ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)347-ES/347/2024/44
ޕަބްލިޝްކުރި ތާރީޚް: 16 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 08:15
ސުންގަޑި: 26 ޑިސެންބަރު 2024 12:00
އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2025 ވަނަ އަހަރަށް މިސްކިތު ޕޫލަށް އިމާމުންނާއި މުދިމުން ހޯދުން.

މަޤާމު:

އިމާމު، މުދިމް

ބޭނުންވާ ޢަދަދު:

04 (ހަތަރެއް)

މަޤާމުގެ ގިންތި:

ވަގުތީ  (ވޭޖް އެމްޕްލޮއިމަންޓް ޕޫލް)

ވަޒީފާ އަދާކުރަންޖެހޭ ތަން:

ހަންޏާމީދޫ ކައުންސިލުން ހަމަޖައްސާ މިސްކިތެއްގައި / (ހަންޏާމީދޫ ކައުންސިލްގެ އިދާރާ)

މުއްދަތު:

01 ޖެނުއަރީ 2025 އިން 31 ޑިސެމްބަރު 2025 އަށް  (މަހަކު 155 ގަޑިއިރަށްވުރެ އިތުރުނުވާގޮތަށް)

މަސައްކަތްކުރަންޖެހޭ ހާލަތް:

އިމާމުން ނާއި މުދިމުން އަދި މަސައްކަތު މީހުން އެކިއެކި ޗުއްޓީތައް ނެގުމާއި ގުޅިގެން

މުސާރަ / އުޖޫރަ:

އިމާމުކަމުގެ ޝަރުޠު ހަމަވާނަމަ ވަގުތަކަށް 61.00ރުފިޔާ އިމާމުކަމުގެ ޝަރުޠ ހަމަނުވާނަމަ ވަގުތަކަށް 53.00 ރުފިޔާ  (ދުވާލަކު 5 ވަގުތު)  

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް:

  1. ކޮންމެ ނަމާދު ވަގުތެއްގެ ލަސްވެގެން 5 (ފަހެއް) މިނިސްޓް ކުރިން މިސްކިތަށް މިސްކިތުގެ ކަންތައްތަ ބަލައި، ރަގަޅުކުރަންހުރި ކަމެއް ހުރިނަމަ، ރަގަޅުކުމާއިއެކު، ފަރުޞު ފަސްނަމާދު ވަގުތުގައި ބަންގި ގޮވުމާއި، އިމާމުވެ ނަމާދު ކުރުން
  2. މިސްކިތަށް ލިބެމުންދާ ގެއްލުންތަކާއި ދިމާވާ ދަތިތައް ކައުންސިލަށް ހުށަހެޅުން
  3. ކައުންސިލް އިދާރާއިން އަންގައިފި ހިނދެއްގައި، ހަމަޖެހިފައިވާ އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން، ހުކުރު ނަމާދާއި، ކޭތަނަމާދާއި، ޢީދުނަމާދާއި، ކަށުނަމާދު ކުރުން.
  4. މިސްކިތުގައި ދީނީ ދަރުސްދިނުންފަދަ ޕްރޮގްރާމުތައް ހިންގާނަމަ، އެފަދަ ޕްރޮގްރާމުތަކަށް ބޭނުންވާ އެހީތެރިކަން ދިނުން
  5. މިސްކިތާއި ބެހޭގޮތުން، ރައްޔިތުންކުރާ ޝަކުވާގެ އަޑުއަހާ އެ ޝަކުވާތައް ކައުންސިލްއިދާރާއަށް ހުށަހެޅުން.

މަޤާމުގެ ޝަރުތުތައް:

 

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށް ދިނުމާއެކު، މުދިމް ކަމުގެ ސަނަދު ލިބިފައިވުން، ނުވަތަ،

ހުކުރު ކުރުމުގެ ސަނަދު ލިބިފައިވުން. ނުވަތަ، ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ދައްވެގެން ލެވެލް 3 ގެ ސަނަދެއް ޙާޞިލް ކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ މުދިމުންނާއި އިމާމުން އަދި މަސައްކަތު މީހުންގެ ޕޫލުގައި ބައިވެރިވުމަށްއެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ސާފު ކޮޕީ
  3. ލިބިފައިވާ ތަޢުލީމު ސެޓްފިކެޓްތަކުގެ ކޮޕީ
  4. ވަޒީފާގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ
  5. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

-          ޙާޞިލުކޮށްވައިވާ ތަޢުލީމާއި ތަމްރީނު                      

-          މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ      

-          ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން      

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށްއެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2024 ޑިސެމްބަރު 26 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން އދ. ހަންޏާމީދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށްއެދޭ ފޯމައި ލިޔުންތައް  މެއިލް މެދުވެރިކޮށްވެސް ބަލައި ގަންނާނެއެވެ. މެއިލް ކުރައްވާނީ: [email protected]

ނޯޓް: މެއިލް ކުރާނަމަ ވަޒީފާއަށް އެދޭ ފޯމާއި ހުށަހަޅާ އެހެނިހެން ލިޔުންތައް އެއްފައިލަކަށް ޕީ ޑީ އެފް ކުރުމަށްފަހު ފައިލުގައި ފޯމު ހުށަހަޅާ ފަރާތުގެ ނަމާއި އައި ޑީ ކާޑު ނަންބަރު ޖަހާފައި މެއިލް ކުރުމަށް ދަންނަވަމެވެ.

އިންޓަރވިއު އޮންނާނެތަނާއި މުއްދަތު

މިމަޤާމަށް މީހުން ނެގުމަށް ބައްވާ އިންޓަވިޔު އޮންނާނެ ތާރީޚެއް މިކަމަށް އެދޭ ފަރާތްތަކަށް އަންގާނަމެވެ.

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުމަށް ގުޅާނީ 6680056 ނަންބަރަށެވެ. އީމެއިލް ކުރާނަމަ، އީމެއިލް ކުރާނީ [email protected]

16 ޑިސެންބަރު 2024