ވަޒީފާގެ ފުރުޞަތު
ނަންބަރު: 188-PSM/IUL/2015/69
ޕަބްލިޝްކުރި ތާރީޚް: 13 ޖުލައި 2015
ޕަބްލިޝްކުރި ގަޑި: 11:52
ސުންގަޑި: 30 ޖުލައި 2015 14:00
ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ޑިރެކްޓަރ

ޑިރެކްޓަރ

މަޤާމު

އީ.އެކްސް 1 / ޑިރެކްޓަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

މާލެއަތޮޅު ދިއްފުށީ ކައުންސިލްގެ އިދާރާ

މާލެއަތޮޅު ދިއްފުށީ ކައުންސިލްގެ އިދާރާ/ ކ. ދިއްފުށި

އޮފީސް/ އިދާރާ/ ސެކްޝަން

ވަޒީފާ އަދާކުރަން ޖެހޭ ތަނާއި ރަށް

8,835.00 ރުފިޔާ

މުސާރަ

2000.00 ރުފިޔާ

ސަރވިސް އެލެވަންސް

1 (އެކެއް)

ދާއިމީ

ބޭނުންވާ އަދަދު

ގިންތި

  • ޒިންމާދާރު ވެރިޔާގެ ގޮތުގައި އިދާރާގެ އެންމެހައި ކަންތައްތައް ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އިސްވެ ބެލެހެއްޓުން.
  • ކައުންސިލް އިދާރާގެ ސިޔާސަތުތައް ތަންފީޛުކުރުމުގައި ޢަމަލުކުރާނެ ގޮތްތަކާއި ރަށުކައުންސިލްގެ އިދާރީ ހިންގުމާބެހޭ ހުރިހާކަމެއް ރާވާ، ހިންގުމާއި، އެކަށައެޅުމާއި، އެސިޔާސަތުތައް ތަންފީޛުކުރުމަށް ގައިޑްލައިންތައް ކައުންސިލްގެ ލަފާގެމަތީން ހަދައި ހިންގުން.
  • ރަށު ކައުންސިލްގެ އިދާރާ ހިންގުމާބެހޭ ހުރިހާ އިދާރީކަމެއް ޤާނޫނާއި ގަވާއިދާއިއެއްގޮތަށް ކައުންސިލްގެ ލަފާގެމަތީން ރާވާއި ހިންގައި ބެލެހެއްޓުން.
  • ރަށުގެ ކަންތައްތަކާއި ރަށު ކައުންސިލްގެ އިދާރާގެ ކަންތައްތައް ބެލެހެއްޓުމުގައި ސިވިލް ސަރވިސް ކޮމިޝަނާއި، އަތޮޅު ކައިންސިލްގެ އިދާރާއާއި، މިނިސްޓްރީތަކާއި، ސަރުކާރުގެ އެހެނިހެން މުއައްސަސާތަކުން އަންގަވާ އެންގެވުންތަކަށް ޤާނޫނުތަކާއި، ޤާވާޢިދުތަކާއި އެއްގޮތްވާގޮތުގެމަތިން ކައުންސިލްގެ ލަފާގެމަތީން ޢަމަލުކުރަމުން ގެންދިއުން.
  • ކައުންސިލް އިދާރާގެ މަސައްކަތްތައް ހަލުއިކަމާއި އޮމާންކަމާއެކު ނަތީޖާ ބޮޑުގޮތެއްގައި ހިންގާ ބެލެހެއްޓުމަށްޓަކައި، ބޭނުންވާ މުވައްޒަފުންނާއި އެހެނިހެން ވަސީލަތްތަކުގެ ބޭނުންކޮށްގެން، އެކިއެކި އިންތިޒާމުތައްކޮށް އެކަންކަން ކައުންސިލްގެ ލަފާގެމަތީން ހިންގުން.
  • ކައުންސިލް އިދާރާގެ މަސައްކަތްތަކާ ގުޅޭގޮތުންނާއި، ފޯރުކޮށްދެވޭ ޚިދުމަތްތަކާ ގުޅުންހުރި މައްސަލަތަކުގައި މީޑިއާގައާއި، ޢާންމުންގެ ތެރޭގައި އުފެދޭ ސުވާލުތަކާ ގުޅޭގޮތުން ކައުންސިލްގެ ލަފާގެމަތީން މަޢުލޫމާތު ދިނުމާއި، ޖަވާބުދާރީވާންޖެހޭ އެހެން ފަރާތްތަކަށްވެސް ޖަވާބުދާރީވުން.
  • ދިވެހި ރާއްޖެގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގައި ރަށު ކައުންސިލުން ކުރުމަށް ލާޒިމުކުރާ ކަންކަން، މުވައްޒަފުން ލައްވާ ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސާ އެކަންކަން ކުރުވުން.
