ދިވެހިރާއްޖެ
މި އިޢުލާންވަނީ 18 ޑިސެންބަރު 2024 08:34 ގައި ބާތިލް ކުރެވިފައެވެ.
އިޢުލާން
މުޅި ރާއްޖެއަށް ހުޅުވާލައިގެން މޯލްޑިވްސް، މިއުޒިކް އެންޑް އާޓްސް ސެންޓަރ އިން ސިލްސިލާކޮށް، ކުރިޔައް ގެންދިއުމަށް ހަމަޖެހިފައިވާ ''މަދަހަ ރައުންޑް'' މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުމާއިގުޅޭ:
އެސް.އެސް.ޓީވީ އާއި މޯލްޑިވްސް، މިއުޒިކް އެންޑް އަރޓްސް ސެންޓަރުގެ ޢިޖުތިމާއީ ވިއުގަތައް މެދުވެރިކޮށް މުޅި ރާއްޖެއަށް ހުޅުވާލައިގެން ސިލްސިލާކޮށް، މިފަހަރުވެސް ގެނެސްދިނުމަށް ހަމަޖެހިފައިވާ ''މަދަހަ ރައުންޑް'' މުބާރާތުގެ 06 ވަނަ ސީޒަންއަށް ނަން ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލެވިފައި ކަމަށް މޯލްޑިވްސް، މިއުޒިކް އެންޑް އަރޓްސް ސެންޓަރުގެ 24 ނޮވެމްބަރ 2024 ގެ ސަރކިއުލަރ އިން ވަނީ އަނަގަވާފައެވެ.
މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 28 ފެބުރުއަރީ 2025 ން 29 މާރޗް 2025 (01 ރަމަޟާން 1447 ން 01 ޝައްވާލް 1447) އަށެވެ.
މި މުބާރާތުގައި ބައިވެރިވެވޭ އުމުރުފުރާ ތަކަކީ؛
- 06 އަހަރުން ދަށް، 09 އަހަރުން ދަށް، 11 އަހަރުން ދަށް، 13 އަހަރުން ދަށް، 16 އަހަރުން ދަށް، 18 އަހަރުން ދަށް އަދި 18 އަހަރާއި 35 އަހަރާއި ދެމެދުގެ ޒުވާނުންގެ އުމުރުފުރާތައް
މި މުބާރާތުގައި ކޮޕީ ރާގާއި، ކޮޕީ ޅެން، އަދި އަމިއްލަ ރާގާއި އަމިއްލަ ޅެން ބައިވެރިކޮށް ހުށަހަޅައި ދެވިދާނެއެވެ. އަތޮޅު ތަކުގެ ބައިވެރިން މި މުބާރާތަށް ރެކޯޑް ކުރާ މަދަހަ ސްމާޓް ފޯން ބޭނުންކޮށްގެން ރެކޯޑް ކުރެވިދާނެ އެވެ. ނުވަތަ މޯލްޑިވްސް، މިއުޒިކް އެންޑް އަރޓްސް ސެންޓަރުން މި މުބާރާތަށް ޚާއްސަކޮށްގެން ޤާއިމްކުރާ ސްޓޫޑިއޯ ސެޓްގައިވެސް ޝޫޓް ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ.
ވީމާ މިރަށުގެ ވީހާވެސް ގިނަ ބޭފުޅުން މި މުބާރާތުގައި ބައިވެރިވެދެއްވުން އެދެމެވެ. މިކަމާގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ، މޯލްޑިވްސް، މިއުޒިކް އެންޑް އަރޓްސް ސެންޓަރުގެ ނަންބަރު 9990997 އާ ގުޅުއްވައިގެން އަދި ވައިބަރ މެދުވެރިކޮށް މެސެޖު ކުރަށްވައިގެންވެސް އިތުރު މަޢުލޫމާތު ހިއްސާ ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.