ކުއްޔަށް ދިނުން
ނަންބަރު: GS52/IUL/2024/060
ޕަބްލިޝްކުރި ތާރީޚް: 17 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 00:20
ސުންގަޑި: 26 ޑިސެންބަރު 2024 12:00
ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލް
ދިވެހިރާއްޖެ
ލ. ރެސިޑެންޝަލް ލަރނިންގ ސެންޓަރ (ދަނާލު)ގެ 02 އެޕާރޓުމަންޓު ކުއްޔަށް ދިނުން

ލ.ރެސިޑެންޝަލް ލަރނިންގ ސެންޓަރ (ދަނާލު) ގެ އެޕާޓްމެންޓްތައް ކުއްޔަށް ދިނުމާއި ގުޅޭ

ލ. ގަމުގައި ޤާއިމްކުރެވިފައިވާ ރެސިޑެންޝަލް ލަރނިންގ ސެންޓަރ (އާރ.އެލް.ސީ) / ދަނާލުގެ ޚިދުމަތަށް އެދޭފަރާތްތަކަށް  އެޕާޓްމެންޓްތައް ދޫކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން އިން ކަނޑައަޅުއްވާފައިވާ އުޞޫލުތަކާއި އެއްގޮތަށް ދަނާލުގައި މިވަގުތު ހުސްކޮށްހުރި 02 އެޕާޓްމެންޓަށް އެދި ހުށައެޅުމުގެ ފުރުސަތު ޢާންމުކޮށް ހުޅުވާލަމެވެ.

  1. އާރު.އެލް.ސީ (ދަނާލު) ކުއްޔަށް ދެވޭނެ ފަރާތްތައް:

ހ. އެޕާޓްމެންޓް ކުއްޔަށް ދޫކުރެވޭނީ ލ. ގަމުގައި އަމިއްލަ ގޯތިގެދޮރު ނެތް، ލ. ގަމުގެ ވަޒަންވެރިންކަމުގައި ނުވާ، ރަށުން ބޭރު ފަރާތްތަކަށެވެ.

ށ. އާރު.އެލް.ސީ/ ދަނާލު އެޕާޓްމެންޓް ދޫކުރެވޭނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކަނޑައަޅުއްވާފައިވާ ކުއްޔަށް، އެ އެޕާޓްމެންޓްގައި އުޅޭނެ ދަރިވަރުން ބެލެހެއްޓުމާއި ހަވާލުވެހުންނަ ބެލެނިވެރިއަކަށެވެ.

 

2. އާރު އެލް ސީ (ދަނާލު) ބޭނުންކުރެވޭނެ ފަރާތްތައް:

ހ. އާރު.އެލް.ސީ ބޭނުންކުރެވޭނީ އާރު.އެލް.ސީ ހުންނަ ރަށުގައިހުރި ތަޢުލީމުދޭ ސުކޫލް/މަދަރުސާއެއްގައި ރަޖިސްޓަރީވެގެން ކިޔެވުމަށް އެރަށަށް އައިސްތިބޭ އެހެން ރަށްރަށުގެ ދަރިވަރުންނަށާއި އެފަދަ ކުދިންނާއި ހަވާލުވެގެން ތިބޭ ބެލެނިވެރިންނަށެވެ.

ށ. އާރު.އެލް.ސީ އިން ޖާގަ ދިނުމުގައި ދަރިވަރެއްގެ އަމިއްލަ ރަށުގައި ލިބެންނެތް ތަޢުލީމީ ޚިދުމަތެއް ލިބިގަތުމަށް ނުވަތަ މަރުހަލާއެއް ފުރިހަމަކުރުމަށް އަންނަ ދަރިވަރުންނަށް އިސްކަންދެވޭނެއެވެ.

3. އާރު.އެލް.ސީގެ އެޕާޓްމެންޓްތައް ދޫކުރުމަށް ހަމަޖެހިފައިވާ ގޮތް:

ހ. އާރު.އެލް.ސީގެ ކޮންމެ އެޕާޓްމެންޓެއްވެސް ދޫކުރެވޭނީ އެ އެޕާޓްމެންޓެއްގައި ދަރިވަރުންނާއި ހަވާލުވެގެން ހުންނަ ބެލެނިވެރިއެއްގެ އިތުރުން މަދުވެގެން 03 ދަރިވަރުން (ސުކޫލް ދަރިވަރުން) އެ އެޕާޓްމެންޓްގައި ދިރިއުޅެން ހުށައަޅާފައިވާނަމައެވެ.

