ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) 373-MS/INDIV/2024/59
ޕަބްލިޝްކުރި ތާރީޚް: 21 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 21:14
ސުންގަޑި: 26 ޑިސެންބަރު 2024 14:00
ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އޮފިސަރ ( އެމް.އެސް 1 ) މަޤާމަށް މީހަކު ހޯދުމަށް އިއުލާން ކުރުން

އިޢުލާން

މިއިދާރާގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ހޯދަން ބޭނުންވެއްޖެއެވެ.

މަޤާމު

ކައުންސިލް އޮފިސަރ

މަޤާމުގެ ނަމްބަރު:

J-374273

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް. އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ ކައުންސިލްގެ އިދާރާ / ފ. ދަރަނބޫދޫ

މުސާރަ:

5,610/- ރުފިޔާ

ސާރވިސް އެލަވަންސް:

2,000/- ރުފިޔާ

އެހެނިހެން އެލަވަންސް:

1. ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި މަހަކު -/700 ( ހަތްސަތޭކަ ) ރުފިޔާ )

2. ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މަހަކު މުސާރައިގެ %35 ( ތިރީސްފަސް  އިންސައްތަ )

3. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް

4. ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

5. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އިތުރުގަޑީގެ ފައިސާ

6. ހަމަޖެހިފައިވާ އުޞޫލުން ރަމަޟާންމަހުގެ އެލަވަންސް

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒު ކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުން ތަންފީޒު ކުރުމުގައި އިދާރީ ގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން
  2. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒު ކުރުމާ ގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކެރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން
  3. ޢަމަލުކުރަމުންދާ ތަރައްޤީގެ ޕްލޭނުގެ މުއްދަތު ހަމަވުމުގެ 04 މަސްދުވަސް ކުރިން ރަށުގެ ތަރައްޤީގެ ޕްލޭނަށް ރިޢާޔަތްކޮށް ކުރިއަށްއޮތް 05 އަހަރު ދުވަހަށް ތަރައްޤީގެ ޕްލޭން ތައްޔާރުކުރުން.
  4. ތަރައްޤީގެ ޕްލޭންއަށް ރިޢާޔަތްކޮށް 05 އަހަރު ދުވަހުގެ ފައިނޭންޝަލް ޕްލޭން ތައްޔާރުކޮށް ޤާނޫނުގައި ބަޔާންކޮށްފައިވާ ތާރީޚަށް ހުށަހެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  5. ތަރައްޤީގެ ޕްލޭންގެ މުއްދަތު ދެބައިވުމުން އަދި ކައުންސިލުން ނިންމަވާ ގޮތެއްގެ މަތީން ޕްލޭން ރިވައިސްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި އެކަމާބެހޭ މަޢުލޫމާތު ކަމާއި ގުޅުންހުރި ފަރާތްތަކާއި ހިއްސާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  6. ތަރައްޤީގެ ޕްލޭންއަށް ރިޢާޔަތްކޮށް ކައުންސިލްގެ އަހަރީ މަސައްކަތު ތާވަލު ޑްރާފްޓްކޮށް ކައުންސިލަށް ހުށަހެޅުން އަދި ފާސްކުރެވޭ މަސައްކަތު ތާވަލު ކަމާއި ގުޅުން ހުރި ޔުނިޓްތަކަށް މަޢުލޫމާތު ހިއްސާކުރުމާއެކު ޤާނޫނުގައި ކަނޑައެޅިފައިވާ ތާރީޚަށް މަސައްކަތު ތާވަލް ފޮނުވުން.
  7. ތަރައްޤީގެ ޕްލޭންއަށް އަމަލީ ސިފަ އަންނަމުންދާ ގޮތުގެ ރިޕޯޓް ކޮންމެ ދެމަހުން އެއްމަހު ތައްޔާރުކޮށް ޢާއްމުކުރުން.
  8. ރަށުގެ ތަރައްޤީއަށް އެއްކުރަންޖެހޭ މަޢުލޫމާތުތަކާއި ތަފާސް ހިސާބު އެއްކޮށް، ތަފާސް ހިސާބާއި ބެހޭ ރިޕޯޓްތައް ހަދައި ފޮނުވަން ޖެހޭ ފަރާތްތަކަށް ފޮނުވުމާއި، ކައުންސިލް އިދާރާގެ ތަފާސް ހިސާބު ބެލެހެއްޓުން.
  9. ކައުންސިލްގެ ބިޒުނަސް ޕްލޭން ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމާއި ކައުންސިލްގެ ލަފާގެ މަތީން ބިޒުނަސް ޕްލޭން އެކުލަވާލުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  10. ކައުންސިލްގެ ހިންގާ ޕްރޮޖެކްޓް ތަކުގެ ޕްލޭން އެކުލަވާލުން އަދި ޕްރޮޖެކްޓްތައް ކުރިޔަށްގެންދާނެ ގޮތެއް އެކުލަވާލުން.
  11. ކުށުގެ ރެކޯޑާއި، ހައްޔަރުކުރެވޭ މީސްމީހުންނާއި ގޭބަންދުކުރާ މީހުންގެ ކަންތައްތައް ބެލެހެއްޓުން.
  12. މާރާމާރީއާއި ވައްކަންފަދަ ޖިނާއީ ކުށެއްކޮށްފިކަމަށް ހުށަހެޅިއްޖެނަމަ ކައުންސިލުން އަޅަންޖެހޭ ފިޔަވަޅުއެޅުން.
  13. ކައުންސިލްގެ އިދާރާއަށް ޚިދުމަތްލިބިގަންނަން އަންނަ ފަރާތްތަކަށް ޚިދުމަތްދިނުމުގެ މަސައްކަތްތައް ކުރިއަށްދާގޮތް ގާތުން ބަލައި، ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، އަވަސް ޚިދުމަތްދެވޭނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސުން.

