ވަޒީފާގެ ފުރުޞަތު
ނަންބަރު: 188-PSM/IUL/2015/72
ޕަބްލިޝްކުރި ތާރީޚް: 13 ޖުލައި 2015
ޕަބްލިޝްކުރި ގަޑި: 11:56
ސުންގަޑި: 30 ޖުލައި 2015 14:00
ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ޑިރެކްޓަރ

ޑިރެކްޓަރ

މަޤާމު

އީ.އެކްސް 1/ ޑިރެކްޓަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ

މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ / ރ. އިންނަމާދޫ

އޮފީސް/ އިދާރާ/ ސެކްޝަން

ވަޒީފާ އަދާކުރަން ޖެހޭ ތަނާއި ރަށް

8,835.00 ރުފިޔާ

މުސާރަ

2000.00 ރުފިޔާ

ސަރވިސް އެލެވަންސް

1 (އެކެއް)

ދާއިމީ

ބޭނުންވާ އަދަދު

ގިންތި

  • ޒިންމާދާރު ވެރިޔާގެ ގޮތުގައި އިދާރާގެ އެންމެހައި ކަންތައްތައް ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އިސްވެ ބެލެހެއްޓުން.
  • ސެކްޝަންތަކުގައި ކުރުމަށް ޙަވާލުކުރެވޭ މަސައްކަތްތައް ބަލައި މޮނިޓަރކުރުން
  • ސެކްޝަނަށްލިބޭ ސިޓީތަކާއި، ޗިޓްތަކުގައި ހުންނަންޖެހޭ މަޢުލޫމާތު ފުރިހަމައަށްހުރިތޯ ޗެކުކޮށް މަޢުލޫމާތު ފުރިހަމަ މައްސަލައެއްނަމަ އެމަސައްކަތް ކުރުމަށް ޒިންމާދާރުކުރެވިފައިވާ މުވައްޒަފާއި ޙަވާލުކޮށް ކުރިއަށް ގެންދެވުން، މަޢުލޫމާތު ފުރިހަމަނުވާ ނުވަތަ ސާފުނުވާ މައްސަލަތައް ކަމާބެހޭ ފަރާތްތަކާ ގުޅައިގެން ފުރިހަމަ ކުރުމަށް މަސައްކަތް ޙަވާލުކުރެވިފައިވާ މުވައްޒަފާއި ޙަވާލުކޮށް ކުރިއަށް ގެންދެވުން.
  • ސެކްޝަނަށްލިބޭ ސިޓީތަކުގެ މަޢުލޫމާތު ކައުންސިލް އިދާރާ ހިންގުމާއި ޙަވާލުވެހުންނެވި ކައުންސިލްގެ ރައީސް ނުވަތަ ކައުންސިލް އިދާރާގެ ޑިރެކްޓަރގެ ލަފާހޯއްދަވާ އެސިޓީ މެސެޖް ފަދަ ލިޔުންތަކަށް ދޭންޖެހޭ ޖަވާބުތައް ތައްޔާރުކުރުމަށް ކަމާބެހޭ މުވައްޒަފުންނާއި ޙަވާލުކޮށް އެކަންކަން ހިގާނނުހިގާގޮތް ބެލެހެއްޓުން.
  • ރަށުކައުންސިލް އިދާރާގެ މަޤާމުތަކަށް މުވައްޒަފުންލެއްވުމާއި ވަޒީފާ ބަދަލުކުރުމާއި އިދާރާގެ ޑިރެކްޓަރ/ކައުންސިލްގެ ރައީސް އަންގަވާގޮތެއްގެ މަތީން ސިވިލްސާރވިސް ކޮމިޝަނަން ހުށަހެޅުމާ ބެހޭ މަސައްކަތްތައްކުރުން.
  • ސެކްޝަނުންކުރައްވާ މަސައްކަތްތަކާ ގުޅޭގޮތުން އެކިއެކި މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާ ބޭފުޅުންނާ ބައްދަލުކޮށް އެބޭފުޅަކު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ މަޢުލޫމާތެއް ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ސާފުކޮށްދެއްވުމާއި، ޔުނިޓާ ގުޅޭ މައްސަލަތަކާ ބެހޭގޮތުން އަންނަ ފޯނުކޯލްތަކަށް ޖަވާބުދިނުން.
  • ރަށުކައުންސިލް އިދާރާގެ ހުރިހާ ސިވިލްސަރވިސް މުވައްޒަފުންގެ ރެކޯޑް ފައިލްތައް ބެލެހެއްޓުން
  • ރަށުކައުންސިތަކަށް ބޭނުންވާ އެކިއެކިކަންމާ ގުޅޭގޮތުން ދޭންޖެހޭ މަޝްވަރާއާއި ލަފާދިނުން.
  • ރަށުކައުންސިލް އިދާރާގެ އޮނިގަނޑަށް އަންނަ ބަދަލުތަކާއި، ސަރުކާރުގެ އޮފީސްތަކަށް އަންނަ ބަދަލުތައްފަދަ ބަދަލުތަކާއި، މުވައްޒަފުންނަށް އަންނަ އެކިއެކި ބަދަލުތަކާއި ގުޅިގެން ދުވަހުންދުވަހަށް ރެކޯޑްތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.  
  • ރަށު ކައުންސިލުން ޕެސްޓް (ރަށުގައި ފެތުރެމުންދާ އާންމުބަލިތައް) ކޮންޓްރޯކުރުމަށް ކުރަމުންގެންދާ މަސައްކަތްތައް ހިނގާނުހިގާގޮތްބަލާ މޮނިޓަރކުރުން.
  • ކައުންސިލް އިދާރާއިން ކުރުމުންގެންދާ ޙާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އިދާރާގެ މަސައްކަތްތަކުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެންކަންތައްތައްކުރުން.
  •  ކައުންސިލްގެ ޖަލްސާތަކުގެ އެޖެންޑާ ތައްޔާރުކޮށް އެޖެންޑާ ފޮނުވުމާއި އަދި ޖަލްސާތަކުގެ ޔައުމިއްޔާ ލިޔުން
  • ހިއުމަން ރިސޯސަން މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓްގެ މަސައްކަތްތައް ކުރިއަށް ގެންދިއުން
  • ހަވާލުވެފައިވާ މަސައްކަތްތަކާ ގުޅިގެން އަދާކުރައްވަންޖެހޭ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުންލައްވައި ކުރުވުން.
  • ޕަރމަންޓް ސެކްރެޓަރީންނާއި، ޒިއްމާދާރު އިސްވެރިން އަދި ޒިއްމާދާރުވެރިން ޢަމަލުކުރަންޖެހޭ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތަށް ޒިއްމާދާރުވެރިންގެ މަސްޢޫލިއްޔަތާއި ވާޖިބުތައް އަދާކޮށް އަދި ޒިއްމާދާރުވެރިން އޮފީހުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  • ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
  • ލިބިފައިވާ ތައުލީމާއި ތަމްރީނު (%30)
  • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ (% 10)
  • ލިބިފައިވާ ހުނަރު
  1. އިންޓަރވިއު އަދި ޕްރެޒެންޓޭޝަން (%30)
  2. އިމްތިޙާނު (%30)

