ވަޒީފާގެ ފުރުޞަތު
ނަންބަރު: 188-PSM/IUL/2015/67
ޕަބްލިޝްކުރި ތާރީޚް: 13 ޖުލައި 2015
ޕަބްލިޝްކުރި ގަޑި: 11:47
ސުންގަޑި: 30 ޖުލައި 2015 14:00
ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ޑިރެކްޓަރ

ޑިރެކްޓަރ

މަޤާމު

އީ.އެކްސް 1 / ޑިރެކްޓަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

ތިލަދުންމަތީ އުތުރުބުރީ މުރައިދޫ ކައުންސިލްގެ އިދާރާ

ތިލަދުންމަތީ އުތުރުބުރީ މުރައިދޫ ކައުންސިލްގެ އިދާރާ / ހއ.މުރައިދޫ

އޮފީސް / އިދާރާ/ ސެކްޝަން

ވަޒީފާ އަދާކުރަން ޖެހޭ ތަނާއި ރަށް

8,835.00 ރުފިޔާ

މުސާރަ:

2000.00 ރުފިޔާ

ސަރވިސް އެލެވަންސް:

1 (އެކެއް)

ދާއިމީ

ބޭނުންވާ އަދަދު:

ގިންތި:

  • ޒިންމާދާރު ވެރިޔާގެ ގޮތުގައި އިދާރާގެ އެންމެހައި ކަންތައްތައް ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އިސްވެ ބެލެހެއްޓުން.
  • އިދާރީ ދާއިރާގެ ތަރައްޤީގެ މަޝްރޫޢުތައް ރޭވުމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ކަމާބެހޭ ފަރާތްތަކަށް ދިނުން.
  • ކައުންސިލަށް ލިބިދީފައިވާ ބާރާއި، މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ކައުންސިލްގެ އިޚްތިޞާޞްގައި ހިމެނޭ ކަންތައްތައް ތަންފީޛު ކުރުމަށް ބޭނުންވާ ޕްލޭންތައް ހެދުން.
  • ޢަމަލްކުރެވެމުންދާ ރަށު ތަރައްޤީގެ ޕްލޭންގެ މުއްދަތު ހަމަވުމުގެ 4 މަސްދުވަސް ކުރިން، ތަރައްޤީގެ ޕްލޭން އެކުލަވައިލުން.
  • ޤާނޫނުގެ ދަށުން ކައުންސިލަށް ލިބިފައިވާ ބާރާއި، މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ކައުންސިލްގެ އިޚްތިޞާޞްގައި ހިމެނޭ ތަރައްޤީގެ މަޝްރޫޢުތައް ތަންފީޛުކުރުމުގެ ކަންތައްތައް ހިނގާ ނުހިނގާގޮތް ބެލުން.
  • ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި އަދި އެނޫންވެސް ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އިޤުތިޞާދީ ނުވަތަ އިޖުތިމާޢީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި ބިންބިމާއި، ފަރާއި ފަޅު ހޯދުން.
  • އިޤުތިޞާދީ ނުވަތަ އިޖްތިމާޢީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި ހޯދާ ބިންބިމާއި، ފަރާއި ފަޅު ފަދަ ތަންތަނުގައި އިންވެސްޓްކުރުމަށްޓަކައި ކައުންސިލުން ނިންމަވާގޮތެއްގެ މަތިން އިންވެސްޓަރުން ހޯދުމާއި، އިންވެސްޓްކުރުމާއި އަދި މިލްކުކުރުން.
  • އިޤްތިޞާދީ ނުވަތަ އިޖްތިމާޢީ ބޭނުންތަކަށް ކައުންސިލުން ނިންމާފައިވާ ގޮތުގެމަތިން ކައުންސިލްގެ ނަމުގައި އުފުލޭ އަދި ނުއުފުލޭ މުދާ ހޯދުމާއި މިލްކްކުރުން.
