ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)433-AFI/1/2015/3
ޕަބްލިޝްކުރި ތާރީޚް: 09 ޖުލައި 2015
ޕަބްލިޝްކުރި ގަޑި: 13:30
ސުންގަޑި: 16 ޖުލައި 2015 13:00
ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމު

އަރކިވިސްޓް (ވަގުތީ)

ބޭނުންވާ އަދަދު

01

މުސާރަ

މަހަކު 5610.00 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު 2000.00 ރުފިޔާ

އިނާޔަތްތައް

ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ސެކްޝަން/ޔުނިޓް/ތަން

ސަރވިސް ޔުނިޓް

މުއްދަތު

03 (ތިނެއް) މަސްދުވަސް

މަޤާމުގެ މަސްއޫލިއްޔަތު

  • ޤައުމީ އަރުޝީފުން ބަލަހައްޓަންޖެހޭ ލިޔެކިޔުންތައް ބަލަހައްޓަންޖެހޭ ޕްރޮސީޖަރތަކާއި އެއްގޮތަށް ލިޔެކިޔުންތައް ބެލެހެއްޓުން.
  • ސަރުކާރުގެ އިދާރާތަކާ ގުޅުން ބަދަހިކުރުމާއި އެކި އިދާރާތަކުން ލިބޭ ލިޔެކިޔުންތައް ތަރުތީބުކޮށް އާކައިވް ކުރުމުގެ މަސައްކަތް ބެލެހެއްޓުން.
  • އާކައިވްގެ މެޓީރިއަލާ އެއްކޮށް ޑޮކިއުމަންޓް ކުރުމާއި ބޭނުންވާ ޑޮކިއުމަންޓްތައް ޖެނެރޭޓްކުރުމާއި އެކަމާގުޅޭ ރިޕޯޓްތުއް އެކުލަވާލުން.
  • އާކައިވްގެ ޚިދުމަތްތައް ހަރުދަނާ ކުރާނެ ޕްރޮގްރާމްތައް ދެނެގަތުމާއި އިތުރަށް ތަރައްޤީ ކުރާނެ ގޮތް ހޯދައި ބަލައި ހިންގުން.
  • އާކައިވްކޮށްފައި ހުންނަ މެޓީރިއަލްތަކުގެ ކޮލިޓީ ހިފެހެއްޓުމާއި ދިގުމުއްދަތަށް ދެމެހެއްޓޭނެ އިންތިޒާމްތައް ހަމަޖެއްސުން
  • އާކައިވްގައި ހުންނަ މެޓީރިއަލްތައް ދިގުމުއްދަތަށް ބެހެއްޓުމަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކުރުމާއި އެފަދަ ވަޞީލަތްތަކަށް ބޭނުންވާ ސާމާނު ހޯދައި ބެލެހެއްޓުން.
  • އާކައިވްކޮށްފައި ހުންނަ ތަކެތި ބެހެއްޓިފައި ހުންނަ ތަންތަނުގެ މާޙައުލް ބެލެހެއްޓުމާއި އެކަށީގެންވާ ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ އިންތިޒާމްތައް ކުރުން.
  • ސެކްޝަން/ޔުނިޓްގެ އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރުމާއި ޗުއްޓީގައި ނުވަތަ ސަލާމުގައި ތިބޭ މުވައްޒަފުންގެ މަސައްކަތްތައް ހިއްސާކުރުމާއި އޮފީހުން ރާވާ ހިންގާ އެހެނިހެން ކަންކަމާ ގުޅިގެން ހަވާލު ކުރެވޭ މަސައްކަތްތައް ކޮށްދީ އެހީތެރިވެދިނުން.

މަޤާމުގެ ޝަރުޠު

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލު ކޮށްފައިވުން، ނުވަތަ،
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާ އެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ (ކޮންޓްރެކްޓް)

