ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) 101-AF/1/2015/97
ޕަބްލިޝްކުރި ތާރީޚް: 08 ޖުލައި 2015
ޕަބްލިޝްކުރި ގަޑި: 12:37
ސުންގަޑި: 23 ޖުލައި 2015 13:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ޕްރޮޑަކްޝަން އެންޑް ސަޕްލައި ޗެއިން ލޮޖިސްޓިކް އެސިސްޓެންޓް

ޢިއުލާން

މި މިނިސްޓްރީގެ ބެލެނިވެރިކަމުގެ ދަށުން ތަންފީޛުކުރެވެމުންދާ (SABAH Project) އަށް ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ހޯދުމަށް 18 މޭ 2015 ގައި ކުރެވުނު އިޢުލާން ނަންބަރު IUL) 101-AF/1/2015/69) އަށް އެކަށީގެންވާ ވަރަށް އެޕްލިކޭޝަންސް ހުށަހަޅުއްވާފައި ނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އެމަޤާމަށް އިޢުލާން ކުރަމެވެ.

މަޤާމު: ޕްރޮޑަކްޝަން އެންޑް ސަޕްލައި ޗެއިން ލޮޖިސްޓިކް އެސިސްޓެންޓް

އަދަދު : 01

ފެންވަރު ނުވަތަ ޝަރުޠު:

  • އޯލެވެލްގައި ބިޒްނަސްއާ ގުޅުން ހުރި މާއްދާއަކުން ދަށްވެގެން "ސީ" ފާސް ލިބިފައިވުން. މިގޮތުން މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން  އެހެނިހެން ތަޢްލީމީ ސަނަދެއް ހާސިލުކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • ވަޒީފާއާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 6 މަސް ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  • ކޮމްޕިއުޓަރ ބޭނުންކުރަން އެނގުމާއި އަދި އޮފީސް ސޮފްޓްވެއަރ ޕެކޭޖް ބޭނުންކުރަން އެގުން.
  • އިނގިރޭސި ބަހުންނާއި ދިވެހިބަހުން މުޢާމަލާތްކުރަން އެނގުން.

މަތީގައި އިޢުލާން ކުރެވިފައިވާ ވަޒީފާގެ އިތުރު ތަފުސީލު، މަސްއޫލިއްޔަތު އަދި ތަފުސީލު ޓާރމްސް އޮފް ރެފަރެންސް މި މިނިސްޓްރީގެ ވެބްސައިޓް http://www.trade.gov.mv އިން ޑައުންލޯޑުކުރެވޭނެއެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމުން ލިބިވަޑައި ގަންނަވާނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން: ސަބާ މޯލްޑިވްސް ޓީ.އެފް.ސީ (ޓްރޭޑް ފެސިލިޓޭޝަން ސެންޓަރ) މ.ބޭންފް ވިލާ، ދެވަނަ ފަންގިފިލާ

މަސައްކަތް ކުރަންޖެހޭ ގަޑި: ރަސްމީ ބަންދުނޫން ދުވަސްތަކުގެ ހެނދުނު 8:00ން މެންދުރުފަހު 16:00އަށް

މުސާރަ: 5,958.00 – 7,500.00 ދިވެހި ރުފިޔާ (ލިބިފައިވާ ތަޖުރިބާއަށް ބެލުމަށްފަހު، އެހެނިހެން އިނާޔަތް އަދި ޕެންޝަން ހިމެނޭގޮތުގެ މަތިން)

ވަޒީފާގެ މުއްދަތު: : 1  އަހަރު (ކޮންޓްރެކްޓް މުއްދަތު އިތުރު ކުރުމުގެ ފުރުޞަތު)

ވަޒިފާއަށް ކުރިމަތިލުމުގެ ސުންގަޑި: ވަޒީފާއަށް އެދި ސިޓީ ފޮނުވުމުގެ އެންމެ ފަހުގެ ތާރީޚަކީ 23 ޖުލައި 2015 ވާ ބުރާސްފަތި ދުވަހުގެ 13:00 އެވެ. ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ސިޓީ، ސީ.ވީ.، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ އަދި ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުގެ ރެފަރެންސް ސިޓީ ފޮނުވާނީ ސަބާ މޯލްޑިވްސްއަށް އެޑްރެސްކޮށް މ.ބޭންފް ވިލާ، ދެވަނަ ފަންގިފިލާއަށެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްދުވަހު 10:00 – 14:00 ދެމެދު 3003018 އަށް ގުޅުއްވައި ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

21 ރަމަޟާން 1436

08 ޖުލައި 2015