  • ކައުންސިލްގެ ބެލުމުގެ ދަށުގައި ހުންނަ އުފުލޭ މުދަލާއި، ނުއުފުލޭ މުދާ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ހެދޭ ގަވައިދުގައިވާ ގޮތުގެމަތިން ކައުންސިލުން ނިންމުމުން އެހެން ފަރާތްފަރާތަށް ކުއްޔަށް ދިނުމާއި ދޫކުރުން.
  • އިދާރީ ދާއިރާގެ ފެންވަރުގައި ކައުންސިލުން ދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ކައުންސިލުން ނިންމުމުން އެކިފަރާތްތަކާއެކު އެގްރީމެންޓްކޮށް ވިޔަފާރީގެ މުޢާމަލާތްކުރުން.
  • ދިވެހިރާއްޖޭގެ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން އިދާރީ ދާއިރާގެ ފަތުރުވެރިކަމާއި މަސްވެރިކަމާއި، ދަނޑުވެރިކަމާއި، އެހެނިހެން ސިނާޢަތުތައް ކުރިއެރުވުމަށް ކައުންސިލުން ނިންމާފައިވާ ގޮތުގެ މަތިން އެހީތެރިވެދީ މަސައްކަތްކުރުން.
  • އިދާރީ ދާއިރާގެ ތަރައްޤީގެ ޕްލޭންގައި ހިމެނޭ ތަރައްޤީގެ މަޝްރޫޢުތައް ހިންގުން.
  • ރަށުގެ މަގާއި ބަނދަރު ހެދުމާއި، މަރާމާތުކުރުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ބެލެހެއްޓުން
  • ގުދުރަތީގޮތުން ދިމާވާ ކާރިޘާގައި ގެއްލުން ލިބޭ ތަންތަން މަރާމާތުކުރުމާބެހޭ ކަންތައްތައް ހަމަޖެއްސުމަށް ކުރަންޖެހޭ މަސައްކަތް ކުރުން.
  • ރަށުން ބޯފެނަށް ޖެހިއްޖެނަމަ ފެން ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތް ކަމާގުޅޭ އިދާރާތަކާގުޅިގެން ކުރުން.
  • ރަށަށް ދިމާވާ ތަފާތު ކާރިޘާ ތަކާގުޅިގެން މެދުކެނޑޭ އެންމެހައި ޚިދުމަތްތައް އަލުން ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން.
  • ރަށުގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކައުންސިލުން ނިންމާގޮތެއްގެ މަތިން ހަމަޖެއްސުމަށް ކުރަންޖެހޭ އިދާރީ މަސައްކަތް ކުރުން.
  • އެއްގަމާއި ކަނޑުގެ ލައިސަންސް ދޫކުރުމާއި އޮޑިދޯނިފަހަރުގެ ރަޖިސްޓްރީ އާއި ރޯޑުވާދިނަސް، އޮޑީ ނަންބަރު އަދި ސަރވޭކުރުމުގެ މަސައްކަތް ހިނގާނުހިނގާގޮތް ބެލެހެއްޓުމާއި އިސްލާހު ކުރަންޖެހޭ ކަންކަން އިޞްލާޙު ކުރުމާއި އެކަންކަން ކައުންސިލްގެ ރައީސްގެ ސަމާލުކަމަށް ގެނައުން.
  • ރަށުގެ ތިމާވެއްޓަށް ލިބޭ ގެއްލުންތައް ދިރާސާކޮށް ކަމާބެހޭ އިދާރާތަކަށް ރިޕޯޓު ފޮނުވުން.
  • ރަށުގެ ކުނި ނައްތާލުމާގުޅޭ ކަންތައްތަކާއި ރަށުގެ ގިރާ ސަރަޙައްދުތައް ޙިމާޔަތްކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކަމާގުޅޭ އިދާރާތައް ގުޅިގެން ކުރުން.
  • ޕަރމަނަންޓް ސެކްރެޓަރީންނާއި، ޒިންމާދާރު އިސްވެރިން އަދި ޒިންމާދާރު ވެރިން ޢަމަލުކުރަންޖެހޭ އުސޫލު ގައި ބަޔާންކޮށްފައިވާ ގޮތަށް ޒިންމާދާރު ވެރިންގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކޮށް އަދި ޒިންމާދާރު ވެރިން އޮފީހުގައި އަދާކުރަންޖެހޭ މަސައްކަތްތައް ކުރުން

