.ޕީ (ހާއްސަކޮށް އުމްރާނީ ތަރައްޤީގެ) ޕްރޮޖެކްޓްތަކާ ގުޅިގެން ހުށައަޅާ ލިޔެކިޔުންތައް ދިރާސާކޮށް މަސައްކަތްތައް ކުރިއަށް ދަނީ ޕްރޮޖެކްޓްތަކުގެ ޓެކްނިކަލް ޑްރޯއިންގ (އިންޖިނިއަރިންގ އަދި އާރކިޓެކްޗަރަލް) އަދި ޕްލޭންތަކާ އެއްގޮތަށް ކަން ޔަޤީންކުރުން

-   ޢިމާރާތް ކުރުމާއި ގޮވެތި ގެދޮރާއި ބެހޭގޮތުން ހުށަހެޅޭ ޝަކުވާތަކާ މައްސަލަތައް ބަލައި ސުޕަވައިޒަރުގެ ލަފާގެމަތިން ހައްލުކުރުން

-   އިމާރާތް ކުރުމާއި ބިންތަކާއި ބެހޭ އެކިއެކި ތަފާސްހިސާބުތައް ބެލެހެއްޓުމާއި އެފަދަ މަޢުލޫމާތުތަށް އަދާހަމަކުރުން

-   މުނިސިޕަލް ޚިދުމަތްތައް ފުޅާކުރުމަށް އެކުލަވާލެވޭ ޕްރޮޖެކްޓްތައް ގުޅުންހުރި ސެކްސަންތަކާއެކު ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ ޓެކްނިކަލް މަސައްކަތްތައް ކުރުން

-   ރަށުގެ މުނިސިޕަލް ޙިދުމަތްތަކާއި އިޖުތިމާއި ހާލަތު މޮނިޓަރކޮށް ވަޒަންކޮށް ރަނގަޅުކުރުމަށް ކުރަންޖެހޭ ޓެކްނިކަލް އެންމެހައި މަސައްކަތްތައް ކުރުން

މަޤާމުގެ ޝަރުޠުތައް:

-        މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ބެޗްލާރސް ޑިގްރީއެއް ނުވަތަ ބެޗްލާރސް އޮނަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް 

  1. އާކިޓެކްޗަރަލް އިންޖީނިއަރިންގ 
  2. ބިލްޑިންގ ސަރވޭ   (ކޯ)
  3. ސިވިލް އިންޖިނިއަރިންގ 
  4. ކޮންޓިޓީ ސާވޭއިންގް  (ކޯ)

ގުޅޭ ވަޒީފާގެ ދާއިރާތައް

ސަރވޭއިންގް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. އަސާސީ ޝަރުތު ހަމަވުން (ކަނޑައެޅިފައިވާ އިންސައްތަ: 30% )
  2. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު (ކަނޑައެޅިފައިވާ އިންސައްތަ: 5%)
  3. ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް (ކަނޑައެޅިފައިވާ އިންސައްތަ: 5%)
  4. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ (ކަނޑައެޅިފައިވާ އިންސައްތަ: 5%)
  5. އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް) (ކަނޑައެޅިފައިވާ އިންސައްތަ: 20%)
  6. އިންޓަރވިއު (ކަނޑައެޅިފައިވާ އިންސައްތަ: 35%)

ނޯޓް: ލިބުނު ޕޮއިންޓްގެ ޖުމްލަ 60% (ފަސްދޮޅަސް) އިންސައްތައަށް ވުރެ މަތިވާންޖެހޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ (29 ޑިސެމްބަރ 2024) ގެ (14:00) ގެ ކުރިން، (ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އަދި އެސެސްމަންޓް އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އެސެސްމަންޓް އޮންނާނީ، 30 ޑިސެމްބަރ 2024 އާއި 29 ޖެނުއަރީ 2025 އާ ދެމެދު، ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6527104/6527103 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

 

21 ޖުމާދަލްއާޚިރާ 1446

22 ޑިސެމްބަރ 2024

22 ޑިސެންބަރު 2024