ސްޓާފް ޑިވެލޮޕްމަންޓް ޕުރޮގުރާމު
|
ޔުނިވަރސިޓީ / އިންސްޓިޓިއުޓް
|
ގައުމު
|
ކޯހުގު މުއްދަތު
|
ކޯހުގެ ފެންވަރު
|
ކޯހުގެ އަދަދު
|
ކޯހުގެ ނަން
|
WMO Regional Training Center, IMD, Pune, India or Qatar Aeronautical College, Doha
|
އިންޑިޔާ ނުވަތަ ޤަތަރު
|
1 އަހަރު
|
އެޑްވާންސްޑް ޑިޕްލޮމާ
|
5
|
އެޑްވާންސްޑް މީޓިއޮރޮލޮޖިކަލް ޓްރެއިނިން ކޯސް
( ބޭސިކް އިންސްޓްރަކްޝަން ޕެކޭޖް ފޯ މީޓިއޮރޮލޮޖިސްޓް )
|
- އެދޭ ކޯހަކާގުޅޭ ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން. (ގުޅޭ ދާއިރާތައް: މެތެމެޓިކްސް، ފިޒިކްސް، އެންވަޔަރަންމަންޓަލް ސައިންސް، އެޓް މޮސްފެރިކް ސައިންސް، ކުލައިމެޓޮލޮޖީ)
(ކޯހަށް އެދި ހުށަހަޅާ ޑިގްރީ ސެޓުފިކެޓަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ވެލިޑޭޓް ކޮށްފައިވާ ސެޓުފިކެޓަކަށް ވާންޖެހޭނެއެވެ.)
|
ކޯހުގެ ޝަރުތު
|
- މިކޯހަށް ކެންޑިޑޭޓުން ނޮމިނޭޓްކުރެވޭނީ "ސްޓާފް ޑިވެލޮޕްމަންޓް" ގެ އުސޫލާއެއްގޮތްވާގޮތުގެ މަތީންނެވެ.
- މިކޯހާބެހޭ އިތުރު މަޢުލޫމާތާއި އެޕްލިކޭޝަން ފޯމް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ ވެބްސައިޓް www.www.meteorology.gov.mv/uploads/Application-MMS.pdf އިން ލިބެން ހުންނާނެއެވެ.
- ކޯހަށް ހުށަހަޅާ ޑިޕްލޮމާއިން ފެށިގެން މަތީސެޓުފިކެޓުތަކަކީ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓަކަށް ވާންވާނެއެވެ. އަދި ބެޗްލަރސް ޑިގްރީ ސެޓުފިކެޓު ނުލިބޭފަރާތްތަކުން ޕްރޮވިޝަނަލް ސެޓުފިކެޓު ހުށަހަޅާނަމަ އެކެންޑިޑޭޓެއް ފުރިހަމަ ކޮށްފައިވާ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ޤަބޫލްކުރާ ޔުނިވަރސިޓީއަކުން ފުރިހަމަ ކޮށްފައިވާ އަދި އެއޮތޯރިޓީއިން ޤަބޫލްކުރާ ފެންވަރެއްގެ ކޯހެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅަންވާނެއެވެ. އަދި އެސެޓުފިކެޓުތަކާއެކު ތަޢުލީމު ޙާޞިލްކުރި ކޯހުގެ ޓްރާންސްކްރިޕްޓް ހުށަހަޅުއްވަންވާނެއެވެ.
- މިސްކީމްގެ ދަށުން ކޮންމެ ކެންޑިޑޭޓަކަށްވެސް ހުށަހެޅޭނީ 1 (އެކެއް) އެޕްލިކޭޝަން ފޯމެވެ. އެއްކޯހަށްވުރެ ގިނަ ކޯހަށް އެޕްލިކޭޝަން ހުށަހަޅުއްވާފައިވާނަމަ އެޕްލިކޭޝަން ބާތިލް ކުރެވޭނެއެވެ.
- އެކެންޑިޑޭޓަކު ބެޗްލާރސް ޑިގްރީ ޙާޞިލްކުރި ޔުނިވަރސިޓީއެއްގެ ގްރޭޑިން އާންމުކޮށް ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ބަލާ ގްރޭޑިންގ ސްކީމާ ތަފާތުނަމަ ގްރޭޑިންގ ކްރައިޓީރިއާ ހުށަހަޅަންވާނެއެވެ. ގްރޭޑިން ކްރައިޓީރިއާ ހުށަހަޅާފައިނުވާނަމަ، ޓްރާސްކްރިޕްޓަށް ޕޮއިންޓް ދިނުމުގައި ބެލެވޭނީ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ބަލަމުންގެންދާ އުޞޫލުގެ މަތިންނެވެ. ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ޕޮއިންޓް ދޭގޮތުގެ ތަފުސީލު ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަންގެ ވެބްސައިޓުން (http://www.dhe.gov.mv) ލިބެން ހުންނާނެއެވެ.
- މިކޯހަށް ހޮވޭ ފަރާތުން ކޯސް ފުރިހަމަކުރުމަށްފަހު މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް ގައި ޚިދުމަތްކުރުމަށް ބޮންޑް ކުރެވޭނެއެވެ. އަދި ކޯސް ނިންމައި ސެޓުފިކެޓު ހާސިލު ކުރުމުން ވަޒީފާ އަދާކުރަންޖެހޭނީ ހުޅުލޭގައި ހުންނަ ނޭޝަނަލް މީޓިއޮރޮލޮޖިކަލް ސެންޓަރުގައެވެ.