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  • ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
  • ލިބިފައިވާ ތައުލީމާއި ތަމްރީނު (%30)
  • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ (% 10)
  • ލިބިފައިވާ ހުނަރު
  1. އިންޓަރވިއު އަދި ޕްރެޒެންޓޭޝަން (%30)
  2. އިމްތިޙާނު (%30)

2015 ޖުލައި 30 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 14:00 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް އަދި ފެކްސް މެދުވެރިކޮށް ބަލައި ގަނެވޭނެ އެވެ. (އީމެއިލް:[email protected]/ ފެކްސް ނަންބަރު:3303648)

މަޤާމުގެ ޝަރުޠުތައް:

 

 

 

ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

 

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

 

 

 

 

 

 

 

 

 

އިންޓަރވިއު،  އިމްތިޙާނުއަދި ޕްރެޒެންޓޭޝަން އޮއްނާނެ ތަނާއި، މުއްދަތު:

 

ޝޯޓް ލިސްޓްކުރުން:

 

ވަޒީފާއަށް ހޮވޭ ފަރާތަށް ސެލްކްޝަން ޕްރޮސެސްއިން މަދުވެގެން ލިބެންޖެހޭނެ މާކްސް:

އުޖޫރައާއި އިނާޔަތްތައް:

  • ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (މި ފޯމު ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓުން www.csc.gov.mv ޑައުންލޯޑު ކުރެވޭނެއެވެ.)
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (އެޕްލިކޭޝަން ފޯމާއެކުވާ).
  • ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރާއްޖޭގެ ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  • ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)

(ށ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓްފިކެޓްތައް (އެކްރެޑިޓްކޮށްފައި ނުވި ނަމަވެސް)

  • ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (2015 މޭ 1 ވަނަ ދުވަހުގެ ފަހުގެ ތާރީޚެއްގައި ހޯދާފައިވާ ލިޔުމެއް ކަމުގައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިހާނު، އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ 2015 އޮގަސްޓް 16 އާ 2015 އޮގަސްޓް 30 އާ ދެމެދު ސިވިލް ސަރވިސް ކޮމިޝަން (ވެލާނާގެ 12 ވަނަ ފަންގިފިލާ) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި ޕްރެޒެންޓޭޝަން ހުށަހެޅުމަށާއި އިންޓަރވިއުއަށް އަދި އިމްތިޙާނަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ.

މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 5 އަށްވުރެ ގިނަނަމަ، ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 5 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

  • ޖުމްލަ އިންސައްތަ %35
  • އިމްތިހާނުން މަދުވެގެން ލިބެންޖެހޭ އިންސައްތަ: ކޮންމެ ކަރުދާހަކުން %33
  • (33% ކޮންމެ ކަރުދާހަކުން ނުލިބޭ ފަރާތްތަކާ އިންޓަރވިއު ނުކުރެވޭނެއެވެ.)
  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވަހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
 ނޯޓް
  • އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓް ނޫން ދާއިރާތަކުން އަތޮޅު ނުވަތަ ރަށު ކައުންސިލްގެ އިދާރާގެ ސިވިލް ސަރވިސްގެ އިސް މަގާމުތަކަށް ޝަރުޠު ހަމަވެގެން ނަގާ ފަރާތްތައް 6 މަސް ދުވަހުގެ މުއްދަތުގެ ތެރޭގައި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓް އިން ހިންގާ މެނޭޖްމަންޓް ކޮމްޕީޓެންސީ ތަމްރީނު ޕްރޮގްރާމް ފުރިހަމަ ކުރަން ޖެހޭނެއެވެ.
  • އިމްތިޙާނުގެ ގޮތުގައި ދެވޭ ކޮންމެ ކަރުދާހަކުން %33 ނުލިބެ ފަރާތްތަކާ އިންޓަރވިއު ނުކުރެވޭނެއެވެ.
  • "މަޤާމަށް އެދޭ މީހުން ސްކްރީން ކުރުމާއި، ޝޯޓްލިސްޓް ކުރުމާއި، ހޮވުމާއި ޢައްޔަން ކުރުމުގެ ކްރައިޓީރިއާ" ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގައި އާންމުކުރެވިފައިވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3307336 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3303648 އެވެ. އީ-މެއިލް ކުރައްވާނީ [email protected] އަށެވެ.

26 ރަމަޟާން 1436

13 ޖުލައި 2015