ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)14-A1/1/2024/114
ޕަބްލިޝްކުރި ތާރީޚް: 21 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 09:12
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
އުޅަނދުފަހަރުގެ އޭޖެންޓުންނާއި، ކާގޯ އޭޖެންޓުންގެ ޝަރުޠުތަކާގުޅޭ

      އުޅަނދުފަހަރުގެ އޭޖެންޓުންނާއި، ކާގޯ އޭޖެންޓުން (ޕޯސްޓުގެ ޚިދުމަތްދޭ ފަރާތްތަކާއި، ކޫރިއަރ އޮޕަރޭޓަރުންނާއި، ފްރައިޓް ފޯވަރޑަރުން) ގެ ޝަރުޠުތަކަށް ބަދަލު ގެނެސް، ކަސްޓަމްސްގެ ޢާންމު ގަވާއިދުގެ 16 ވަނަ އިސްލާޙު ވަނީ، 2024 ޑިސެންބަރު 08 ވަނަ ދުވަހު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކޮށްފައެވެ.

      ވީމާ، ކަސްޓަމްސްގައި ރަޖިސްޓަރީކޮށްފައިވާ އޭޖެންޓުންގެ ތެރެއިން އެ އިސްލާޙުގައިވާ ޝަރުޠުތައް ފުރިހަމަނުވާ ފަރާތްތަކުން 2025 މާރިޗް 08 ވަނަދުވަހުގެ ކުރިން އެކަންކަން ފުރިހަމަކުރުމަށް ދަންނަވަމެވެ. އަދި އެއްވެސް ފަރާތަކުން އިސްވެ ދެންނެވި އޭޖެންޓު ޚިދުމަތް ދޭނަމަ، ޝަރުޠުތައް ފުރިހަމަ ކުރުމަށްފަހު އެ ތާރީޚުގެ ކުރިން ކަސްޓަމްސްގައި ރަޖިސްޓަރީ ކުރުމަށްވެސް ދަންނަވަމެވެ.

      08 މާރިޗް 2025 ގެ ފަހުން ކަސްޓަމްސްއިން ޚިދުމަތްދޭނީ ގަވާއިދުގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަކޮށް، ކަސްޓަމްސްގައި ރަޖިސްޓަރީ ކޮށްފައިވާ އޭޖެންޓުންނަށް ކަމުގައި ދަންނަވަމެވެ.

      މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

21 ޑިސެންބަރު 2024