ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)248-CAA/248/2024/136
ޕަބްލިޝްކުރި ތާރީޚް: 18 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 13:58
ސުންގަޑި: 15 ޖަނަވަރީ 2025 14:00
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިމާމުވެ ޙިފްޡުކޮށް ތަރާވީޙް ނަމާދު ކުރުމާއި ބެހޭ

 

1446 ވަނަ އަހަރުގެ ރަމަޟާންމަހު މިރަށު 4 މިސްކިތުގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙް ނަމާދާއި ދަމުނަމާދު ކުރާނެ ދިވެހި 4 ޙާފިޡުން ހޯދަން ބޭނުންވެއެވެ. އަދި ޙިފްޡުކޮށް ތަރާވީޙް ނަމާދު ކުރަން ވަޑައިގަންނަވާ ބޭފުޅުންނަށް މިއިދާރާގެ ފަރާތުން ހަމަޖައްސަވާނެ ކަންތައްތަކާއި ޚަރަދުތަކުގެ ތަފްސީލް ތިރީގައި އެވަނީއެވެ.

  • ޙާފިޡުންގެ ދަތުރު ހަރަދާއި ފަރިއްކޮޅާއި ހުރުމުގެ ހަރަދު
  • ތަރާވީޚް ނަމާދުކުރާ ކޮންމެ ރެއަކަށް 500 (ފައްސަތޭކަ ރުފިޔާ)

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ޙާފިޡުކަމުގެ ސަނަދާއި، ލިބިފައިވާ ތަޖުރިބާ ލިޔުންތަކާއި ވަނަވަރު އަދި މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީ، އިހަވަންދޫ ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މެއިލް ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން [email protected]  އަށް މެއިލްކޮށް ދެއްވުން އެދެމެވެ. މިކަމަށް 4 ފަރާތަށް ވުރެ ގިނަފަރާތުން އެދޭނަމަ، އިމާމުވެ ޙިފްޡުކޮށް ތަރާވީޙް ނަމާދު ކުރާނެ ފަރާތެއް ހޮވާނީ ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ތަޖުރިބާ ލިޔުންތަކަށް ބަލައި އެންމެ މަތިން މާކްސް  ލިބޭ 4 ފަރާތަކަށެވެ. މިކަމަށް އެދި ސިޓީ ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ 15 ޖަނަވަރީ 2025 ވާ ބުދަ ދުވަހުގެ 14:00 އެވެ. މިކަމުގައި އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ މޯބައިލް ނަންބަރު 7741519 ނުވަތަ 9661707 އަށް ގުޅުވުން އެދެމެވެ.

 

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

 

                               17 ޖުމާދަލްއާޚިރާ 1446  

18 ޑިސެންބަރު 2024