ދިވެހިރާއްޖެ
އިޢުލާން
ތިނަދޫ ސިޓީ ކައުންސިލްގެ އައުއޮފީސް ޢިމާރާތުގެ ފައުންޑޭޝަންއެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން
މި އިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް މިއިދާރާގެ އައުއޮފީސް ޢިމާރާތުގެ ފައުންޑޭޝަންއެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ޯދުމަށް އިޢުލާނުކުރަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް މަޢުލޫމާތު ސާފްކުރުމުގެ ސެޝަނަށް ހާޒިރުވެ، ރަޖިސްޓަރ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި ޕްރޮޖެކްޓާއި ގުޅޭ މަޢުލޫމާތު ސާފްކުރުން 06 ޖަނަވަރީ 2025 ވާ އަންގާރަ ދުވަހުގެ 13:00 ތިނަދޫ ސިޓީ ކައުންސިލްގެ މީޓިންގް ރޫމްގައި އޮންނާނެއެވެ. އަދި މި މަސައްކަތަށް ބީލަން ހުށަހެޅޭނީ، މަޢުލޫމާތު ސާފްކުރުމަށް ހާޒިރުވާ ފަރާތްތަކަށް އެކަނިކަމުގައި ދަންނަވަމެވެ.
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 30 ޖެނުއަރީ 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
| 
 
  | 
 ތާރީޚް  | 
 ދުވަސް  | 
 ގަޑި  | 
 ތަން  | 
| 
 މަޢުލޫމާތު ސާފްކުރުން  | 
 06 ޖަނަވަރީ 2025  | 
 ހޯމަ  | 
 13:00  | 
 ތިނަދޫ ސިޓީ ކައުންސިލް އިދާރާގެ މީޓިންގް ރޫމް  | 
| 
 ބީލަން ހުށަހެޅުން  | 
 30 ޖެނުއަރީ 2025  | 
 ބުރާސްފަތި  | 
 13:00  | 
 ތިނަދޫ ސިޓީ ކައުންސިލް އިދާރާގެ މީޓިންގް ރޫމް  |