  • ކައުންސިލް އިދާރާގެ އެކިއެކި ޚިދުމަތްތައް ލިބިގަންނަ ފަރާތްތަކަށާއި ޚިދުމަތް ދޭ ފަރާތްތަކަށް ފަސޭހަ، ލުއި، އަވަސް، ޚަރަދު ކުޑަ ގޮތްތައް ހޯދައި ތަޢާރަފުކޮށް އެ ކަން އިތުރަށް ކުރިއަރުވަން މަސައްކަތް ކުރަމުން ގެންދިއުން. އަދި އެކަންކަން އެގޮތަށް ކުރުމަށް ބޭނުންވާ އަދި މަގުފަހިކުރާ، ގައިޑްލައިންތަކާއި، ޕްރޮސީޖާތަކާއި، އުސޫލުތައް ކައުންސިލްގެ ލަފާގެމަތީން އެކުލަވާ ހާމަކޮށް، ކަންހިނގާގޮތް މޮނިޓަރކޮށް، ފަސޭހައިން ކަންކަން ކުރެވޭނެ ގޮތްތައް ހޯދައި ކުރިއަރުވަމުން ގެންދިއުން.
  • ކައުންސިލް އިދާރާގައި ޚިދުމަތް ދިނުމުގެ އައުގޮތްތައް ހޯދައި، އެހެންތަންތާނގައި ކަންކަންކުރާގޮތް ބަލައި ރަނގަޅު މޮޅުގޮތްތައް ހޯދާ، ދެނެގަނެ، އެގޮތްތައް ތަޢާރަފުކުރުމާއި، ޚިދުމަތްދިނުމުގެ އައު ބަދަލުތަކަށް ޝައުޤުވެރިކުރުވާ، މުވައްޒަފުންގެ ގުޅުން ރަނގަޅުކޮށް މަސައްކަތަށް އަހުލުވެރިކޮށް މަސައްކަތްތައް ކުރިއަރަމުންދަނޭ ގޮތްތައް މުވައްޒަފުންނާއި ހިއްސާކުރުމާއި، މަސައްކަތް ފަސޭހަކޮށް، އަވަސްކޮށް، ޚަރަދު ކުޑަކޮށް ކުރެވޭނެ އައު ޓެކްނޮލޮޖީއަށް އަބަދުވެސް ފާރަވެރިވެ، އެ ޓެކްނޮލޮޖީ ކައުންސިލްގެ ލަފާގެމަތީން ތައާރަފުކުރުން.
  • ސަރުކާރުގެ މުދަލާއި ފައިސާއާ ބެހޭގޮތުން ކަމާބެހޭ މުއައްސަސާތަކުން ކަނޑައަޅާފައިވާ ގަވާއިދުތަކާ އުސޫލުތަކާއި އެއްގޮތަށް، މަސައްކަތްތައް ރޭވުމާއި، ކަމާބެހޭ ޤާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކާއި އެއްގޮތަށް ކައުންސިލްގެ ލަފާގެމަތީން މަސައްކަތްތައް ހިންގުވުން.
  • ސަރުކާރުގެ މުދަލާއި ފައިސާއާ ބެހޭގޮތުން ކަމާބެހޭ މުވައްޒަފުންގެ ޒިންމާއިގެ ދަށުން، މުދަލާއި ފައިސާ އަދި އެހެން ވަސީލަތްތައް ހެޔޮގޮތުގައި ބޭނުން ހިފޭނޭ ގޮތްތައް ކައުންސިލްގެ ލަފާގެމަތީން ރާވައި އިސްލާހު ކުރުވުން.
  • ޤާނޫނާއި، ގަވާއިދާއި އަދި އުސޫލުތަކާއި އެއްގޮތަށް ރައްޔިތުންގެ ފައިސާއާއި މުދައު ބެލެހެއްޓުވުން.
  • ކައުންސިލް އިދާރާގެ އޮނިގަނޑުގައި ހިމެނޭ މަޤާމުތަކަށް މުވައްޒަފުން ހޯދުމަށް މަސައްކަތް ކުރުމާއި، މުވައްޒަފުންގެ ވަޒީފާއާ ބެހޭ އެންމެހައި ކަންތައްތައް ކައުންސިލްގެ ލަފާގެމަތީން ބެލެހެއްޓުން.
  • ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި، ގަވާއިދާއި، ކޯޑް އޮފް ކޮންޑަކްޓް ތަންފީޛު ކުރުމުގައި މުވައްޒަފުން ޢަމަލުކުރުން ކަށަވަރުކުރުވުމާއި އެކަންކަމުގައި މުވައްޒަފުން ޖަވާބުދާރީ ކުރުވުން.
  • މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތައް ދެނެގަތުމާއި، އެއާ އެއްގޮތަށް ތަމްރީނާއި ހުނަރުތައް ލިބޭނެ ގޮތްތައް ހޯދުން.
