ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)146-A1/1/2024/56
ޕަބްލިޝްކުރި ތާރީޚް: 18 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 21:15
ފެމިލީ ކޯޓް
ދިވެހިރާއްޖެ
2025 ވަނަ އަހަރު ފެމިލީ ކޯޓުން ކައިވެނިކޮށްދިނުމަށް ހަމަޖެހިފައިވާ ގަޑިތައް

 (IUL)146-A1/1/2024/56:ނަންބަރު

           އިޢުލާން

2025 ވަނަ އަހަރުގެ ހުރިހައި ދުވަހެއްގައި ފެމިލީ ކޯޓުން ކައިވެނިކޮށްދޭގޮތަށް ހަމަޖެހިފައިވާތީ، އެކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ. އެގޮތުން ކައިވެނިކޮށްދޭނީ ތިރީގައިވާ ގަޑިތަކުގައެވެ.

ކޯޓުގައި ކައިވެނިކޮށްދޭ ވަގުތުތައް:

ކޯޓުން ބޭރުގައި ކައިވެނިކޮށްދޭ ވަގުތުތައް:

 ރަސްމީ ދުވަސްތަކާއި ހުކުރު، ހޮނިހިރު ނޫން ބަންދު ދުވަސްތައް

 - 09:00 އިން 11:30 އަށް.

 - 13:00 އިން 13:30 އަށް.

 - 15:00 އިން 21:30 އަށް.

 ހަފުތާ ބަންދު (ހުކުރު، ހޮނިހިރު):

 - 15:00  އިން 21:30 އަށް (ހުކުރު)

 - 10:00 އިން 21:30 އަށް (ހޮނިހިރު)

 - ކޮންމެ ދުވަހެއްގެ ވެސް 15:00 އިން 21:30 އަށް.

 
 
 
 
 
 
 
 
 
 
 
 
 
 

- ރިސޯޓު ނުވަތަ ސަފާރީ ފަދަ ތަންތަނުގައި ކައިވެނިކޮށްދޭ ގަޑި ހަމަޖައްސާނީ އެކަމަށް އެދި ހުށަހެޅުމުން، ހުށަހަޅާ ފަރާތްތަކާއި ކޯޓުގެ ވަގުތުތަކަށް ރިޢާޔަތްކޮށްފައެވެ. 1446 ވަނަ އަހަރުގެ ރަމަޟާން މަހާއި ޝައްވާލު މަހުގެ ފުރަތަމަ 07 ދުވަހު ކައިވެނި ކޮށްދޭނެ ގަޑިތައް ކޯޓުން ފަހުން އިޢުލާން ކުރެވޭނެއެވެ.

- ވޭތުވެދިޔަ އަހަރުތަކުގައި، ހަފުތާ ބަންދު ދުވަސްތަކުގައި ކޯޓުގައި ކައިވެނިކޮށްދެމުން ނުދިޔަ ނަމަވެސް، އެކަމަށް އެދޭފަރާތްތައް އިތުރުވަމުންދާތީ، މިފެށޭ އަހަރު އެދުވަސްތަކުގައިވެސް ކޯޓުގައި ކައިވެނި ކޮށްދިނުމުގެ އިންތިޒާމު ހަމަޖެހިފައިވާ ވާހަކަ ދެންނެވީމެވެ.

18 ޑިސެންބަރު 2024