މަސައްކަތް
ނަންބަރު: GS181 / N-04 / 2024 /I-15
ޕަބްލިޝްކުރި ތާރީޚް: 18 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 13:13
ސުންގަޑި: 24 ޑިސެންބަރު 2024 02:00
ތ. ދިޔަމިގިލީ މަދަރުސާ
ދިވެހިރާއްޖެ
2025 ވަނަ އަހަރު ދިޔަމިގިލީ ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

 ދިޔަމިގިލީސްކޫލް

ތ. ދިޔަމިގިލި،ދިވެހިރާއްޖެ

                                                                                                                                                                           ނަމްބަރ:GS181 / N-04 / 2024 /I-15

އިޢުލާނު

ސްކޫލްގެ ސެކިޔުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ:

       މި ސްކޫލްގެ ސެކިޔުރިޓީ  ބެލެހެއްޓުމުގެ މަސައްކަތް، 01 ޖެނުއަރީ 2025  އިން 31 ޑިސެމްބަރު 2025 ގެ ނިޔަލަށް ކޮންޓްރެކްޓް އުސޫލުން ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

  • ބޭނުންވާ އަދަދު: 03 މީހުން
  • މަސައްކަތުގެ އަގު: މަހަކު -/5000 (ފަސްހާސް) ރުފިޔާ، މީހަކަށް
  • ސްކޫލްގެ ސެކިޔުރިޓީ ބެލެހެއްޓުމުގެ މަސައްކަތަކީ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް، މަހުން މަހުން އަގުދީގެން ހޯދާ ޚިދުމަތަކަށް ވުމާއެކު، މި މަސައްކަތާ ޙަވާލުވާ ފަރާތަށް ސްކޫލުން ދޭނީ، މަސައްކަތުގެ އަގަށް ކަނޑައެޅިފައިވާ މަހަކު 5000  (ފަސްހާސް) ރުފިޔާ އެކަންޏެވެ. މި މަސައްކަތުގައި ތިބޭ މީހުންނަކީ، ސްކޫލްގެ މުވައްޒަފެއްގެ ގޮތުން މަސައްކަތްކުރާ ފަރާތަކަށް ނުވާތީ، ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން ލިބިދޭ ސަލާމާއި، ޗުއްޓީއާއި، ސަރުކާރު ބަންދު ދުވަސްތަކާއި، އިތުރުގަޑީގެ ފައިސާއާއި، ރަމަޟާންމަހުގެ ޢިނާޔަތު ފައިސާ ފަދަ އެއްވެސް އިނާޔަތެއް، ސެކިޔުރިޓީ ބަލަހައްޓާ ފަރާތަކަށް ނުލިބޭނެއެވެ.
  • މިމަސައްކަތް ކޮށްދިނުމަށް ކުރިމަތިލެވޭނީ ރަނގަޅު އަޚުލާގެއްގެ، ލިޔަންކިޔަން ދަންނަ، ޢުމުރުން 65 އަހަރުންދަށުގެ، ޞިއްޙަތު ރަނގަޅު، ދިވެހިރައްޔިތުންނަށެވެ. 
  • މަސައްކަތް ކުރަންޖެހޭނީ ސްކޫލުން ކަނޑައަޅާ ޑިއުޓީތާވަލަކާއި އެއްގޮތަށެވެ.
  • މަސައްކަތް ޙަވާލުކުރެވޭ ކޮންމެ ފަރާތަކާއިއެކު މިސްކޫލުން މަސައްކަތުގެ އެއްބަސްވުމެއް ހެދޭނެއެވެ.
  • މިމަސައްކަތް ޙަވާލުކުރުމަށް އެންމެ ޤާބިލު ފަރާތެއް ކަނޑައަޅާނީ، ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރުމަށްފަހު އިންޓަރވިއު ކޮށްގެންނެވެ.

ވީމާ، ކޮންޓްރެކްޓް އުސޫލުން މި ސްކޫލްގެ ސެކިޔުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 24 ޑިސެމްބަރ 2024 ވާ  އަންގާރަ ދުވަހު، މެންދުރުފަހު 2:00 ގެކުރިން ސިޓީއަކުން ހުށަހެޅުންވުން އެދެމެވެ. ހުށަހަޅާ ސިޓީއާއެކު ތަޢުލީމީ ސެޓްފިކެޓްތަކާއި ،އައިޑީ ކާޑުގެ ދެފުށުގެ ކޮޕީ އަދި ޕޮލިސްރިޕޯޓް ހުށަހަޅުއްވަން ވަނެއެވެ.                

16   ޖުމާދަލްއާޚިރާ  1446

18    ޑިސެމްބަރ   2024

                                                          

18 ޑިސެންބަރު 2024