  • މުވައްޒަފުންނަށް ވަޒީފައިގައި ކުރއަށްދެވޭނޭ މަގުތައް ހޯދައިދީ، ކެރިއަރ ބޭސްޑް އުސޫލަކުން މުވައްޒަފުންގެ ކަންތައްތައް ހިންގުމަށް ސިވިލް ސަރވިސް ކޮމިޝަނަށް އެހީތެރިވެ ދިނުން.
  • މުވައްޒަފުންގެ ކުރިއެރުމަށް އަދި ކުރިއެރުވުމަށް، ގަވާއިދު ތަންދޭ އެންމެ މަތީ ދަރަޖައަކަށް އަބަދުވެސް މަސައްކަތް ކުރުން. އަދި މަސައްކަތުގެ ފެންވަރު ވަޒަންކުރެވޭނެ ނިޒާމުތައް ޤާއިމުކޮށް ފަންނީ ގޮތުގައި ތަންފީޛު ކުރުން.
  • ސިވިލް ސަރވިސްއިން ރައްޔިތުންނަށްދޭ ޚިދުމަތް ހަލުވިކޮށް ފެންވަރު ރަނގަޅުކޮށް ހިންގުމަށް ބޭނުންވާ ރޭވުންތައް ރާވައި ހިންގުމާއި، އެކަމަށް ބޭނުންވާ ތަމްރީނުތައް ރާވާ ހިންގުމުގައި ސިވިލް ސަރވިސް ކޮމިޝަނަށް ބޭނުންވާ ލަފާދިނުމާއި، އެކަންކަން ރާވައި ހިންގުމުގައި ގުޅިގެން ކައުންސިލްގެ ލަފާގެމަތީން މަސައްކަތް ކުރުން.
  • ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި، ގަވާއިދު، ހިންގުމުގައި ކައުންސިލަށް އެހީތެރިވެދީ ފައިސާއާބެހޭ އެންހާ ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމުގެ އިންތިޒާމު ކައުންސިލްގެ ލަފާގެމަތީން ހަމަޖެއްސުން.
  • އޮފީހަށް ހުށަހެޅޭ އެހެނިހެން ކަންތައްތަކާއި ރަށުގެ ތަރައްޤީގެ މަސައްކަތްތަކާއި އިޖުތިމާޢީ/ އިޤުތިޞާދީ/ އުމްރާނީ ކަންކަން އެންމެ އިސްކޮން ހުރެ ހިންގާ، ބަލަހައްޓާ އަދި ހިނގާ ނުހިނގާގޮތް ކައުންސިލްގެ ލަފާގެމަތީން ބެލުން.
  • އިދާރީ ލިޔެކިޔުންތައް ތައްޔާރުކުރުމަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
  • އޮފީހުން ތައްޔާރުކުރަންޖެހޭ ތަފާތު ރަޖިސްޓަރީ ތަކާއި، ހުއްދަތަކާއި ރިޕޯޓުތައް ތައްޔާރުކުރުމުގައި މުވައްޒަފުންނަށް ބޭނުންވާ މަޢުލޫމާތާއި، ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
  • އިދާރީ އެކިއެކި ލިޔެކިޔުންތައް، މުހިންމު ކަންތައްތަކުގެ ޔައުމިއްޔާ ލިޔުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  • ކައުންސިލުން އަންގަވާ އެހެނިހެން ކަންކަން ދިވެހިރާއްޖޭގެ ޤާނޫނާއި ގަވާއިދާ ޚިލާފުނުވާގޮތެއްގެ މަތީން ކުރުން. 
  • ޕަރމަނަންޓް ސެކްރެޓަރީންނާއި، ޒިންމާދާރު އިސްވެރިން އަދި ޒިންމާދާރު ވެރިން ޢަމަލުކުރަންޖެހޭ އުސޫލު ގައި ބަޔާންކޮށްފައިވާ ގޮތަށް ޒިންމާދާރު ވެރިންގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކޮށް އަދި ޒިންމާދާރު ވެރިން އޮފީހުގައި އަދާކުރަންޖެހޭ މަސައްކަތްތައް ކުރުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  • ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު (%30)
  • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ (% 10)
  • ލިބިފައިވާ ހުނަރު
  • އިންޓަރވިއު އަދި ޕްރެޒެންޓޭޝަން (%30)
  • އިމްތިހާނު (%30)

