ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)430-DBA-I/1/2015/19
ޕަބްލިޝްކުރި ތާރީޚް: 09 ޖުލައި 2015
ޕަބްލިޝްކުރި ގަޑި: 13:12
ސުންގަޑި: 22 ޖުލައި 2015 14:30
ދިވެހިބަހުގެ އެކެޑަމީ
ދިވެހިރާއްޖެ
ދިވެހިބަހުގެ އެކެޑެމީގެ ކޮންސަލްޓެންޓް

އިޢުލާނު

ދިވެހިބަހުގެ އެކެޑަމީއަށް، ކޮންސަލްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރާނެ ފަރާތެއް ބޭނުންވެއެވެ. އެހެންކަމުން މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ހުށަހެޅުން އެދެމެވެ.

ބާވަތް:

ދިވެހިބަހުގެ އެކެޑެމީގެ ކޮންސަލްޓެންޓް

ބޭނުންވާ އަދަދު:

1

އުޖޫރަ:

މަހަކު -/12،000 (ބާރަ ހާސް) ރުފިޔާ

ވަޒީފާ އަދާކުރަންޖެހޭ ތަން/ ރަށް

ދިވެހިބަހުގެ އެކެޑަމީ/ މާލެ

މަސައްކަތު ގަޑި:

ރަސްމީ މަސައްކަތު ގަޑިތަކުގެ ތެރެއިން އެއްބަސްވެވޭ 6 ގަޑިއިރު

މަސައްކަތު މުއްދަތު:

5 އަހަރު. 

މަޤާމުގެ ޝަރުޠު:

  • ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ ދިވެހިބަހާއި ތާރީޚުގެ ރިސާޗް ކޮށް ފޮތް ލިޔުމުގެ ދާއިރާގައި މަދުވެގެން 15 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއެކު މި ދާއިރާގެ ރޮނގުތަކުން ދިރާސާތަކެއްހަދައި އެ ދިރާސާތައް ޝާއިޢުކޮށްފައިވުން.   
  • ބޭރުގެ ރިސާޗަރުންނާއެކު މަސައްކަތްކޮށްފައިވާ ފަރާތެއް ކަމުގައިވުން.
  • ދިވެހިބަހާއި ދިވެހިތާރީޚާއި ސަގާފަތާ ބެހޭ މަޢުލޫމާތު އެކިއެކި ފޯރަމްތަކުގައި ފަރިތަކަމާއެކު އިނގިރޭސިބަހުންނާއި ދިވެހިބަހުން ހާމަކޮށްދެވޭ ފަރާތެއްކަމުގައިވުން.        

މަޤާމުގެ މަސްއޫލިއްޔަތު:

  • ދިވެހިބަސް، ދިވެހި ތާރީޚު، ދިވެހީންގެ ސަގާފަތް، މިދާއިރާތަކުން އެކެޑަމީއަށް ބޭނުންވާ ޢިލްމީ ލަފާދިނުން.
  • ދިވެހިބަހާއި ތާރީޚާއި ސަގާފަތުގެ ދާއިރާއިން ހޮވާލެވޭ ދާއިރާތަކަށް އަހަރުތެރޭ މަދުވެގެން 3 ފަހަރެއްގެ މަތީން މަޢުލޫމާތު ދިނުމުގެ ގޮތުން ތަގުރީރު ކުރުން.
  • ދިވެހިބަހާއި ތާރީޚާއި ސަގާފަތުގެ ދާއިރާތަކުގެ މަޢުލޫމާތު އެކެޑަމީން ހޯދަން ބޭނުންވާ ފަރާތްތަކަށް އެ މަޢުލޫމާތު ފޯރުކޮށްދިނުން.
  • ފަތްތޫރަ މަޖައްލާއަށް އެކިފަރާތްތަކުން ފޮނުވާ ބަހާއި ތާރީޚާއި ސަގާފަތާ ބެހޭ ލިޔުންތަކުގެ ސައްހަކަން ބަލައިދިނުން.
  • މަހަކު އެއްފަހަރު ނެރޭ ފަތްތޫރަ މަޖައްލާގައި ހިމެނުމަށް މަދުވެގެން 1 އާޓިކަލް ތައްޔާރުކުރުން.
  • ދިވެހިބަހާއި ތާރީޚާއި ސަގާފަތުގެ ދާއިރާއިން ހޮވައިލެވޭ ދާއިރާއަކުން މަދުވެގެން 150 ޞަފްޙާގެ 1 ފޮތް ލިޔެ ތައްޔާރުކުރުން.
  • މުސްކުޅި ބަސްފޮތް ތައްޔާރުކުރުމުގައި ޢިލްމީ އެހީތެރިކަން ދިނުން.
  • ދިވެހި ތާރީޚާއި މައުނަވީ ތަރިކައާ ދިވެހިން އަހުލުވެރިކުރުވުމުގެ މަސައްކަތްކުރުން.
  • ލޯމާފާނެއް ތަރުޖަމާކުރުން.
  • މަދަރުސާ ކުދިން ދިވެހި ތާރީޚަށް އަހުލުވެރިކުރުވައި ޝައުޤުވެރިކުރުވުމަށްޓަކައި ދިވެހި ތާރީޚީ ލުއިފޮތްތައް އެކުލަވައިލައި ލިޔުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.
  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (މޯލްޑިސްވް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހައިފައިވާ ލިޔުމުގެ ކޮޕީ، އަސްލާއި އެއްގޮތްކަމުގެ ލިޔުމެއްކަން އަންގައިދޭ ތައްގަނޑު ޖަހައިފައި).
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމުގެ ލިޔުމެއްކަން އަންގައިދޭ ތައްގަނޑު ޖަހައިފައި).
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެހާއެކު) 

ސިޓީ ފޮނުވަންވީ ސުންގަޑި:

2015 ޖުލައި 22 ވާ ބުދަ ދުވަހުގެ މެންދުރުފަހުގެ 2:30  

ސިޓީ ފޮނުވަންވީ ތަން:

ދިވެހިބަހުގެ އެކެޑަމީ، ހ. ސޯސަންގެ، މާލެ

އިތުރު މަޢުލޫމާތު:

  • މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345299 ނުވަތަ 3345297 ނަންބަރު ފޯނާ އެވެ.
  • މި މަޤާމަށް އެދި ކުރިމަތިލާ މީހުންގެ ތެރެއިން މީހަކު ހޮވުމަށް ބާއްވާ ބަސްދީގަތުން އޮންނާނީ، މި އިޢުލާނުގެ މުއްދަތު ހަމަވާތާ ހަފުތާއެއްގެ ފަހުންނެވެ. ބަސްދީގަތުން އޮންނާނީ ދިވެހިބަހުގެ އެކެޑަމީ ގައެވެ.

21 ރަމަޟާން 1436

09 ޖުލައި 2015