ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)374-C/374/2024/69
ޕަބްލިޝްކުރި ތާރީޚް: 21 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 12:44
ސުންގަޑި: 30 ޑިސެންބަރު 2024 14:00
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ.ނިލަންދޫން އަލަށް ދޫކުރުމަށް ހަމަޖެހިފައިވާ 129 ގޯއްޗާއި ގުޅޭ

ފ.ނިލަންދޫން އަލަށް ދޫކުރުމަށް ހަމަޖެހިފައިވާ 129 ގޯއްޗަށް އެދި އޮންލައިންކޮށް ހިޔާވެހި ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުއްވި ބޭފުޅުންގެ ފޯމުތައް ފުރުމުގައި އިދާރީ ބައެއް މައްސަލަތައް ހުރިކަން ފާހަގަކުރެވިފައިވެއެއެވެ. އެހެންކަމުން  ހިޔާވެހި ޕޯޓަލްމެދުވެރިކޮށް ހުށަހަޅާފައިވާ ފޯމުތައް އިތުރަށް ދިރާސާކުރުމަށް ބޭއްވި ގޯތި އިވެލުއޭޝަން ކޮމެޓީގެ ބައްދަލުވުމުގައި މެންބަރުންގެ މެދުގައި މަޝްވަރާކޮށް ނިންމަވާފައިވަނީ އޮންލައިންކޮށް ހިޔާވެހި ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅި ފަރާތްތަކުން ހުށަހަޅާފައިވާ ލިޔުންތައް އެޓެސްޓުކުރުމަށްފަހު އަލުން ހުށަހެޅުމަށް އިއުލާންކުރާ ތާރީޚުން ފެށިގެން 10 ދުވަހުގެ މުއްދަތެއް ދިނުމަށެވެ. އެގޮތުން އިތުރަށް ދިން މުއްދަތު ހަމަވުމުގެ ކުރިން އެޓެސްޓުކުރުމަށްފަހު ހުށަހަޅާ ލިޔުންތަކަށް ޖަދުވަލް 1 ގައިވާ " ގޯއްޗަށް އެދޭ މީހުންނަށް ޕޮއިންޓުދޭނެ" ގޮތުގެ މިންގަޑާއި " އެއްގޮތްވާ ގޮތުގެ މަތިން ޕޮއިންޓު ދިނުމަށެވެ.

         ވީމާ ހިޔާވެހި ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅި ފަރާތްތަކުން ޕޯޓަލް މެދުވެރިކޮށް ހުށަހަޅާފައިވާ އެންމެހައި ލިޔުންތައް އެޓެސްޓުކުރެއްވުމަށްފަހު 2024 ޑިސެންބަރު 30 ވަނަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް މެއިލް ކުރެއްވުން ނުވަތަ މިއިދާރާގެ ކައުންޓަރަށް ހުށަހަޅައި ދެއްވުން އެދެމެވެ.  މުއްދަތު ހަމަވުމަށް ފަހު ހުށަހެޅޭ ލިޔުންތަކާއި ކުރިން ހުށަހަޅުއްވާފައި ނުވާ އެއްވެސް ލިޔުމަކަށް އިތުރަށް ރިއާޔަތް ނުކުރާނެ ކަމުގައި ވެސް ދަންނަވަމެވެ.  ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރަމެވެ.

21 ޑިސެންބަރު 2024