މަޤާމުގެ ޝަރުތުތައް:

1. މަޤާމްގެ މަސައްކަތާއި ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 05 ނުވަތަ 06 ގެ ސަނަދެއް ހާޞިލްކޮށްފައިވުން.

       މަޤާމުގެ ތަޢުލީމީ ރޮނގުތައް:

އެޑްމިނިސްޓްރޭޝަން، މެނޭޖުމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން، ޕަބްލިކް މެނޭޖުމަންޓް، ބިޒުނަސް އެޑްމިނިސްޓްރޭޝަން، ބިޒުނަސް މެނޭޖުމަންޓް، ކައުންސިލް އެޑްމިނިސްޓްރޭޝަން، އޮފީސް މެނޭޖުމަންޓް، ބިޒްނަސް، ކޮމަރސް، ޕްރޮޖެކްޓް މެނޭޖުމަންޓް، ޕަބްލިކް ޕޮލިސީ، ޕޮލިސީ ސްޓަޑީސް، ގަވަރނަންސް، ލޯކަލްގަވަރނަންސް، ސޯޝަލް ސައިންސް، ސޯޝިއޮލޮޖީ، ސޯޝަލް ވަރކް، އެންތްރޮޕޮލޮޖީ، ޑިމޮގްރަފީ، ސްޓެޓިސްޓިކްސް،އިކޮނޮމިކްސް، ޕޮލިޓިކަލް ސައިންސް، އިންޓަރނޭޝަނަލް ރިލޭޝަންސް، ޑިވެލޮޕްމަންޓް ސްޓަޑީސް، ކޮމިއުނިޓީ ޑިވެލޮޕްމަންޓް، ގަވަރނަންސް އެންޑް ޑިވެލޮޕްމަންޓް، ސަސްޓެއިނަބްލް ޑިވެލޮޕްމަންޓް، ހިއުމަން ރިސޯރސް، އެކައުންޓިންގ، ފައިނޭންސް، ލޯ، ޝަރީޢާ އެންޑް ލޯ، ޕަބްލިކް ރިލޭޝަންސް، މާރކެޓިންގ، ކޮމްޕިއުޓަރ ސައިންސް، އިންފޮރމޭޝަން ޓެކްނޮލޮޖީ، ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް، އެގްރިކަލްޗަރ ސައިންސް، މެރިން ސައިންސް، އެންވަޔަރަންމެންޓަލް ސައިންސް، އަރބަން ސްޓަޑީސް، އަރބަން ޕްލޭނިންގ، އާކިޓެކްޗަރ، ސިވިލް އިންޖިނިއަރިންގ، ލައިބްރަރީ ސައިންސް، ކަލްޗަރ އެންޑް ހެރިޓޭޖް، ސްޕޯރޓްސް މެނޭޖްމަންޓް، ލީޑަރޝިޕް، އެޑިޔުކޭޝަން. (ލިންކު: shorturl.at/hEMSU )

       މަޤާމުގެ މަސައްކަތުގެ ދާއިރާތައް: އެޑްމިނިސްޓްރޭޝަން / މެނޭޖުމަންޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ސިވިލް ސާވިސްގެ ވަޒީފާއަށް އެދޭ ފޯމް (މި ފޯމް ސިވިލް ސާވިސް ކޮމިޝަންގެ ވެބްސައިޓުންނާއި، ކައުންޓަރުން، އަދި ދަރަނބޫދޫ ކައުންސިލް އިދާރާގެ ކައުންޓަރުންލިބެންހުންނާނެއެވެ .އަދި ތިރީގައި މިވާ ލިންކުން ފޯމް ޑައުންލޯޑްކުރެވޭނެއެވެ.