2015 ޖުލައި 30 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 14:00 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް އަދި ފެކްސް މެދުވެރިކޮށް ބަލައި ގަނެވޭނެ އެވެ. (އީމެއިލް:[email protected]/ ފެކްސް ނަންބަރު:3303648)

މަޤާމުގެ ޝަރުޠުތައް

 

 

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

 

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

 

 

 

 

 

 

 

 

 

އިންޓަރވިއު،  އިމްތިހާނުއަދި ޕްރެޒެންޓޭޝަން އޮއްނާނެ ތަނާއި، މުއްދަތު:

 

ޝޯޓް ލިސްޓްކުރުން:

 

ވަޒީފާއަށް ހޮވޭ ފަރާތަށް ސެލްކްޝަން ޕްރޮސެސްއިން މަދުވެގެން ލިބެންޖެހޭނެ މާކްސް:

އުޖޫރައާއި އިނާޔަތްތައް:

  • ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (މި ފޯމު ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓުން www.csc.gov.mv ޑައުންލޯޑު ކުރެވޭނެއެވެ.)
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (އެޕްލިކޭޝަން ފޯމާއެކުވާ).
  • ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރާއްޖޭގެ ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  • ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)

(ށ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓްފިކެޓްތައް (އެކްރެޑިޓްކޮށްފައި ނުވި ނަމަވެސް)

  • ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (2015 މޭ 1 ވަނަ ދުވަހުގެ ފަހުގެ ތާރީޚެއްގައި ހޯދާފައިވާ ލިޔުމެއް ކަމުގައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިޙާނު، އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ 2015 އޮގަސްޓް 16 އާ 2015 އޮގަސްޓް 30 އާ ދެމެދު ސިވިލް ސަރވިސް ކޮމިޝަން (ވެލާނާގެ 12 ވަނަ ފަންގިފިލާ) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި ޕްރެޒެންޓޭޝަން ހުށަހެޅުމަށާއި އިންޓަރވިއުއަށް އަދި އިމްތިޙާނަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ.

މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 5 އަށްވުރެ ގިނަނަމަ، ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 5 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

  • ޖުމްލަ އިންސައްތަ %35
  • އިމްތިހާނުން މަދުވެގެން ލިބެންޖެހޭ އިންސައްތަ: ކޮންމެ ކަރުދާހަކުން %33
  • (33% ކޮންމެ ކަރުދާހަކުން ނުލިބޭ ފަރާތްތަކާ އިންޓަރވިއު ނުކުރެވޭނެއެވެ.)
  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވަހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
 

ނޯޓް:

  • އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓް ނޫން ދާއިރާތަކުން އަތޮޅު ނުވަތަ ރަށު ކައުންސިލްގެ އިދާރާގެ ސިވިލް ސަރވިސްގެ އިސް މަޤާމުތަކަށް ޝަރުޠު ހަމަވެގެން ނަގާ ފަރާތްތައް 6 މަސް ދުވަހުގެ މުއްދަތުގެ ތެރޭގައި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓް އިން ހިންގާ މެނޭޖްމަންޓް ކޮމްޕީޓެންސީ ތަމްރީނު ޕްރޮގްރާމް ފުރިހަމަ ކުރަން ޖެހޭނެއެވެ.
  • އިމްތިޙާނުގެ ގޮތުގައި ދެވޭ ކޮންމެ ކަރުދާހަކުން %33 ނުލިބެ ފަރާތްތަކާ އިންޓަރވިއު ނުކުރެވޭނެއެވެ.
  • "މަޤާމަށް އެދޭ މީހުން ސްކްރީން ކުރުމާއި، ޝޯޓްލިސްޓް ކުރުމާއި، ހޮވުމާއި ޢައްޔަން ކުރުމުގެ ކްރައިޓީރިއާ" ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގައި އާންމުކުރެވިފައިވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3307336 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3303648 އެވެ. އީ-މެއިލް ކުރައްވާނީ [email protected] އަށެވެ.

26 ރަމަޟާން 1436

13 ޖުލައި 2015