ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)213-HR/213/2024/53
ޕަބްލިޝްކުރި ތާރީޚް: 21 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 14:07
ސުންގަޑި: 26 ޑިސެންބަރު 2024 00:00
މޯލްޑިވްސް ޕޮލިޓެކްނިކް
ދިވެހިރާއްޖެ
2025 ވަނަ އަހަރަށް އައި.ޓީ ދާއިރާގެ ޕާޓްޓައިމް ލެކްޗަރަރ އިން ރަޖިސްޓްރީ ކުރުން

މޯލްޑިވްސް ޕޮލިޓެކްނިކްގެ އެކި އެކި ކެމްޕަސްތަކުގައާއި ތަފާތު ރަށްތަކުގައި 2025 ވަނަ އަހަރު ހިންގުމަށް ރާވާފައިވާ އިންފަރމޭޝަން ޓެކްނޮލޮޖީ ދާއިރާގެ ސެޓްފިކެޓް ލެވެލް 3، 4 އަދި ޑިޕްލޮމާ ގެ ތިރީގައިވާ ދާއިރާތަކުގެ ކޯސްތަކުގައި ކިޔަވައިދިނުމަށް ޝައުޤުވެރިވާ  ޕާޓްޓައިމް ލެކްޗަރަރ އިން ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލަމެވެ.

2025 ވަނަ އަހަރަށް ހިންގުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ މަޢުލޫމާތު

ދާއިރާ

ލެވެލް

ޝަރުތު

އައިޓީ ސަޕޯޓް

ސެޓްފިކެޓް 3

1. މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

 

ނުވަތަ:

 

2. މަގާމުގެ މަސްއޫލިއްޔަތު ހިމެނޭ ފަންނުގެ ދާއިރާގައި މަދުވެގެން 05 އަހަރުގެ އަމަލީ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއެކު، އެފަންނެއް އުނގަންނައިދެވޭނެ ޤާބިލްކަން ހުރިކަން ސާބިތުކޮށް ދިނުން.

ނެޓްވޯކިންގ

ސެޓްފިކެޓް 3

ޕްރޮގްރާމިންގ

ސެޓްފިކެޓް 3

ގްރެފިކް ޑިޒައިން

ސެޓްފިކެޓް 3

ނެޓްވޯކިންގ

ސެޓްފިކެޓް 4

1.މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

 

ނުވަތަ:

 

2. މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މަގާމުގެ މަސްއޫލިއްޔަތު ހިމެނޭ ފަންނުގެ ދާއިރާގައި މަދުވެގެން 05 އަހަރުގެ އަމަލީ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއެކު، އެފަންނެއް އުނގަންނައިދެވޭނެ ޤާބިލްކަން ހުރިކަން ސާބިތުކޮށް ދިނުން.

ޕްރޮގްރާމިންގ

ސެޓްފިކެޓް 4

ސިސްޓަމް އެޑްމިނިސްޓްރޭޝަން

ސެޓްފިކެޓް 4

ވެބް ޑިވޮލޮޕްމަންޓް

ސެޓްފިކެޓް 5

1.މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

 

ނުވަތަ:

 

2.މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މަގާމުގެ މަސްއޫލިއްޔަތު ހިމެނޭ ފަންނުގެ ދާއިރާގައި މަދުވެގެން 05 އަހަރުގެ އަމަލީ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއެކު، އެފަންނެއް އުނގަންނައިދެވޭނެ ޤާބިލްކަން ހުރިކަން ސާބިތުކޮށް ދިނުން.

 

 

ހުށައަޅަންވީ ތަކެތި:

1-     ލިބިފައިވާ ތަޢުލީމާއި ތަޖްރިބާ ބަޔާންކޮށް ވަނަވަރު (ގުޅުންހުރި ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއިއެކު).

2-     ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ.

3-     ހާސިލްކޮށްފައިވާ އެންމެ މަތީ ސެޓްފިކެޓް އެޓެސްޓްކޮށް އެކްރެޑިޓް ކުރެވިފައި (ގުޅޭ ދާއިރާއަކުން)

 

އުޖޫރަ

ކިޔަވައިދޭ ގަޑިއިރަކަށް -/250 ރުފިޔާ

 

މި ދާއިރާތަކަށް ކިޔަވައިދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން  26 ޑިސެންބަރު 2024 ގެ 14:00 ގެ ކުރިން މޯލްޑިވްސް ޕޮލިޓެކްނިކަށް ހުށަހަޅަންޖެހޭ ލިޔުންތައް ފޮނުއްވައިދެއްވުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ފޯން 3002582 ގުޅުއްވައި މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.

21 ޑިސެންބަރު 2024