 (ލިންކް: https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަމްބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައިޑީ ކާޑު ގެއްލިފައިވާނަމަ، އެފަރާތެއްގެ އުފަން ދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް
  3. ސިވިލް ސާވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ލެވެލް ކަނޑައަޅައި، ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ސެޓްފިކެޓް ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) ރާއްޖޭގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: ނުވަތަ ކޯސް ފުރިހަމަ ކުރި ކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6. މަސައްކަތު ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިސް ސާވިސްގެ ވަޒީފާއެއްގައި، ދަޢުލަތުގެ މުވައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، (އަހަރާއި މަހާއި ދުވަސް އެނގޭނެ ގޮތަށް)، ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައި ވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލްސާރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށް ދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަސް އަދި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާއަދާ ކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާއަދާ ކޮށްފައިވާނަމަ، އަދާ ކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭނެ ގޮތަށް)، ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގައި ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައި ވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

(ރ) ޤައުމީ ނުވަތަ ބައިނަލް އަޤުވާމީ ޖަމްޢިއްޔާ/ ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، (އަހަރާއި މަހާއި ދުވަސް އެނގޭނެ ގޮތަށް)، ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައި ވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. މިލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެ އެވެ.

(ބ) ދައުލަތުގެ އުވާލާފައިވާ އިދާރާއެއްގައި ނުވަތަ އުވާލާފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ނުވަތަ އުވާލާފައިވާ ޤައުމީ ނުވަތަ ބައިނަލް އަޤުވާމީ ޖަމްއިއްޔާ/ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، (އަހަރާއި މަހާއި ދުވަސް އެނގޭނެ ގޮތަށް)، ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައި ވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެން ނެތްނަމަ، ރެކްރޫމަންޓް އުސޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭ ފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. އަސާސީ ޝަރުޠު ހަވަމުން  30 ޕަރސެންޓް

2. އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމް 05 ޕަރސެންޓް

3. ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށްދެވޭ ޕޮއިންޓް 05 ޕަސެންޓް (މަޤާމްގެ މަސައްކަތާއި ގުޅޭ ތަޢުލީމީ ރޮނގުތަކުގެ ސަނަދެއް )

4. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ 05 ޕަރސެންޓް (އެޑްމިނިސްޓްރޭޓިވް ދާއިރާ / މެނޭޖުމަންޓްގެ ދާއިރާ )

5. އެސެސްމަންޓް ( އިމްތިޙާން ނުވަތަ ޕްރެކްޓިކަލް ) 20 ޕަރސެންޓް

6. އިންޓަރވިއު 35 ޕަރސެންޓް

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2024 ޑިސެންބަރު 26 ވަނަ ދުވަހުގެ މފ 14:00 ގެ ކުރިން ފ. ދަރަނބޫދޫ ކައުންސިލް އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން، ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓް ކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު އަދި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2025 ޖަނަވަރީ 01 ން 07 އާއި ދެމެދު، ފ. ދަރަނބޫދޫ ކައުންސިލް އިދާރާ ގައެވެ.

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2ފޯމު) އާންމުކުރުން:

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދުނޫން 03 ( ތިނެއް ) ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް)" އާންމުކޮށް ފެންނާނެހެން މި އިދާރާގެ ނޯޓިސްބޯޑުތަކާއި، އިދާރާގެ ސޯސިއަލް ޕްލެޓްފޯމްތަކާއި، ދިވެހި ސަރުކާރުގެ ގެޒެޓްގައި އާންމު ކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތުގެ ޝަކުވާއެއް އޮތްނަމަ، A2 ފޯމް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 03 ( ތިނެއް ) ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް ދަރަނބޫދޫ ކައުންސިލަށް ހުށަހަޅަންވާނެއެވެ.

 

މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ ރަސްމީ ގަޑީގައި މި އިދާރާގެ ނަމްބަރު 6740015 އަށެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ. ސިވިލް ސާވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާއި ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސާވިސް ކޮމިޝަނުގެ ވެބްސައިޓުގެ ޑައުންލޯޑްސްގެ "ޢައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http:www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

               ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

21 ޑިސެންބަރު 2024