ދިވެހިރާއްޖެ
ފިއުލް ޝެޑެއް އިމާރާތްކޮށް ހިންގުމަށް ގއ.ނިލަންދޫ ޖެޓީ ސަރަހައްދުން 2500 އަކަފޫޓުގެ ބިމެއް 20 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމަށް މި ކައުންސިލުން ނިންމާފައިވެއެވެ. ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 25 ޑިސެމްބަރ 2024 ވާ ބުދަ ދުވަހުގެ 11:00 އަށް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.
ބީލަމާބެހޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއިއެކު ހީރަސް ކުރެވިފައިވާނެއެވެ. މިމަސައްކަތާއި ގުޅޭ ޕްރޮޕޯސަލް ހުށަހަޅަންޖެހޭ ތަން އަދި ތާރީޚް ތިރީގައި ބަޔާންކުރެވިފައި އެވަނީއެވެ.
ތަފްޞީލް |
ތަން |
ތާރީޚް |
ދުވަސް |
ވަގުތު |
ޕްރޮޕޯސަލް ހުށަހެޅުން |
ގއ.ނިލަންދޫ ކައުންސިލްގެ އިދާރާ |
25 ޑިސެމްބަރ 2024 |
ބުދަ |
11:00 |
މިއިޢުލާނާއި ގުޅިގެން ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުސަތު ހުޅުވާލެވިފައިވަނީ ހަމައެކަނި ރަޖިސްޓްރީކޮށްފައިވާ ކުންފުނި، ލޯކަލް އިންވެސްޓްމެންޓް، ޕާރޓްނަރޝިޕް އަދި އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށެވެ. މިއިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. ނުވަތަ 4000012 ނަންބަރަށް ގުޅުއްވުން އެދެމެވެ. މައުލޫމާތު ޝީޓާއި އެއްގޮތަށް އަންދާސީ ޕްރޮޕޯސަލް ހުށަހަޅުއްވާފައިވާނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.
15 ޖުމާދުލް އާޚިރު 1446