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް އޮފިސަރ ޤްރޭޑް1

ރޭންކް: ޖީ.އެސް 3

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

އިނާޔަތްތައް

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ސެކްޝަން/ޔުނިޓް/ތަން

އެޑްމިން އެންޑް އައިޓީ ޔުނިޓް

މުއްދަތު

03 (ތިނެއް) މަސްދުވަސް

މަޤާމުގެ މަސްއޫލިއްޔަތު

  • ޤައުމީ އަރުޝީފަށް އަންނަ ފޯނުކޯލްތަކަށް ޖަވާބު ދިނުމާއި އެކަމަކާ ގުޅޭ ސެކްޝަންތަކަށް ފޮނުވުން
  • ޤައުމީ އަރުޝީފަށް ލިބޭ ސިޓީތައް އެންޓަރކޮށް، ފޮނުވާ ސިޓީތަކަށް ނަންބަރުދީ، ޑިސްޕެޗްކޮށް، ސިޓީތައް ފައިލްކޮށް ބެލެހެއްޓުމާއި ސިޓީތަކަށް ޖަވާބު ދިނުމާއި ރެކޯޑް ބެލެހެއްޓުން
  • ޤައުމީ އަރުޝީފުގައި ބާއްވާ ބައްދަލުވުންތައް އިންތިޒާމުކުރުމާއި މީޓިންގ ރޫމްގެ ބުކިންގއާއި ޝެޑިއުލްތައް ބެލެހެއްޓުމާއި ބައްދަލުވުންތަކުގައި އޮފީހަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެހްމާންދާރީ އަދާކުރުމާއި އެކިއެކި ޚިދުމަތްތަކަށް އަންނަ މީހުންނަށް އެހީތެރިވެ މަގުދައްކައި އެހީތެރިވުން
  • ސްޓޮކްގައި ހުންނަ ތަކެތި ތަރުތީބުކޮށް ބެލެހެއްޓުމާއި ދޫކުރުމާއި ސްޓޮކްގެ އައިޓަމްތައް ފުރިހަމައަށް އެންޓަރ ކުރުމާއި ސްޓޮކް ބާކީކުރުމާއި އިންވެންޓްރީ ބެލެހެއްޓުން
  • ރިޕެއަރ އަށް ބޭނުންވާ ތަކެތި ބަލައިޗެކްކުރުމާއި ރިޕެއަރކުރަން ބޭނުންވާ ތަކެތި ރިޕެއަރ ކުރާ ފަރާތްތަކަށް ބޭނުން މައުލޫމާތު ދިނުމާއި އޮފީހުގެ ދުއްވާ ތަކެތި މަރާމާތުކޮށް ބެލެހެއްޓުމާ އިންޝުއަރެންސްއާ ބެހޭ މަސައްކަތްތައް ބެލެހެއްޓުމާއި އޮފީހުގެ މެއިންޓަނަންސް ބެލެހެއްޓުން
  • ޤައުމީ އަރުޝީފުގައި ބާއްވާ އެކިއެކި ބައްދަލުވުންތަކުގެ ޔައުމިއްޔާއާއި އޮފީހުގެ ދުވަހު ޔައުމިއްޔާ ލިޔެ ބެލެހެއްޓުން
  • ސެކްޝަން/ ޑިވިޜަން/ ޑިޕާޓްމަންޓްގެ އެހެންމުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރުމާއި ޗުއްޓީގައި ނުވަތަ ސަލާމުގައި ތިބޭ މުވައްޒަފުންގެ މަސައްކަތްތައް ހިއްސާކުރުމާއި އޮފީހުގެ ފަރާތުން ރާވައި ހިންގައި އެހެނިހެން ކަންކަމާ ގުޅިގެން ކުރަންޖެހޭ ކަންކަމުގައި، ޙަވާލު ކުރެވޭ ކަންކަން ކޮށްދީ އެހީތެރިވުން.

މަޤާމުގެ ޝަރުޠު

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމއި އެކު މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދައްވެގެން "ޑީ" ލިބިފައިވުމާ އެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލު އިމްތިޙާންގެ "ދިވެހި" މިމާއްދާއިން ދައްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

މަޤާމު

އެސިސްޓެންޓް އެކައުންޓްސް އޮފިސަރ (ކޮންޓްރެކްޓް)

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފޮސަރ ގްރޭޑް1

ރޭންކް: ޖީ.އެސް 3

މުސާރަ        

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

އިނާޔަތްތައް

ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާދެވޭނެއެވެ.

ސެކްޝަން/ޔުނިޓް/ތަން

ބަޖެޓް ޔުނިޓް

މުއްދަތު

04 މަސްދުވަސް

މަޤާމުގެ މަސްއޫލިއްޔަތު

  • ދުވަހުން ދުވަހަށް ބަޖެޓް ބާކީކޮށް ނިންމުމާއި މުޅި ޖުމުލަ ބަޖެޓް ބާކީކޮށް ބެލެހެއްޓުމާއި އުނިކުރެވިފައިވާ ފައިސާ ހޯދުމަށް ލިޔަންޖެހޭ ފަރާތްތަކަށް ލިޔުމާއި ބަޖެޓުން ފައިސާ ޚަރަދުކުރުމަށް ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ބަޖެޓް ކޮންޓްރޯލް ތައްޔާރުކޮށް ކަމާބެހޭ ފަރާތަށް ފޮނުވުމާއި ރެކޯޑް ބެލެހެއްޓުން
  • ތިޖޫރީ ރިޕޯޓު ޗެކްކުރުމާއި ބަޖެޓް ޚަރަދު ރިޕޯޓާއި ރިކޮންސިލިއޭޝަން ސްޓޭޓްމަންޓް ޗެކް ކުރުމާއި މަހުންމަހަށް ތައްޔާރުކުރަންޖެހޭ ބަޖެޓް ރިޕޯޓު ތައްޔާރުކުރުކޮށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން
  • މުވައްޒަފުންގެ މުސާރައާއި ދޭންޖެހޭ އެހެނިހެން އިނާޔާތްތައް ކަނޑައެޅިފައިވާ މުއްދަތުގައި ދިނުމާއި ކުރިއަށް އޮތް އަހަރަށް ބަޖެޓް ތައްޔާރުކުރުމާއި ހޯދަންބޭނުންވާ މަޢުލޫމާތުތައް ހޯދުމާއި ކަނޑައެޅޭ މުއްދަތަށް ބަޖެޓް ތައްޔާރުކުރުން
  • ބަޖެޓުން ހިންގާ މަޝްރޫޢުތަކަށް ހިނގާ ޚަރަދުތައް ބެލެހެއްޓުމާ އެކަމާ ގުޅިގެން ތައްޔާރުކުރަންޖެހޭ ރިޕޯޓްތަކަށް މަޢުލޫމާތު ދިނުން
  • ސެކްޝަން/ޑިވިޜަން/ޑިޕާޓްމަންޓްގެ އެހެންމުވައްޒަފުންނާއި ގުޅިގެން މަސައްކަތް ކުރުމާއި ޗުއްޓީގައި ނުވަތަ ސަލާމުގައި ތިބޭ މުވައްޒަފުންގެ މަސައްކަތްތައް ހިޙިއްސާކުރުމާއި އޮފީހުގެ ފަރާތުން ރާވާ ހިންގާ އެހެނިހެން ކަންކަމާ ގުޅިގެން ކުރަންޖެހޭ ކަންކަމުގައި، ހަވާލު ކުރެވޭ ކަންކަން ކޮށްދީ އެހީތެރިވުން

 

މަޤާމުގެ ޝަރުޠު

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދައްވެގެން "ޑީ" ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލު އިމްތިޙާންގެ "ދިވެހި" މިމާއްދާއިން ދައްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
  • ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ އިންސައްތަ %30 އަށްވުރެމަތިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު ޤައުމީ އަރުޝީފުން އަދި ސިވިލް ސަރވިސްގެ ވެބްސައިޓުން ލިބެން ހުންނާއެވެ.)
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތައް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށް ފައިވާއިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއަކާއި (ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީ.ވީ).

ސުންގަޑި

16 ޖުލައި 2015 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް.

އިންޓަރވިއު ބޭއްވުމަށް ކަނޑައަޅާފައިވާ މުއްދަތާއި އޮންނާނެ ތަން

މި އިޢުލާނުގެ މުއްދަތު ހަމަވާތާ 3 ދުވަހުގެ ތެރޭގައި އިންޓަރވިއު ބޭއްވޭނެއެވެ. އިންޓަވިއު އޮންނާނީ ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގައެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3349312 އެވެ. ވަޒީފާއަށްއެދޭ ފޯމު ހުށައަޅުއްވާނީ ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުއަށެވެ. ވަޒީފާއަށް އެދޭ ފޯމު ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ވެބްސައިޓުން ލިބެން ހުންނާއެވެ.

ނޯޓް: މިވަޒީފާއަށް ހުށަހަޅާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަޖުރިބާއަށް ބަލައި ޝޯޓް ލިސްޓް ކުރެވޭނެއެވެ.

09 ޖުލައި 2015