- ޑިޕްލޮމާއިންފެށިގެން މަތީގެ ކޯސްތައް ފުރިހަމަ ކޮށްފައިވަނީ އެހެން ކޯހަކުން ކްރެޑިޓް ލިބިގެން ކަމުގައި ވަނީނަމަ އެޕްލިކޭޝަން ހުށަހަޅާއިރު ކުރިން ހަދާފައިވާ ކޯސްތަކުގެ ޓްރާންސްކްރިޕްޓް ހުށަހަޅަންވާނެއެވެ. މިގޮތުން ހުށަނާޅާ ފަރާތްތަކުގެ ޓްރާންސްކްރިޕްޓަށް ޕޮއިންޓް ދެވެން ނޯންނާނެތީ އެ ފަރާތްތަކުގެ އެޕްލިކޭޝަން ބާތިލް ކުރެވޭނެއެވެ.
- ހުށަހަޅަންޖެހޭތަކެތި ހަމަޔަށް ހުށަހަޅުއްވާފައިނުވާ އެޕްލިކޭޝަންތައް ޑިސްކޮލިފައި ކުރެވޭނެއެވެ.
|
އިތުރު މަޢުލޫމާތު
|
- ކޯހަށް އެދި ފުރިހަމަކޮށްފައިވާ ފޯމާއި އެފޯމުގައި ބަޔާންކޮށްފައިވާ ތަކެތި
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީގައި އަސްލާ އެއްގޮތްކަމަށް ސަރުކާރު އޮފީހަކުން ނުވަތަ ލޯފާމަކުން ނުވަތަ އެމީހަކު ވަޒީފާއަދާކުރާ އޮފީހަކުން ނުވަތަ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން ތައްގަނޑުޖެހި އަސްލު. (އެޓެސްޓް ކޮށްފައިވާ ލިޔުމުގައި އެޓެސްޓްކޮށްފައިވާ އޮފީހެއްގެ ތައްގަނޑާއި އަދި ސޮއިކުރެވޭ ބޭފުޅެއްގެ ނަން، މަޤާމު، ސޮއި އަދި ތާރީޚު އޮންނަންވާނެއެވެ).
- އެޓެސްޓެޑް އޮރިޖިނަލް ސެޓުފިކެޓުތަކުން ނަގާފައިވާ ކޮޕީ، އަދި އެޓެސްޓެޑްކޮށްފައިވާ ސްކޭން ކޮޕީ ޤަބޫލެއް ނުކުރެވޭނެއެވެ. އަދި އެޓެސްޓޭޝަން ފުރިހަމަ ނޫންނަމަ އެޕްލިކޭޝަން ބާތިލްކުރުމުގެ އިޚުތިޔާރު ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނަށް ލިބިގެންވެއެވެ.
- ކޯހަށް އެދި ހުށަހަޅާ ޑިޕްލޮމާއިން މަތީ ސެޓުފިކެޓުތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓަކަށްވާންޖެހޭނެއެވެ. އަދި ޑިގްރީ ސެޓުފިކެޓު ނުލިބޭ ފަރާތްތަކުން ޕްރޮވިޝަނަލް ސެޓުފިކެޓު ހުށަހަޅާނަމަ އެކެންޑިޑޭޓެއް ފުރިހަމަކޮށްފައިވާ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އިން ޤަބޫލުކުރާ ޔުނިވަރސިޓީއަކުން ފުރިހަމަކޮށްފައިވާ އަދި އެއޮތޯރިޓީއިން ޤަބޫލުކުރާ ފެންވަރެއްގެ ކޯހެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅުއްވަން ވާނެއެވެ. އަދި އެސެޓުފިކޭޓާއެކު ތަޢުލީމު ޙާޞިލްކުރި ކޯހުގެ ޓްރާސްކްރިޕްޓް ހުށަހަޅުއްވަންވާނެއެވެ.
- ކޯހަށް އެދޭ ފަރާތުގެ ވަނަވަރު (ވަނަވަރުގައި ކެންޑިޑޭޓުގެ ސޮޔާއި ތާރީޚު އޮންނަންވާނެއެވެ).
- ސަރުކާރުގެ ނުވަތަ އަމިއްލަ ފަރާތުގެ ޚިދުމަތްކުރުމުގެ ބޮންޑެއް އޮތްމީހަކުނަމަ، އެތަނުން އެމީހަކު ދޫކުރާނެކަމުގެ ލިޔުން.
- ކޯސް ފުރިހަމަށްފަހު މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގައި ޚިދުމަތްކުރުމާމެދު އިޢުތިރާޒެއް ނެތްކަމުގެ ލިޔުމެއް.
- ޚިދުމަތް ކޮށްފައިވާ މުއްދަތު އަންގައިދޭ ލިޔުމެއް.
- އައިޑީ ކާޑުގެ ކޮޕީ
|
ހުށަހަޅަންޖެހޭ ތަކެތި
|
މިކޯސްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ އާއި ސީވީ އަދި ޚިދުމަތް ކޮށްފައިވާ މުއްދަތު އަންގައިދޭ ލިޔުން 29 ޖުލައި 2015 ވާ ބުދަ ދުވަހުގެ 12:00ގެ ކުރިން ހުޅުލޭގައި ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ ޕްލޭނިންސެކްޝަނަށް ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ. ހުށަހަޅުއްވާ ސެޓުފިކެޓުތަކަކީ މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުން ވެލިޑޭޓް ކޮށްފައިވާ ސެޓުފިކެޓުތަކަކަށް ވާންޖެހޭނެއެވެ.
|
ސުންގަޑި:
|
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3332612 / 3323084 މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ ޕްލޭނިންގ ޔުނިޓަށް ގުޅުއްވުން އެދެމެވެ.
26 ރަމަޟާން 1436
|