ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)405-A/2024/54
ޕަބްލިޝްކުރި ތާރީޚް: 19 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 14:21
ސުންގަޑި: 31 ޑިސެންބަރު 2024 13:00
ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2 ޓަނުގެ ޑަންޕް ޓްރަކެއް ގަނެ ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

އިޢުލާން

2 ޓަނުގެ ޑަންޕް ޓްރަކެއް ގަނެ ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

 ލ. ކުނަހަންދޫ ވޭސްޓްމެނޭޖްމެންޓް ސެންޓަރަށް 2 ޓަނުގެ ޑަންޕް ޓްރަކެއް ގަނެ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ކުރި ނަންބަރު: (IUL)405-A/2024/52 އިޢުލާންގައިވާ ބައެއް މަޢޫލޫމާތު ބަދަލުކުރުމަށްފަހު އިޢުލާން ކުރީމެވެ. ވީމާ، މިކަމަށް ޝައުޤްވެރިވެ ލައްވާ، ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނު (ގާނޫނު ނަންބަރ 18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ވިޔަފާރިތަކަށް މިފުރުޞަތު ހުޅުވާލަމެވެ.

 ބީލަމުގައި ބައިވެރިވެލައްވާން އެދޭ ފަރާތްތަކުން، 2024 ޑިސެމްބަރު 26 ވަނަ ދުވަހުގެ  13:30ގެ ކުރިން ބިޑް "ރަޖިސްޓްރޭޝަންފޯމް" ފުރިހަމަކުރައްވާ މިކައުންސިލްގެ އީމެއިލް [email protected] އަށް މެއިލްކުރެއްވުމަށް ދަންނަވަމެވެ. ނުވަތަ މިކައުންސިލަށް ވަޑައިގެން ބިޑްގައި ރަޖިސްޓްރީވުމަށް އެދޭފޯމް ހުށަހެޅުމަށް ދަންނަވަމެވެ. މިބީލަމުގައި ބައިވެރިވެވޭނީ މިމުއްދަތުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ.  

މި ބީލަމާއި ގުޅިގެން އިތުރަށް މައުލޫމާތު ސާފުކުރައްވަން ބޭނުންނަމަ، 2024 ޑިސެމްބަރު 28 ވަނަ ދުވަހުގެ 13:00ގެ ކުރިން [email protected]  އަށް ލިޔުމަކުން ފޮނުވުމަށް ދަންނަވަމެވެ.

 ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2024 ޑިސެމްބަރު 31ވަނަ ދުވަހުގެ 13:00ގައި މިކައުންސިލްގެ އިދާރާގައެވެ. މިބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީނުވާ ފަރާތްތަކަށް ބިޑުހުށަހެޅުމުގެ ބައްދަލުވުމުގައި ބައިވެރިއެއް ނުވެވޭނެއެވެ.                            

 18 ޖުމާދަލްއާޚިރަ  1446

19  ޑިސެމްބަރު  2024

19 ޑިސެންބަރު 2024