 ށ. އާރު.އެލް.ސީގެ އެޕާޓްމެންޓް ދޫކުރެވޭނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކަނޑައަޅުއްވާފައިވާ ކުއްޔަށް، އެ އެޕާޓްމެންޓްގައި އުޅޭނެ ދަރިވަރުން ބެލެހެއްޓުމާއި ހަވާލުވެހުންނަ ބެލެނިވެރިއަކަށެވެ.

ނ. ކޮންމެ އެޕާޓްމެންޓެއްވެސް ދޫކުރެވޭނީ އެޕާޓްމެންޓް ކުއްޔަށް ހިފާ ފަރާތާއި އާރު.އެލް.ސީ ބަލަހައްޓާ ފަރާތާއި ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.

ރ. ކޮންމެ އެޕާޓްމެންޓެއްވެސް ކުއްޔަށްދެވޭނީ މަދުވެގެން 03 މަސް ދުވަހުގެ މުއްދަތަށް އަދި ގިނަވެގެން 01 އަހަރު ދުވަހުގެ މުއްދަތަށެވެ. އެގޮތުން އެޕާޓްމެންޓް ކުއްޔަށްދެވޭނީ ހިންގަމުންދާ ދިރާސީ އަހަރުގެ ނިޔަލަށެވެ.

ބ. އެޕާޓްމެންޓް ކުއްޔަށް ހިފާފައިވާ ފަރާތުގެ ބެލެނިވެރިކަމުގެ ދަށުން ކިޔަވަމުންދާ ދަރިވަރުންގެ ކިޔެވުން ފުރިހަމަވުމުން އެޕާޓްމެންޓް ދޫކޮށްލަންޖެހޭނެއެވެ.

ޅ. ހަމަޖެހިފައިވާ ކުއްޔާއި، ކަރަންޓަށް ހިނގާ ޚަރަދު އެޕާޓްމެންޓާއި ޒިންމާވާ ފަރާތުން ޤަވާޢިދުން ދައްކަންޖެހޭނެއެވެ.

ކ. އެޕާޓްމެންޓް ކުއްޔަށްހިފާފައިވާ ބެލެނިވެރިޔާއަށް، އެ އެޕާޓްމެންޓްގައި ކުއްޔަށް ދަރިވަރުން ބޭތިއްބިދާނެއެވެ. އެހެންނަމަވެސް އެގޮތުން ބައިތިއްބާ ދަރިވަރުން ވާންޖެހޭނީ ސުކޫލުގައި ތަޢުލީމު ހާސިލު ކުރާ ދަރިވަރުން ކަމުގައެވެ. އަދި އެދަރިވަރުންގެ ކަންކަމާއި ޒިންމާ ވާންޖެހޭނީ އެ އެޕާޓްމެންޓް ކުއްޔަށް ހިފާފައިވާ ބެލެނިވެރިޔާއެވެ.

އ. އެޕާޓްމެންޓް ދޫކުރުމުގައި އިސްކަންދެވޭނީ އެ އެޕަރޓުމަންޓުގައި އުޅޭނެކަމަށް ހުށަހަޅާ ދަރިވަރުންގެ ޢަދަދަށެވެ. އަދި އެޕާޓްމެންޓް ދޫކުރެވޭނީ ޕޮއިންޓް އުސޫލުން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތްތަކަށެވެ.

4. އެޕާރޓުމަންޓަށް އެދެންވީ ގޮތާއި ސުންގަޑި :

ހ. އެޕާރޓުމަންޓަށް އެދޭ ފޯރމް މި އިޢުލާނާއި އެކު ހިމެނިފައިވާނެއެވެ. އަދި ފޯރމް ބަލައިގަތުން އޮންނާނީ ސްކޫލުގެ އިދާރާއިން ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން މެންދުރުފަހު 13:00 އަށެވެ. މީގެ އިތުރުން އީމެއިލްގެ ޒަރިއްޔާއިންވެސް އެޕާރޓުމަންޓަށް އެދޭ ފޯރމާއި ލިޔެކިޔުންތައް ހުށަހެޅިދާނެއެވެ. އީމެއިލް: [email protected]

ށ. ފޯރމް ހުށަހަޅަންޖެހޭ ސުންގަޑި: 26 ޑިސެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ނިޔަލަށް.

 ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

17 ޑިސެމްބަރ 2024

17 ޑިސެންބަރު 2024