ވަޒީފާގެ ފުރުޞަތު
ނަންބަރު: MRDC-IUL/2015/09
ޕަބްލިޝްކުރި ތާރީޚް: 07 ޖުލައި 2015
ޕަބްލިޝްކުރި ގަޑި: 13:19
ސުންގަޑި: 16 ޖުލައި 2015 12:00
މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ސެކިއުރިޓީ ގާޑް

 އިޢުލާން

މިކުންފުނީގެ ހެޑް އޮފީހަށް މިދަންނަވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމު:

ސެކިއުރިޓީ ގާޑް

ބޭނުންވާ އަދަދު:

06 (ހައެއް)

މުސާރަ:

-/4080 (ހަތަރު ހާސް އަށްޑިހަ ރުފިޔާ)

ލިވިންގ އެލަވަންސް:

-/1500 (އެއް ހާސް ފަސް ސަތޭކަ ރުފިޔާ)

އެހެނިހެން ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ

މަސައްކަތް ކުރަންޖެހޭތަން:

މިކޯޕަރޭޝަންގެ ހެޑް އޮފީސް އަދި ގައު ކޮށީގައި

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  • ޑިއުޓީ އުސޫލުން ހެޑް އޮފީހުން އަންގާ ސަރަހައްދުތަކު ގައި ސެކިއުރިޓީ ބެލެހެއްޓުން.
  • ސެކިއުރިޓީ ބަލަހައްޓާ ސަރަހައްދަށް ވަދެ ނިކުމެއުޅޭ ހުރިހާ ފަރާތެއްގެ ލޮގް ބެލެހެއްޓުން

ފެންވަރު ނުވަތަ ޝަރުޠު:

  • އަސާސީ ތަޢުލީމު ފެންވަރުހުރި މީހަކު ކަމުގައިވުން.
  • ޞިއްޙަތު ރަނގަޅު ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކު ކަމުގައިވުން.

ވަޒީފާ ދެވޭނީ 3 މަސްދުވަހުގެ މުއްދަތަށެވެ. 3 މަސްވުމުން ހާޒިރީއަށާއި މަސައްކަތުގެ އަޚުލާޤަށް އަދި ފެންވަރަށް ބަލައި ވަޒީފާ ދާއިމީ ކުރެވޭނެއެވެ. އަދި މިވަޒީފާއަށް އެދި ހުށަހަޅުއްވާ ފަރާތްތަކުން އިންޓަވިއުއަށް ކިޔޭނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ވީމާ، 16 ޖުލައި 2015 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މި ކޯޕަރޭޝަންގެ ހެޑް އޮފީހަށް ސިޓީ ފޮނުއްވައިދެއްވުން އެދެމެވެ.

20 ރަމަޟާން 1436

07 ޖުލައި 2015