ދިވެހިރާއްޖެ
އިޢުލާން ނަންބަރ |
(IUL) PSM-FP/ PSM/2024/446 |
ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރ |
(PROC-77-24) GA/2024/210 |
އިޢުލާން
ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު
ޓީވީ މޯލްޑިވްސް ގޯތިތެރޭގައި މިކުންފުނީގައި ބޭނުންކުރާ ބައެއް ސާމާނުތައް ބެހެއްޓުމަށް ތަނެއް ހެދުމަށް ބޭނުންވާތީ މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 26 ޑިސެންބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 10:00 ން ޓީވީއެމް ބިލްޑިންގ (ބުރުޒު މަގު) އަށް ހާޒިރުވެ ސައިޓް ބެލުމަށްފަހު، 06 ޖެނުއަރީ 2025 ވާ ހޯމަ ދުވަހުގެ 10:00 އަށް ޓީވީއެމް ބިލްޑިންގ (ބުރުޒު މަގު) އަށް ހާޒިރުވެ ޕްރޮޕޯސަލް ހުށަހެޅުން އެދެމެވެ.
ޕްރޮޕޯސަލް ހުށަހަޅާއިރު ސައިޓް ބެލުމަށްފަހު ކުރަންވާ ކަންތައްތައް ރަނގަޅަށް އެނގި، މަޢުލޫމާތުގައިވާ ހުރިހާ ކަމެއް ފުރިހަމަކޮށް ޕްރޮޕޯސަލް ހުށަހެޅުން އެދެމެވެ. ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު އޮންނާނީ ސައިޓް ބެލުމަށް ޙާޒިރުވާ ފަރާތްތަކަށް އެކަންޏެވެ.
ޕްރޮޕޯސަލް ހުށަހެޅުމަށް ބޭނުންވާ މަޢުލޫމާތު ޝީޓް މިއިޢުލާނާއެކު ގެޒެޓްކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.
18 ޖުމާދުލްއާޚިރާ 1446
19 ޑިސެމްބަރ 2024