2015 ޖުލައި 30 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 14:00 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް އަދި ފެކްސް މެދުވެރިކޮށް ބަލައިގަނެވޭނެ އެވެ. (އީމެއިލް:[email protected]/ ފެކްސް ނަންބަރު:3303648)

މަޤާމުގެ ޝަރުޠުތައް

 

 

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

 

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

 

 

 

 

 

 

 

 

 

 

އިންޓަރވިއު،  އިމްތިޙާނުއަދި ޕްރެޒެންޓޭޝަން އޮއްނާނެ ތަނާއި، މުއްދަތު:

ޝޯޓް ލިސްޓްކުރުން:

 

ވަޒީފާއަށް ހޮވޭ ފަރާތަށް ސެލްކްޝަން ޕްރޮސެސްއިން މަދުވެގެން ލިބެންޖެހޭނެ މާކްސް:

އުޖޫރައާއި އިނާޔަތްތައް:

  • ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (މި ފޯމު ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓުން www.csc.gov.mv ޑައުންލޯޑު ކުރެވޭނެއެވެ.)
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (އެޕްލިކޭޝަން ފޯމާއެކުވާ).
  • ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރާއްޖޭގެ ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  • ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)

(ށ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓްފިކެޓްތައް (އެކްރެޑިޓްކޮށްފައި ނުވި ނަމަވެސް)

  • ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (2015 މޭ 1 ވަނަ ދުވަހުގެ ފަހުގެ ތާރީޚެއްގައި ހޯދާފައިވާ ލިޔުމެއް ކަމުގައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިޙާނު، އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ 2015 އޮގަސްޓް 16 އާ 2015 އޮގަސްޓް 30 އާ ދެމެދު ސިވިލް ސަރވިސް ކޮމިޝަން (ވެލާނާގެ 12 ވަނަ ފަންގިފިލާ) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި ޕްރެޒެންޓޭޝަން ހުށަހެޅުމަށާއި އިންޓަރވިއުއަށް އަދި އިމްތިހާނަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ.

މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 5 އަށްވުރެ ގިނަނަމަ، ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 5 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

  • ޖުމްލަ އިންސައްތަ %35
  • އިމްތިޙާނުން މަދުވެގެން ލިބެންޖެހޭ އިންސައްތަ: ކޮންމެ ކަރުދާހަކުން %33
  • (33% ކޮންމެ ކަރުދާހަކުން ނުލިބޭ ފަރާތްތަކާ އިންޓަރވިއު ނުކުރެވޭނެއެވެ.
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  • ދިވަހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
 

ނޯޓް:

  • އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓް ނޫން ދާއިރާތަކުން އަތޮޅު ނުވަތަ ރަށު ކައުންސިލްގެ އިދާރާގެ ސިވިލް ސަރވިސްގެ އިސް މަގާމުތަކަށް ޝަރުޠު ހަމަވެގެން ނަގާ ފަރާތްތައް 6 މަސް ދުވަހުގެ މުއްދަތުގެ ތެރޭގައި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓް އިން ހިންގާ މެނޭޖްމަންޓް ކޮމްޕީޓެންސީ ތަމްރީނު ޕްރޮގްރާމް ފުރިހަމަ ކުރަން ޖެހޭނެއެވެ.
  • އިމްތިޙާނުގެ ގޮތުގައި ދެވޭ ކޮންމެ ކަރުދާހަކުން %33 ނުލިބެ ފަރާތްތަކާ އިންޓަރވިއު ނުކުރެވޭނެއެވެ.
  • "މަޤާމަށް އެދޭ މީހުން ސްކްރީން ކުރުމާއި، ޝޯޓްލިސްޓް ކުރުމާއި، ހޮވުމާއި ޢައްޔަން ކުރުމުގެ ކްރައިޓީރިއާ" ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގައި އާންމުކުރެވިފައިވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3307336 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3303648 އެވެ. އީ-މެއިލް ކުރައްވާނީ [email protected] އަށެވެ.

26 ރަމަޟާން 1436

13 ޖުލައި 2015