މަސައްކަތް
ނަންބަރު: (IUL)384/384/2024/70
ޕަބްލިޝްކުރި ތާރީޚް: 19 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 13:39
ސުންގަޑި: 25 ޑިސެންބަރު 2024 13:00
ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޢިޖުތިމާއީ ސަރަޙައްދު ކުނިކަހާ ސާފުކޮށް ބަލަހައްޓާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މިރަށުގެ ޢިޖުތިމާއީ ސަރަޙައްދު ކުނިކަހާ ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން، 25 ޑިސެމްބަރ 2024 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ރެގިސްޓްރޭޝަން ފޯމް ހުށައެޅުން އެދެމެވެ.

ފޯމް ލިންކް: https://forms.office.com/r/Yw5VcW7jkQ

 މި މިއިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އެޓޭޗްމެންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 30 ޑިސެމްބަރ 2024 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގައި މިކައުންސިލްގެ އިދާރާގައެވެ.

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ، 25 ޑިސެމްބަރ 2024  ވަނަ ދުވަހުގެ 13.00ގެ ކުރިން މި އިދާރާގެ ނަންބަރ 6780034 ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.                

19 ޑިސެންބަރު 2024