ވަޒީފާގެ ފުރުޞަތު
ނަންބަރު: 60-ADM/2015/245
ޕަބްލިޝްކުރި ތާރީޚް: 09 ޖުލައި 2015
ޕަބްލިޝްކުރި ގަޑި: 12:31
ސުންގަޑި: 16 ޖުލައި 2015 12:30
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ޑެލިވަރީ އެސިސްޓަންޓް ގރ.1

60ADM/2015/149 ނަންބަރު އިއުލާންއަށް އެކަށީގެންވާ ކެންޑިޑޭޓުން ލިބިފައިނުވާތީ ތިރީގައި ދެންނެވިފައިވާ މަަޤާމަށް އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު: ޑެލިވަރީ އެސިސްޓަންޓް ގރ.1

އަދަދު: 03

މުސާރަ: 3240.00ރ

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް (12 މަސްދުވަސް)

މަސައްކަތް ކުރަންޖެހޭތަން: ޓްރާނސްޕޯޓް / ޑެލިވަރީ

އެހެނިހެން އިނާޔަތްތައް:

އިތުރު އެލަވަންސް: 1350.00ރ އާއި 2400.00ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.

ބޯނަސް: ކުންފުނިން ކަނޑައަޅާފައިވާ އުސޫލެއްގެ މަތިން އަހަރީ ބޯނަސް ދެވޭނެއެވެ.

އިތުރުގަޑީގައި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ޕެންޝަން: ވަޒީފާއާ ބެހޭ ޤާނޫނުގައި ކަނޑައެޅިފައިވާ އުސޫލުގެ މަތީން ޕެންޝަން ހަމަޖައްސައި ދެވޭނެއެވެ.  

ޕްރޮބޭޝަން ހަމަވުމުން ސްޓާފް އިންޝުއަރެންސް ސްކީމްގައި ބައިވެރި ކުރެވޭނެއެވެ. 

މަޤާމުގެ މަސްއޫލިއްޔަތު:

  • ކަސްޓަމަރުންނަށް މުދާޑެލިވަރ ކުރުމުގައި އެހީތެރިވުން
  • ޑެލިވަރ ކުރެވޭ މުދާތަކުގެ އަދަދު ޗެކްކޮށް ބެލެހެއްޓުން
  • ވޮޗަރަކުނެތް ވަގުތެއްގައި ވޮޗަރެއްގެ ޑިއުޓީ އަދާކުރުން
  • ފިހާރަ އަދި ގުދަނުގެ އެތެރެއާއި ބޭރު ފޮޅައި ސާފުކުރުން
  • ފިހާރައަށް އަންނަ ކަސްޓަމަރުންނަށް އެހީތެރިވުން އަދި މީގެ އިތުރުންވެސް ފިހާރާގައި ކުރަން ޖެހޭ އެހެނިހެން މަސައްކަތް ކުރުން

ތަޢުލީމާއި ތަޖުރިބާ

  • ގްރޭޑް 07 ނިންމާފައިވުން
  • އިނގިރޭސި އަދި ދިވެހިބަހުން ހުންނަތަކެތި ލިޔަންކިޔަން އެނގުން
  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކު ކަމުގައިވުން
  • މިހުންނާ ގުޅިގެން މަސައްކަތް ކުރެވޭމީހެއް ކަމުގައިވުން
  • މަޤާމާ ގުޅޭ ދާއިރާއަކުން މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 16 ޖުލައި 2015 ވާ ބުރާސްފަތި ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު އެސްޓިއޯގެ ހެޑް އޮފީސް ކައުންޓަރުން އަދި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

ވެބްސައިޓް: http://www.stomaldives.com/downloads

ނޯޓް:

  • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
  • މިމަޤާމަށް މުވައްްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައިި އެންމެ މަތިން މާކްސް ލިބޭ ފަރާތަކަކެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު/ ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ ހެޑް އޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން: 3344272، ފެކްސް: 3344041    

09 ޖުލައި 2015