ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)409/409/2024/93
ޕަބްލިޝްކުރި ތާރީޚް: 17 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 14:32
ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑުތަށް ސާފުކުރުމާއި ގުޅޭގޮތުން

1446 ވަނަ އަހަރުގެ ރަމަޟާންމަހަށް ނިލަންދޫގެ ދަނޑުތަށް ކަރާލުމަށް ތައްޔާރުކުރުމުގެ ގޮތުން ދަނޑުތަށް ސާފުކުރުމުގެ މަސައްކަތް ދަނޑުވެރިން މިހާރު ވަނީ ފައްޓާފައެވެ. އެހެންކަމުން އެންމެ ކާމިޔާބުކޮށް މިކަން ކުރިއަށް ގެންދެވޭނީ އެންމެހާ ދަނޑުވެރިން ގުޅިގެން އެކަންކުރުމުންކަން ޔަޤީނެވެ. އެގޮތުން ނިލަންދޫގެ ދަނޑުތަށް ކަރާލުމަށް ދަނޑުވެރިން ތައްޔާރުވަމުން އަންނަ އިރު، ކަރާ ނުލާ ދަނޑުތަކުގެ ވެރިންވެސް ދަނޑުތަށް ސާފުކޮށް ބާއްވައިދެއްވުމަކީ މިއިދާރާގެ ވަރަށް ބޮޑު އެދުމެކެވެ.   ކޮންމެ އަހަރަކުވެސް ދަނޑުވެރިންގެ ފަރާތުން ލިބެމުން އަންނަ މިޝަކުވާއަށް ހައްލު ހޯދައިދިނުމަށް މިއިދާރާއިން ބޭނުންވެއެވެ. ދަނޑުތަށް ސާފުނުކޮށް ބޭއްވުމުގެ ސަބަބުން ބަލިތަށް އުފެދި ދަނޑުވެރިކަން ކުރާ ފަރާތްތަކަށް އެކަމުން ބޮޑެތި ތަކްލީފްތަކާއި ކުރިމަތިލާން ޖެހެއެވެ.

         އެހެންކަމުން ވަރަށް އާދޭހާއެކު މިކައުންސިލުން އެދެނީ ނިލަންދޫގެ އެންމެހާ ދަނޑުތަށް ކަރާލުމުގެ ކުރިން ސާފުކޮއްދެއްވުމަށެވެ. މިދަފަ އެންމެހާ ކަންތައްތަކުގައި ނިލަންދޫ ރައްޔިތުންގެ ފަރާތުން ލިބެމުން އަންނަ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް މިފުރުސަތުގައި ޝުކުރު ދަންނަވަމެވެ.

           މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

            15  ޖުމާދަލްޢާޚިރު   1446

17 ޑިސެންބަރު 2024