ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)238-A(B1)/238/2024/18
ޕަބްލިޝްކުރި ތާރީޚް: 19 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 15:17
ނިލަންދެއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަހުނުކުރުން ރަށު ކައުންސިލްތަކަށް ބަދަލުކުރުން

ރަހުނުކުރުން ރަށު ކައުންސިލްތަކަށް ބަދަލުކުރުން

 

ޤަވާޢިދު ނަންބަރު:R-2022/186 ( ބިމާއި ޢިމާރާތާއި ފްލެޓް ރަހުނުކުރުމާބެހޭ ޤަވާޢިދު ) ގެ 7ވަނަ މާއްދާގެ (ހ) ގައި، ދިވެހިރާއްޖޭގެ އެއްވެސް ބިމެއް ނުވަތަ ގޯއްޗެއް، ނުވަތަ ޢިމާރާތެއް، ނުވަތަ ފްލެޓެއް ރަހުނުކޮށްފި ނަމަ، ރަށެއްގައި ނަމަ، އެ ރަށެއްގެ ރަށު ކައުންސިލްގެ އިދާރާގައި ނުވަތަ ބިމުގެ ކަންކަން ބެލެހެއްޓުމަށް ޙަވާލުކޮށްފައިވާ އިދާރާގައި، އަދި ސިޓީއެއްގައި ނަމަ، އެ ސިޓީއެއްގެ ސިޓީ ކައުންސިލްގެ އިދާރާގައި، ނުވަތަ އެ ސިޓީއެއްގެ ބިމުގެ ކަންކަން ބެލެހެއްޓުމަށް ޙަވާލުކޮށްފައިވާ އިދާރާގައި އެ ރަހުނެއް ރަޖިސްޓްރީކުރަން ވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

 

މި ޤަވާޢިދަށް ޢަމަލުކުރަން ފެށުމާއި ގުޅިގެން، އަތޮޅު ކައުންސިލްތަކުން މިހާރު ކުރަމުން އަންނަ ރަހުނު ރަޖިސްޓްރީ ކުރުމުގެ މަސައްކަތްތައް ކުރުމުގެ ޤާނޫނީ ޙައިޞިއްޔަތާއި ޤާނޫނީ ބާރުވެރިކަން، ރަށު އަދި ސިޓީ ކައުންސިލްތަކަށް ބަދަލުވެގެން ދާނެއެވެ. އަދި ރަހުނު ކުރުމާއި، ރަހުނު ރަޖިސްޓްރީތައް ދަފްތަރުކޮށް ބެލެހެއްޓުމަކީ ރަށު ކައުންސިލް އަދި ސިޓީ ކައުންސިލްތަކުގެ ޤާނޫނީ ޒިންމާއެކެވެ.  މި ބަދަލު ގެނައުމަށް މި ކައުންސިލްގެ 4 ވަނަ ދައުރުގެ 66 ވަނަ ޢާންމު ޖަލްސާއިން ވަނީ ނިންމަވާފައެވެ.

 

ވީމާ، ޤަވާޢިދު ނަންބަރު:R-2022/186 ( ބިމާއި ޢިމާރާތާއި ފްލެޓް ރަހުނުކުރުމާބެހޭ ޤަވާޢިދު ) ގެ 7ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން 2025 ޖަނަވަރީ 01 ވަނަ ދުވަހުން ފެށިގެން ރަހުނު ކުރުމުގެ މަސައްކަތްތައް ކުރަމުން ގެންދާނީ ރަށް ރަށުގެ ރަށުކައުންސިލްތަކުން ކަމުގައި ޢާއްމުކޮށް އަންގާ އިޢުލާނު ކުރަމެވެ.

19 ޑިސެންބަރު 2024